ގައުމީ އަދި ބައިނަލްއަގްވާމީ ތައުލީމާއި ގުޅޭ އިމްތިހާނުތައް އިންތިޒާމުކޮށް ބާއްވާ ސަރުކާރުގެ އިދާރާ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) ގެ ކޮމްޕިއުޓާ ސިސްޓަމްތަކަށް ރެންސޮމްވެއާ ހަމަލާއެއް ދީފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީންގެ ދަށުން ހިންގަމުން އަންނަ ޑީޕީއީއަށް ރެންސޮމްވެއާ ހަމަލާދީފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކަށަވަރު ކޮށްދީފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީހަމަލާ ދިންކަން އެނގުނުފަހުން މިހާރު ހުރިހާ ކަމެއް ވެސް ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި ޑީޕީއީގެ އިންޓަނެޓާއި ފޯނު ހިދުމަތްތައް ވެސް އަނބުރާ އާއްމު ހާލަތަށް ގެނެވިފައިވާ ކަމަށެވެ.

ހަމަލާއާ ގުޅިގެން ޑީޕީއީގެ ފައިލްތަކަށް ގެއްލުމެއް ލިބުނުކަމެއް އަދި ލިބިފަައި ވަނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް އަދި މިހާތަނަށް ކަށަވަރުވެފައެއް ނުވެއެވެ. މިހަމަލާ ދީފައި ވަނީ ރާއްޖެ އިން ކަމެއް ނުވަތަ ރާއްޖޭގެ ބޭރުން ކަމެއް ވެސް މިހާތަނަށް އެއްވެސް އިދާރާއަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ރެންސޮމްވެއާ ހަމަލާއަކީ މެލްވެއާގެ ބާވަތެކެވެ.

ޑީޕީއީ އަށް ސައިބާ ހަމަލާއެއް އަމާޒުވިއިރު އެންމެ ފަހުން ބޭއްވި އޯލެވެލް އިމްތިހާންގެ ޓެސްޓް ޕޭޕަރުތަކެއް ލީކްވެ ބައެއް އިމްތިހާންތައް ކެންސަލް ވެސް ކުރަން ޖެހުނެވެ. ނަމަވެސް ޕޭޕަރުތައް ލީކް ކޮށްލާފައި ވަނީ ރާއްޖެ އިން ބޭރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރޓ

    ރެންސޮމްވެއަރ އަކީ ސަމާސާ އެއްނޫން. ސައިބަރ ކްރައިމް އަކީ ވަރަށް ބޮޑު އަނިޔާއެއް. ރާއްޖޭގައި ސައިބަރ އެސޯސިއޭޝަންއެއް ގާއިމް ކުރަން އެބަޖެހޭ. ސައިބާރ ބިލްސްތަށް ފާސްކުރަން އެބަޖެހޭ. ޕަބްލިކް ވިޔަސް ޕްރައިވެޓް ވިޔަސް، އޯގަނައިޒޭޝަން ތަކުގަ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރ ހުންނަން ޖެހޭނެ.

    4
    1
  2. އަހުމިއްޓޭ

    ސަރުކާރު އޮފީސްތަކުގެ ސިސްޓަމްތައް މިކަހަލަ އެޓޭކްތައް ނުދެވޭފެންވަރަށް ހުންނަންޖެހޭނީ ވަރުގަދަ ކުރެވިފަ.

    3
    1
  3. ދަރިވަރު

    އޭލެވެލް*