ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް އެމަނިކުފާނު ހުށަހަޅުއްވާފައިވާ ބައެއް ނުކުތާކަކަށް ޖަވާބުދާރީވާން ދައުލަތުން ދެކޮޅު ހަދަން ފެށުމުން ޖަވާބުދާރީވުމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އަންގަވައިފިއެވެ.

މިއަދު ކުރިއަށްދާ ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި ދައުލަތުން ދެކޮޅު ހަދާފައި ވަނީ ޔާމީންގެ މައްޗަށް ދަށު ކޯޓުގައި އަދަބު ކަނޑައެޅި ގޮތާއި މެދު ޔާމީންގެ ފަރާތުން ހުށަހެޅުއްވި ނުކުތާއާއި މަނީ ލޯންޑަރިންގެ ގާނޫނު މާނަ ކުރުމުގައި އަމަލު ކުރެވުނު ގޮތާއި ގުޅޭ ގޮތުން ޔާމީންގެ ފަރާތުން ހުށަހެޅުއްވި ނުކުތާއަށް ޖަވާބުދާރީވުމަށެވެ.

ޝަރީއަތުގައި "އަނގަބަހުން" އެ ނުކުތާތަކަށް ޖަވާބު ދެއްވަން ބޭނުން ނުވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވުމުން، ޝަރީއަތުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ އެ ގޮތަށް ދައުލަތުން ބޭނުންވާ ސަބަބަކާއި މެދު ސުވާލު އުފައްދަވައިފައެވެ.

އެ ސުވާލުގެ ޖަވާބުގައި ދައުލަތުން ވިދާޅުވީ ޖަވާބު ދެއްވަން ބޭނުން ނުވާ ސަބަބަކީ އަދަބު ކަނޑައެޅުނީ އާދަޔާ ޚިލާފަށް ގާނޫނާ ޚިލާފު ވެގެން އަދަބު ކަނޑައެޅުނު ގޮތް ޔާމީންގެ ފަރާތުން ކިޔައިދެވިފައި ނުވާތީއާއި، މަނީ ލޯންޑަރިންގެ ގާނޫނު މާނަ ކުރާ ގޮތް ލިޔުމުން ވެސް ވަރަށް ތަފްސީލްކޮށް ޖަވާބު ދެވިފައިވާތީ ކަމަށެވެ.

އެއާއެކު ރިޔާސަތުން އެންގެވީ ޔާމީންގެ ފަރާތުން ހުށަހެޅުއްވި 22 އިސްތިއުނާފީ ނުކުތާއަށް ވެސް ދައުލަތުން ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އެ ގޮތުން ދައުލަތުން ފާހަގަ ކުރައްވާ ނުކުތާތަކަށް ވެސް ޖަވާބު ދެއްވަން ޖެހޭނެ ކަމަށް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވިއެވެ.

އޭގެ ފަހުން ދައުލަތުގެ ފަރާތުން ކޮންމެ ވެސް ވަރަކަށް މަނީ ލޯންޑަރިންގެ ގާނޫނު މާނަ ކުރި ނުކުތާއާ ގުޅޭ ގޮތުން ރައްދުތަކެއް ދެއްވިއެވެ. މި ގޮތުން ރާއްޖޭގައި އޮންނަ މަނީ ލޯންޑަރިންގެ ގާނޫނު ފުރިހަމަ ނުވާ ކަމަށް ބުނެ އެހެން ގައުމުތަކުގެ އެފަދަ ގާނޫނުތަކަށް ރިއާޔަތް ކުރަން ނުޖެހޭ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއަކީ ވެސް މިނިވަން ދައުލަތެއް ކަމުން ރާއްޖޭގައި އަމަލު ކުރުމުގައި ބަލަން ޖެހޭނީ ރާއްޖޭގެ ގާނޫނަށް ކަމަށާއި އަދި ރާއްޖޭގެ ގާނޫނު މާނަ ކުރުމުގައި ބޭރު ގައުމެއްގެ ގާނޫނަށް ބަލާނަމަ، ބަލަން ޖެހޭނީ ރާއްޖޭގެ ގާނޫނާ ދާދި އެއް ގޮތް ގާނޫނެއް ނަމަ ކަމަށް ދައުލަތުން ވިދާޅުވެއެވެ.

