ގދ. ތިނަދޫގައި އެކްސިޑެންޓެއްގައި ހިނގައި ދެ އަންހެނަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭގެ ވަގުތެއްގައި އެރަށު ސްޓޭޑިއަމްގެ ހަތަރު އަނގޮޅި ކަންމަތިންނެވެ.

ދެ ސައިކަލެއް ޖެހިގެން ހިނގި މި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންނަށް ޑރ.އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގަައި ދަނީ ފަރުވާދެމުންނެވެ.

އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެެއެވެ.

މަންޒަރުދުއް މީހުން ބުނާ ގޮތުގައި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް އެހެން ސައިކަލެއްގައި ޖެހިގެންނެވެ.

މިއެކްސިޑެންޓްގައި ސައިކަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަން

    5 ކާފު ހަމައެއްނުވޭ. ޚަބަރުން ލިބުނު މައުލޫމާތެއްނެތް.

  2. ކިންގްސްޓަން މާޝާ

    އާމީން!