ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކައި އެތަނުގައި އެޅި ހިޔާ ފްލެޓްތަކުގެ މަޝްރޫއުއަކީ ރައްޔިތުންނަށް އޭގެ ސަބަބުން އެތައް ފައިދާތަކެއް ލިބޭނެ މަޝްރޫއުއެއް ކަމަށާއި، ނަމަވެސް ހުރިހާ ކަމެއް ކުރީ ސަރުކާރުގެ ބޮލުގައި އަޅުވައި އެ މަޝްރޫއު "ޖަރީމާއަކަށް" ބަދަލުކޮށްލީ މިސަރުކާރުން ކަމަށް ވިދާޅުވެ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްތަކުގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން "ހިޔާ ޔުނިއަން" އިން މަޖިލީހަށް ފޮނުވާފައިވާ ޕެޓިޝަންއާ ގުޅޭ ގޮތުން ޕެޓޝަން ކޮމިޓީގެ ބައްދަލުވުމެއް ވަނީ އިއްޔެ ކުރިއަށް ގެންގޮސްފައެވެ.

އެ ކޮމިޓީގައި މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި 5700 ރުފިޔާއަށް ވުރެ ބޮޑު ނުވާ އަގެއް ނަގައިގެން 20 އަހަރު ތެރޭގައި އެޗްޑީސީއަށް ފައިދާވާނެ މަޝްރޫއުއެއް ކަމަށެވެ. ނަމަވެސް އެތަން ފިނިޝިން މަސައްކަތްވެސް ފްލެޓް ލިބުނު މީހުން ކުރަން ޖެހޭ ގޮތަށް، ރައްޔިތުންނަށް ތަކުލީފު "ޕާސްކޮށްލީ" ކުރީ ސަރުކާރުގައި ބޮލުގައި އަޅުވާފައި ކަމަށެވެ.

"20 އަހަރު ތެރޭގައި ފައިދާވެސް ވާނެ މަޝްރޫއުއެއް، އެއީ ހަގީގަތް. މި ސަރުކާރުން ކުރީ ސަރުކާރު ބްލޭމް ކުރުމުގެ ގޮތުން ކުރިއަށްގެންދާ ބޮޑު ޖަރީމާއެއް މިއީ" މާލޭގެ މޭޔަރުކަންވެސް ކުރައްވާ މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މަހު ކުލީގެ ގޮތުގައި ނަގާ އަދަދު ބޮޑުކޮށް އެ މަޝްރޫއު އަނިޔާއަކަށްވެސް ބަދަލުކޮށްލީ މި ސަރުކާރުންނެވެ. އެކަމުގައި ޝާމިލްވަނީ ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުގެ އިތުރުން ރައީސް އޮފީހުން ކަމަށް ވިދާޅުވިއެވެ.

"އެ މަޝްރޫއުތައް އަނިޔާއަކަށް ބަދަލުކުރީ މި ސަރުކާރުން. އަނިޔާއަކަށްވާ ގޮތަށް ކަންތައް ގެންދިޔައީ މި ސަރުކާރުން. މި ސަރުކާރުގެ ކުންފުނިތަކުން" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ކުރިން ފްލެޓްތައް ހަވާލުކުރަން ނިންމަން އޮތީ ފިނިޝިން ނިންމުމަށް ފަހު ކަމަށާއި، ފިނިޝިންއަށް، އެޗްޑީސީއަށް 43 މިލިއަން ރުފިޔާގެ ލޯނެއްވެސް ހަމަޖެހުނު ކަމަށެވެ.

"އެ ލޯނު ނަގައިގެން ފްލެޓްތައް ލިބުނު މީހުންނަށް ފަސް ޑިޒައިން ދައްކާފައި އެއިން އެބޭފުޅުން ބޭނުންވާ ޑިޒައިނަކަށް ތަން ނިންމާފައި ހަވާލުކުރަން ހަމަޖައްސާފައި އޮތީ. އެހެން ނިންމި ސަބަބަކީ ކުރީގެ ތަޖުރިބާއިން ތަންތަން ނިންމާފައި ވަންނަން ވީމަ ކޮންމެ ބޭފުޅަކު ބޭނުންވާ ޗޭންޖެ ގެންނަނީ" ކުރިން ނިންމާފައި އޮތް ގޮތް މުއިއްޒު ހާމަކުރެއްވިއެވެ.