އަދި ރާއްޖޭގެ ގާނޫނު އެކުލަވާލުމުގައި ވެސް އިންޓަނޭޝަނަލް މަނިޓަރީ ފަންޑްގައި ދުނިޔޭގެ ގައުމުތަކުގައި މި ކުށާ ދެކޮޅަށް އަމަލު ކުރާނެ ގޮތުގެ ނަމޫނާ ގާނޫނަށް ރިއާޔަތްކޮށްފައިވާ ކަމަށާއި އެ ގޮތުން އޭގެ އެންމެ ހަރުކަށި އެއް އޮނިގަނޑު ކަމުގައިވާ "ވޭރިއަންޓް 3" ރާއްޖޭގެ ގާނޫނުގައި ހިމަނާފައިވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް އެ ހުކުމަށް ވަނީ ތާއީދުކޮށްފައެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގުރި ދޫކުރި މުއާމަލާތުގެ މައްސަލާގައި އުފުލާފައިވާ ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާއެވެ. މި ޝަރީއަތް މިހާރު އޮތީ ހެކި ބަސް ނެގުމުގެ މަރުހަލާގައެވެ. މި ޝަރީއަތުގައި ވެސް ޔާމީން ވަނީ އަދީބާއި ޒިޔަތުގެ ހެކި ބަސް ބަލައިނުގަންނަން އެދިފައެވެ.

ވ. އާރަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ވެސް ލޯންޑަ ކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވިއެވެ. އެހެންވިޔަސް އިތުރަށް ތަހުގީގު ކުރަން ފުލުހަށް ފޮނުވުމުން ޔާމީން ހާޒިރުކޮށް ބަޔާން ވެސް ނަގަން މަސައްކަތް ކޮށްފައިވެއެވެ. އެކަމަކު ތަހުގީގު ނިމިފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ ޔާމީން ވަނީ ބަޔާން ދެއްވަން ދެކޮޅު ހައްދަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދޮން އަހުމަދު

    އެހެންވީމާ މިހާރު ބޭންކްގަ އެކައުންޓް ހުޅުވާފަ ބެހެއްޓުން އެހާރަގަޅެއްނޫނެއްނު މީހަކު ފުރޭމް ކޮށްލަންބޭނުންވިއްޔާ އެމީހާގެ އެކައުންޓަށް މިލިޔަނުން ފައިސާ ލާފަ މައްސަލަ ޖައްސަންވީ މަނީލޯންޑަރ ކޮށްގެން ހޯދާފަހުރި ފައިސާކަމަށް ކިހާ ފަސޭހަ ނުންތަ މީހުން ފުރޭމްކޮށްލަން..

    90
    2
  2. ނިން،މި

    ކޮންމެ ގޮތަކަށް މާނަކުރިއަސް ލާރި ބޮޑިބޮޑިއަށް މިލިއަނުން ބިލިއަނުން ލިބުނީ މަސައްކަތެއް ކޮށްގެން ތެޔޮވަޅެއް ލިބިގެން އެންމެ ކުޑަމިނުން ސައިހޮޓާ ގަޑެއްވެސް ހިންގައި ގެނެއްނޫން. ކަރުދާސްތަކެއްގަ ލިޔެފަވާ އެއްޗެއް މާނަކުރުމަކުން ވައްކަން ނުކުރާކަމަކަށް ވާނެބާ.... އެލިބުނު ލާރި އައިގޮތަށް އެބުރި އެތަނަކަށް ދާނެބާ...

    6
    77
    • ޖަމީލުބެ

      ޝަރީޢަތަކީ ޤާނޫނެއްގެ ދަށުން ވަކި ގޮތަކަށް ކުރާ އެއްޗެއް. އެކަމަށް ބޭނުން ކުރަނީ ކަރުދާހުގައި އޮންނަ އެއްޗެއް. މީހެއްގެ ބޮލުގަ ކުށެއް އަޅުވާފަ ހުކުމެއް ކުރަންޔާ ކަރުދާސް ގަނޑު ރަނގަޅަށް ތައްޔާރު ކުރޭ..

