ތިން އަހަރުވީ އިރު ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިދުމަތްތައް ގާއިމްކޮށް ނުދެވުމުގެ ސަބަބުން ރައްޔިތުން ގަނަތެޅެން ޖެހިފައިވާ ކަމަށް މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޕެޓިޝަން ކޮމިޓީގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި މެމްބަރުންގެ ގިނަ ސުވާލުތަކެއް ވަނީ މުއިއްޒަށް އަމާޒު ކުރައްވައިފައެވެ. އަދި ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު މުއިއްޒުގެ ފަރާތުން ފެނުނު ކަންކަމަށް މެމްބަރުން ފާޑު ވެސް ވިދާޅުވިއެވެ.

ކޮމިޓީގައި މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި މުއިއްޒު ވިދާޅުވީ އެތަނުގައި ހިދުމަތް ނުދެވި ރައްޔިތުން ގަނަތަޅުވަން ސަރުކާރުން ކުރަމުންދާ ކަންތައްތަކަށް ޖަވާބުދާރި ވާން ޖެހޭ ކަމަށެވެ. އަދި ކުރީ ސަރުކާރުން ކިޔުން ހުއްޓާލައި ހަގީގަތަށް ވާހަކަ ދެއްކުމަށް މުއިއްޒު ގޮވާލެއްވިއެވެ.

"ތިން އަހަރު ވީއިރު އެތަނުގައި ސްކޫލް ނޭޅި މިސްކިތް ނޭޅި އެތަނުގައި ފިހާރަ ނޭޅި ހުރީ. ރައްޔިތުން ގަނަ ތަޅުވަން ސަރުކާރުން ކުރާ ކަންތަކަށް ޖަވާބުދާރީވާން ޖެހޭ" ހިޔާ މަޝްރޫއުއާ ގުޅުވައި މި ސަރުކާރުން ދައްކަވަމުން ގެންދަވާ ވާހަކައަށް އިޝާރާތް ކުރައްވާ މުއިއްޒު ވިދާޅުވެިއެވެ.

Petition Committie
އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލީސް

ހިޔާ ފްލެޓްތައް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކޮށް ނިމި އެތަނުގައި މީހުން މިހުން ދިރިއުޅެން ވަނީ ފަށާފައެވެ. ނަމަވެސް އަދިވެސް ބައެއް ހިދުމަތްތައް ފޯރުކޮށެއް ނުދެއެވެ.

ދެވަނަ ފިޔަވަހީގައި 14 ސްކޫލެއް އިމާރާތްކުރަން ނިންމާފައިވެއެވެ. އޭގެ ތެރެއިން ބައެއް ސްކޫލްތައް އިމާރާތްކުރަން ކުންފުނިތަކާއި ވަނީ ހަވާލުކޮށްފައެވެ. މި އަހަރު ޖޫން މަހު، އާރްސީސީއާ އަޅަން ހަވާލުކުރި ސްކޫލު މި ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.

ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އިމާރާތްކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ. އެއީ 450 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި މިސްކިތް އިމާރާތް ކުރުމަށް "ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާއި ހަވާލު ކޮށްފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކަމަށް ވިދާޅުވިއެވެ. ދައުލަތުގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ ވަގުތީ އެ މިސްކިތް ނިންމުމަށް ދީފައި ވަނީ 80 ދުވަހުގެ މުއްދަތަކެވެ.

ދެވަފަ ފިޔަވަހީގައި ޕޮލިސްޓޭޝަނެއް ގާއިމްކުރަން ވެސް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޙަނާ

    ހުޅުމާލެ 1 ގައި ދިރިއުޅުނު މީހުނަވެސް ފުރަތަމަ އުޅުނީ ވ ހާލުގައި. ދިވެހިން ވެއްޖެއެއްނު ކެއްތެރިކަން އިސްކުރަން ދަސްކުރަން. ތިތަނުން އަބަދުވެސް ޝަކުވާގެ އަޑު ނުކެނޑޭ

    5
    6
    • ޒައިކް

      ހުޅުމާލޭގަ ދިރިއުޅޭ މީހުން އަދި ވެސް ގަނަތެޅޭ، ހާއްހަކޮށް ދަރިން ސްކޫލަށް ލުމުގަ.. މާލޭގަ ހުރިހާ އޮފީހެއް ބަހަށްޓައިގެން ސެންޓްރަލްކުރުމުގެ ވިސްނުން ދޫނުކުރާހާ ހިނދަކު ހައްލެއް ނުލިބޭނެ.. އޮފީހަށް މާލެ ދަރިން ސްކޫލަށް ލާން ބަލައި ކޮޅަކަށް 15 ނޫނީ 20 މިނެޓްގެ ދަތުރެއްކޮށްފަ ހުޅުމާލެ.. ވިއްސާރަވެއްޖެއްޖާ ހަރާބު...

  2. ސިކުނޑި

    އެއީ ތަންދޮރު ނުދަންނަ މީހުން އަމިއްލަ އެދުމާއިގެން ކަންކަން ކުރީމާ ވީގޮތެއްކަން އެންމެ ރަނގަޅަށް އެނގޭނީ މުއީޒުއަށް! މުޅި ގައުމު ގަނަތެޅެން ޖެހިފައިވަނީ ވަކި ބައެއްގެ އަމިއްލަ އެދުމާއިގެން 5 އަހަރު ވަންދެން އުޅުނީމަ! މުއީޒުމެން ގަނަތެޅެން ނުޖެހޭނެތާ ބިން ގަނެގެން ވިއްޔާ ތިތިބެނީ! މިނިސްޓަރު ކަމުގައި 7 އަހަރު ވީއިރު! ލަދު ހަޔާތް ކުޑަވިޔަސް ފުކެއް ބޮޑުވަރުތީ!

    9
    13
  3. ޢިންޖިނިއަރ އެޑިލް

    ކަލޯ ދަތް ފިލަ އުގުޅާ ސާފު ކޮށްގެން ވާހަކަ ދެއްކެވިއްޔާ ސަޅިވާނެ

    6
    13
  4. ލލ

    މިގައުމުގައި ތިބެނީ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރިން ޗޯރުން !

    9
    1
  5. ހަލީމު

    ދެފިޔަވަހި ދޭތެރޭ އަޅާފައިވާ ބުރިޖުގެ ގުދު މާބޮޑު. އޭގެ މަތިން ކައްސާލައިގެންނާއި އެކްސިޑެންޓްވެގެން މީހުންނަށް ގެންލުންވުމަކީ ދުރު ކަމެއް ނޫން. މިހާރުން މިހާރަށް އޭގެ ގުދު ކުޑަކުރުން މުހިންމު.

    5
    4
  6. މުހުތާޒު

    މުއިއްޒު ދެއްކެވި ވާހަކަޔަށް ތާއީދު ސްކޫލެއް މިސްކިތެއް އަދި ވިޔަފާރި ކުރާނެ ފިހާރައެއްނެތް އަދި ހުޅމާލެ 2ގަ މަގުތިކުގަ މަގުމާތީ ލައިތެއް ނުދިއްލޭ މިފަހަރު ދޫކުރި ހިޔާ ފްލެޓް ތަކުގަ އެތަށް އާއިލާތަކެއް ދިރިއުޅެމުންއެބަގެންދޭ އެމީހުމް އެއްޗެއް ގަންނަން ވެއްޖެނަމަ ދާންމިޖެހެނީ އެހާ ދުރަށް ދެން އެއޮންނަނީ އެޗްޑީސީ ބޮލަށްޖަހާފަ އެމީހުންނަކަށް އެކަމެއްނުކުރެވޭ ފްލެޓްތަކުން ވައްކަން އިންތިހާ ދަރަޖަޔަށް ކުރޭ ގެން ފްލެޓްތަކުގެ މަސައްކަތް ކުރިން މީހުންގެންދާ ބަންގާޅީން އެތަނަތަނުން ނެރޭހާ އެއްޗެށް އަޅަނީ އެމީހުން ބޭނުންތަނަކަށް މީތަނުގެ ހާލަތު ހުރިގޮތް

    11
  7. Anonymous

    މި ހީވަނީ ސުހައިލްގެ އަމިެއްލަ ތަރިކަ މުދާގަނޑެއްހެން ފްލެޓް އަޅާފައި އޮތް ބިމަކީ..

  8. ވަޠަނަބޭ

    ބަސް ދަތުރު ނުފެށިގެން މިއުޅެނީ ކީއްވެބާ؟

  9. Anonymous

    ބަލަ މުއިއްޒޫ..... ތިހެން ނުބުނެ ކަލޭމެން އެންމެ ފުރަތަމަ އެތަނުގައި މިސްކިތް އަޅާ / ސްކޫލް އަޅާ / ބާޒާރާ ފިހާރަ ހަދާނެ ވަގުތު ނުލިބުނީތަ ތިބައިގަޑުގެ ވެރިކަމުގަ،

    ކީއްވެތަ ފިނިޝިންގ އާ އެއްކޮށް ފުރަތަމަވެސް ޕްރޮޖެކްޓް ހަވާލުނުކުރީ.... އެހެންތާވާނީ ގިނަ ކޮމްޕެނީތަކަށް ހަވާލުކުރި ވަރަކަށް ޖީބަށްވެސް ބައިއެޅޭނެތާ

    3
    2
  10. ސސ

    ކޮންމެ ސަރުކާރެއް އޮތަސް ރައްޔިތުން ގަޑުތެޅެނީ ހަނާވާންޖެހެނީ !

  11. ނާޅި

    ތިބޭފުޅާ ސޯޝަލް ހައުސިން ފަރުމާ ކުރިއިރު ކުނި މެނޭޖު ކުރާނެ ގޮތެއް ހަދާފަކާނެތް ދުނިޔޭގެ މިފަދަ ސޯޝަލް ޓަވަރު ތަކުގައި ކޮންމެ ފުލޯއެއްގައިވެސް ކުނި މެނޭޖުކުރާ ސްޓޯރް ރޫމެއް ހުންނާނެ ޑަސްބިން ތަކާއިއެކު އެފުލޯއެއްގެ ކުނި ސްޓޯރްކުރަން، މިހާރު ކުނި ހުރިހާ މީހުން އަތަށްލައިގެން ތިބެން މިޖެހެނީ !