އެ ލޯނު ގެއްލުނީ މި ސަރުކާރުގެ އިކޮނޮމިކް ޕޮލިސީއާ ކަންކަން ހުރި ގޮތުން ބޭރުގެ ފަރާތަކާއި މެދުގައި އިތުބާރު ގެއްލުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވެ މި ސަރުކާރަކަށް ނޭގުނު އެކަން ކޮށްގެންވެސް ލޯނު ނަގާކަށް" މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވެދުންސަލާމް

    ސުވާލަކީ މިޔައްވުރެތަަދްޒަމާން ތަކުގަވެސް ތިޔަލޯނެއްނުނަގާ ގެދޮރުވެރިރައްޔިތުންތަކެއް އުޅެމުން އައިގައުމެއްމިއީ 1978 ވަނައަހަރާހަމަޔައް ރައްޔިތުން އުޅެމުން އައީ މިހެން ސަރުކާރުން ގެވަޅެއް ދެއްވީމަ އަމިއްލަޔައް ތާނގިބުރިއަކުން ވަޅެއްބަހައްޓައިގެން ދަނޑިފަނުން އެހެންނޫނީ އުވަދަވައިގެން ގެދޮރުއަޅައިގެން ފަޙުރުވެރިކަމާ އަމިއްލަވަންތަކަމުގަ ދެން އެއައި ދިގުރާސްތާ 30 އަހަރު ރައްޔިތުން އަޅުވެތިކުރަން ގޯތިނުދީ ބިންތައް ހިސޯރްކޮއް ފުލެޓްވިޔަފާރިފެއްޓީ ނުފޯރާފޮތިންފޫގަޅައިގެން އެކަމުގެ ހިތިނަތީޖާ ރައްޔިތުން މިއަދު ބަރދާސްކުރަންމިޖެހެނީ ފުލެޓްވިޔަފާރިޔައްވުރެ ފައިދަވާނެ ރިސޯޓްތަރައްގީކޮއްގެން ރިސޯތް ހިންގީމަ ކޮންމެހެންޖެހޭތޯ ރައްޔިތުމީހަކުރަމަސަތްކަތުންހޯދާ މަދުފައިސާކޮޅު ހީލަތްތެރިކަމައެކު އަތުލަން ފުލެޓްކުލިގެގޮތުގައި ކުންފުންޏެއް ހަދައިގެން ވަރައްވެދުން

    2
    2
  2. ޑައެލޯގް

    މުއިޒް އެބުނީރަގަޅަށެވެ. މިސަރުކާރަށް ކަމެއްކުރާކަށްނޭގެއެވެ.

  3. އަބްދޫ

    ވެރިކަމުގަ ހުންނެވި ބެފުޅާ ވިދާޅުވިކަމަށްަ ނޫހުން ދުށިން ފްލެތްތައް ތަޅާލަން.

  4. ޒާހިރު،،،،،150

    ދެހާސް)އަށާރާގައެމްޑީޕީވެރިކަމައްއައްނައްވެގެއް(.....ރަތްޔިތުއްނައްއޮޅުވާލައްދެއްކިވާހަކައަކީރައިސްޔާމީނުގެސަރުކާރަކީނާގާބިލުސަރުކާރެކޭއަދުލުއިންސާފެއްނެތޭ)ފަރުތަކާފަޅުރަތްތަކާބިންތައްވިއްކާހުސްކޮއްފިއޭ()މިހެއްކިޔާގެޢްރަތްޔިތުޢްގެފިކުރާކުޅެލާފަމަސްވެރިއްގެޖީބުތަޢްޑޮލަރުއްފުރާލާދޭނަމޭކިޔާގެއްމަސްވެރިއްގެ)...ފިކުރާކުޅެލާފައަދިއެބާނާމަސްތައްވެސްބާނާނިމުނީމަ).ވަގުތުޢް.،އެކަނޑުގައޮއްނަޕުލެޓުފޯމަޢް.މަސްކޮޅުކިރާލާފައަބިދަރިންކާރިއައްއާދެވޭނެކަމާއި)އަދިއެތަކެއްވައުދެއްކޮއްގެއް...ވޯޓުތައްއޮޅުވާލާގެއްވެރިކަމައްއައިސް.،.،.،މިހާރުތިއައުޅެނީ)އިންޑިއާގެ.ގެރިމޯދީއަށްމިދިވެހިރާއްޖެވިއްކާލާފި