      45
      1
  3. އަބުދުއްﷲރަޝީދު

    ޔާމީނު ނުކުރޭވައްކަން ޔާމީނުކުރީރަސްކަން
    އެފައިސާމިފައިސާ ޙާއްސަފައިސާ ކޮންޙާއްސަފައިސާއެއްތަ ބައިސްކަލެއްވަގައްނަގާފައި
    ވިއްކާލިއަސް ޙާއްސަފައިސާލިބިދާފާނެ.

    39
  4. ދ

    ދަތް ބާރު ވިއަސް ސަރުކާރުގެ ވަކީލުންނަކީ ރޭގަނޑު ސައިމޭޒުން ކޮފީ މޭޒުން ލިޔުން ތައްޔާރު ކޮށްގެން މުޅި ސަރުކާޜު ޕްރެޝަރަށް ވެއްޓިގެން ހިންގާ ކަމެއް ޔާމިން ކުރި ވިޔަފާރި ބުނެދެންޏާ ނައިބު ރައީސް އާއި ރައީސްގެ އެކައުްނޓްގައި ހުރި ފައިސާ ތައް ވެސް ބުނެދެން ވާނެ އަބްދުﷲ ޝާހިދުގެ އެކައުންޓް ވެސް ފުރިގެން ބަންޑުންވޭ ކާރޕެޓުުން

    41
  5. ދަރަނި ދަންތުރަ

    ދައުލަތުގެ ވަކީލުން ބޮލާފޮށާ އެޅެނީ ، 1 ދޮގު ހަދައިފިނަމަ އެދޮގުން ސަލާމަތްވާން 100 ދޮގު ހަދަންޖެހޭނެ

    49
  6. Anonymous

    މިއަދުގެ ބްރާންތި ރައީސް އިބޫ ސޯލިހު ނެންގެވި 37މިލިއަން ރުފިޔާ ވީތަނެއް އެނގޭނެ އަހަރެމެންގެ ވެރިކަމެއްގަ ﷲ ގެ އިރާދަފުޅާ މިންވަރުފުޅުން މިވެރިކަން ބަދަލު ކުރާނެ ހަމަ އިބޫ އޮންނަން ޖެހޭނީ ޖަލުގައި ފުރަތަމަ ދައުވާ ކުރާނީ 2018 ގެ ރިޔާސީ އިންތިޚާބް ވޯޓް އޮޅުވާލާ ވަގަށް ވެރިކަމަށް އެރީމަ

    47
  7. ޑިރާސާ

    ދައުލަތުގެ ވަކީލުން ކްރިމިނަލް ކޯޓުން އިއްވި ހުކުމް ސްޕްރިމް ކޯޓަށް ގެނައިންތޯ ..ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބޮޑުބައިގައި އޮންނާނެ އެހެން ގައުމުތަކުގެ ކޯޓުތަކުން އިއްވާފައި ހުރި މަނީ ލޯންޑަރިން ހުކުމްތަކަށް ރިޔާޔަތް ކޮއްފައި ، އިގްރޭސިވިލާތުގެ ގާނޫނުތަކުގައިވާ ކަންކަމަށް ރިޔާއަތްކޮއްފައިވޭ . ދައުލަތުން މިކިޔަނީ ކީކޭތޯ.. ހުކުމް ބާތިލުކޮށް އަލުން މައްސަލަ ބަލަން ހުކުމްކުރާނެ ކަމަށް ބެލެވޭ..
    .

  8. އައްނި

    މިއަދުވެސް ސަރުކާރުގެ ވަކީލުން ދިނީ ދެކޮޅުނުޖެހޭ ޖަވާބެއް ޔާމީން ސުވާލުކުރީ އެބުނާ ތާރީހުގެ ފަހުން އެއްވެސް މުއާމަލާތެއް ކޮއްފަނުވާއިރު އެއްވެސް އިދާރާއަކުން އެކީ ކުށެއްކޮއްގެންހޯދައިފައިވާ ފައިސާކަން ރައީސްޔާމީންއައް އަންގާފަވޭތޯ ނުވާނަމަ ސަރުކާރުން އެކުށަކައްހަދާ ހުކުން ކުރެވޭނެތޯ ސަރުކާރުން ބުނަނީ މީ އިސްގާޒީގެ ރައުޔޭ މިއައްތަބާވާށޭ ޖެހޭނީ