20:20

ތަރައްގީވަމުން އަންނަ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިއަންނަ އަހަރު އިތުރު 500 ޑޯޒް ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ

16:00

ކޮވިޑް-19 އިން ރައްކާތެރިވުމަށް ދެމުން އަންނަ ކޮވިޑް ވެކްސިން ޖެހި މީހުން ދަނެގަންނާނެ ވެކްސިން ޑިޖިޓަލް ޕާސްޕޯޓް ރާއްޖޭގައި ތައާރަފް ކޮށްފި

14:29

ކޮވިޑް-19އާ ގުޅިގެން ބަންދުކޮށްފައިވާ ރަށްތަކުގެ އަދަދު 15 އަށް ވެއްޓިއްޖެ

13:11

ނުރައްކާތެރި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެނުމުގެ 21 މަސް ކުރިން ޗައިނާގެ ވުހާން ސައިންސުވެރިން ވައިރަސް ގެންގުޅެފައިވާކަން ހާމަވެއްޖެ

ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އައި ނަމަވެސް މިހާރު ކޮވިޑަށް ޓެސްޓް ކުރާ އަދަދު މަދުކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އޮގަސްޓް މަހާއި ސެޕްޓެމްބަރ މަހުގެ ތަފާސް ހިސާބަށް ބަލާއިރު އޮގަސްޓް މަހު ދުވާލަކު އެވްރެޖްކޮށް 5543 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. އޮގަސްޓް މަހު ދުވާލަކު އެވްރެޖްކޮށް ކޮވިޑަށް ފައްސިވީ 119 މީހުންނެވެ. ނަމަވެސް ސެޕްޓެމްބަރ މަހުގެ ތަފާސް ހިސާބަށް ބަލާއިރު ކޮވިޑަށް ދުވާލަކު އެވްރެޖްކޮށް ޓެސްޓް ކޮށްފައި ވަނީ 5052 މީހުންނެވެ. ސެޕްޓެމްބަރ މަހު ދުވާލަކު އެވްރެޖްކޮށް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ހުރީ 132 ގައެވެ.

ބުދަ ދުވަހު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ސެޕްޓެމްބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2905 އަށް އަރާފައެވެ. އޭގެތެރެއިން 1199 މީހުން ފައްސިވީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. މާލެ އިން ސެޕްޓެމްބަރ މަހު ފައްސިވެފައި ވަނީ 931 މީހުންނެވެ. ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ސިނާއީ މަސައްކަތް ކުރާ ރަށްތަކުން ސެޕްޓެމްބަރ މަހު ވަނީ 275 މީހުން ފައްސިވެފައެވެ.

ކޮވިޑާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު