ސައުދީ އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒުގެ ހިލޭ އެހީގައި ރާއްޖޭގައި އިމާރާތް ކޮށްފައިވާ ސަލާމް މިސްކިތް ރަސްމީކޮށް ހުޅުވަން ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން ރާއްޖެ ވަޑައިގަންނަވަން ދިވެހި ސަރުކާރުން އެދިއްޖެއެވެ.

ސައުދީ އަރަބިއްޔާ އަށް ދިވެހިރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ޚަލީލް ސައުދީ އަރަބިއްޔާގެ "އަލް އަރަބިއްޔާ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަލްމާން މިސްކިތް ހުޅުވަން ވަލީއަހްދު މުހައްމަދު ވަޑައިގަންނަވާނެ ކަމަށް ދިވެހިރާއްޖެ އިން އުއްމީދު ކުރައްވާ ކަމަށެވެ. ނަމަވެސް ވަލީއަހްދު މުހައްމަދު ސަލްމާން މިސްކިތް ހުޅުވަން ވަޑައިގަންނަވާނެ ކަމެއް ނުވަތަ ނޫންކަމެއް އަދި މިހާތަނަށް "އަލްއަރަބިއްޔާ" އިން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރުވެސް ގިނަ މަސައްކަތްތައް ނިމިފައި ހުރި ސަލްމާން މިސްކިތް ހުޅުވުން ދިވެހި ސަރުކާރުން ގަސްދުގައި ލަސްކުރަމުން ގެންދާކަމަށް ބުނެ ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ސަލްމާން މިސްކިތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ޖުމުލަ 6000 މީހުންނަށް ނަމާދު ކުރެވޭއިރު ތިންވަނަ ފަންގިފިލާގައި 40 ޖާގައިގެ 4 ކްލާސްރޫމާއި، ފަސް ސެމިނަރ ރޫމް ހުންނާނެއެވެ. ހަތަރު ވަނަ ފަންގިފިލާގައި ލައިބްރަރީއަކާއި، 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއް ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ސަލްމާން މިސްކިތް މިދިޔަ ރަމަޟާން މަހުގެ ކުރިން ހުޅުވަން ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އަދިވެސް މަސައްކަތް ހުޅުވޭނެ ސީދާ ތާރީޚެއް ސަރުކާރުން އިއުލާނެއް ނުކުރެއެވެ.

ސަލްމާން މިސްކިތް ހުޅުވުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން ދާދިފަހުން ސައުދީ އަރަބިއްޔާގެ ވަފްދެއް ރާއްޖެ ވަޑައިގެންނެވިއެވެ. އެވަފުދުން ވަނީ އިސްލާމިކް މިނިސްޓަރާއި މަޝްވަރާތައް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ލިކް

    އަންނަ އަހަރު މާރޗްމަހު ތިޔަ ތަން ހުޅުވަން ސައުދީ ވަފުދު އައުން އޮތީ..

  2. ނ

    މި ސަރުކާރުން އާދޭސްކުރި ފ. އަތޮޅު މަސްރޫއު އަލުން ފަށާ ދިނުމަށް އެދި ސައުދީ ސަރުކާރަށް އެވަރަށް އަންނި މެން ބެވި މިހާރު އަންނިގެ އަނގަމަތީގައި މުހައްމަދު ވަނީ މަލަން އަޅާފައި އެއީ ފައިސާގެ މަލަން.....މުހައްމަދެއް މިގައުމަކަށް ނާންނާނެ އަންނާނީ ޔާމިން މިނިވަން ވެފައި ހުރެއްޖެ ނަމަ ސައުދީ ޝާހީ އާއިލާ އާއި ގުޅުން ބޭއްވޭނީ ވަކި ގޮތަކަށް

  3. އިސްޢާފް ސަލީމް

    ސަޢުދީ ޢަރަބިޔާގެ ރަސްގެފާނު ރާއްޖެ ވަޑައިގަތުމަށް ހުރަސްއަޅާ, ފ އަތޮޅުގެ ބޮޑު މަޝްރޫޢު ހުއްޓުވާ މަލާމާތްކޮށް ވަގަށްގޮވާފަ ހިތުން ބޮނޑިބަދެލަންކަމަށްތަ މިހާރު ތިޔަ އުޅެނީ؟

    11
  4. އަބުދުﷲ

    އައުން ވަރަށްކާރި އެއީ ސައޫދީޝާހީ އާއިލާ އިޒުރޭލު އިންޑިޔާ އެމެރިކާ ޔޫރަޕު މޑޕ މީ އިސްލާމުންނާ އިދިކޮޅު އެއްގުރޫޕް

  5. މިސްކިތާއި - ދާހިލީގުޅުން

    ޔާމިން މިނިވަން ނުވަނީހެއް ވަލީއަހްދު ރާއްޖެ ވަޑައި ނުގަންނަވާނެ.
    އުޅެއުޅެ ސައުދީން އެހީއެއް އަދި ގާތް ގުޅުމެއް ގާއިމްނުކުރެވިގެން މިހާރު މިސްކިތް ހުޅުވުންވެސް މިނިމެނީ އެމަނިކުފާނު ރާއްޖެ ވަޑައިގަތުމާއި ނުގަތުމުގެ މައްޗަށް.

  6. Anonymous

    ވަލީއަހްދު މުހައްމަދު ބިން ސަލްމާނަކީ އެއްމެ ބާރުގަދަ މުސްލިމުގައިމުގެ އެއްމެ ނުފޫޒުގަދަ ބޭފުޅާ ކަމުގައިވިޔަސް އަނިޔާވެރިގޮތަކޮށް ޚަޝޯގީ މަރުވާލެވި މައްސަލައިގައި ފާޅުކަންބޮޑުގޮތެއްގައި މި ވަލީއަހުދުވެސް ބެދިފައިވާތީ ސައުދީ އަރަބިޔާވެސް ހިމެނޭހެން މުޅިދުނިޔެ ކުރިމަތީގައި އެއްވެސް ގަދަރެއްނެތް އަގުވެއްޓިފައިވާ ޕްރިންސް އެކެވެ. ޢަދި އަމްދަކުން މިސްކިތެއްފަދަ މުސްލިމުންގެ މުގައްދަސް ބިނާއެއްހުޅުވުގެ ޝަރަފު އެއްވެސް ގައުމަކުން މިފަދަ މީހަކަށް ނުދޭނެއިރި މިގައުމުން މީނައަށް ދެނީ ކޮންފަދަ ވިސްނުމެއްގައިބާއޭ ހިތަށްއަރާ!!!

    7
    2
  7. މަބުނީ

    ކީއްކުރަން މީބޭފުޅާ ގެންނަނީ؟؟؟ދެހަރަމްގެ އިމާމް ސުދެއިސް ގެނެސްދީބަލަ..އެމިސްކިތުގަ ޖަމާއަތުގަ ނަމާދުކޮށްލަން..އަދި އެބޭފުޅާގެ ރީތި ކިޔެވުން އަޑުއަހާލަން.

    13
  8. އާދަނު

    ސުދައިސްގެ ކިޔެވުން މަށަކަށް މާ ރީއްޗެއްނޫން!

    4
    4
  9. ބޯގޯސް

    ތިޔަ އުޅެނީ އެހެންކަމަކު އެމީހާ ގެނެސް ފެލަަލަން ތިޔައުޅެނީ އެމީހާ ހިއެއްނުވޭ ކަލޭމެން ތިޔަހާވާ ހަޑި ބަލަން އަންނާނެހެން އެހެން ނޫނަސް ދެން ތިޔަހެން ކިޔާގެންވެސް އެމީހާގެ ބޮލައްކަނޑާލަަފަ މިސްކިތް ނުހުޅުވިގެންނޭ މިއުޅެނީ އެމީހާނައިސްގެނޭ ކިޔާ އެތަން ނުހުޅުވާ ވޭތޯބަލަން ކަލޭމެންނަކީ ހަމަ ޔަހޫދީން