ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ޓްވިޓާ މެދުވެރިކޮށް ކުރެއްވި ސުވާލުތަކަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ޖަވާބު ދެއްވައިފިއެވެ.
ނިހާނަށް ސުވާލުތަށް އަމާޒުކުރަމުން މަހުލޫފު ކުރެއްވި ޓްވީޓުގައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެތޯ ނިހާނާއި ސުވާލު ކުރައްވާފައެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އިންތިހާބު އޮންނާނެތޯ އާއި ގާނޫނު އަސާސީގައިވާ ގޮތަށް ވޯޓްލާ މަރުކަޒުގައި ވޯޓު ގުނާ ނަތީޖާ އިއުލާން ކުރާނަންތޯ މަހުލޫފު ވަނީ ސުވާލު ކުރައްވާފައެވެ.
މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނިހާން ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނެ ކަމަށެވެ. އަދި ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުންގެ ނަމާއި ރަނިންގް މޭޓް ގެ ނަން ވޯޓު ކަރުދާސް ކޮޅުގައި އޮންނާނެ ކަމަށާއި ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބަޔާންވެފައިވާ ފަދަ މިނިވަން އިންސާފުވެރި ކަން އިލެކްޝަންސް ކޮމިޝަނުން ގެންގުޅޭނެ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.
* 23 Sep 2018 gai 2018 Riyasee Inthikhaabuge Votulun Onaane. * Sharuthu Hamavaa Hurihaa Candidate ge namaa Running Mate ge nan thah Vote karudhaas kolhuga onnaane. * Dhivehi Raajjeyge QA aai Qanoon Thakugai bayaan vefaivaa fadha minivan Insaafuveri Kan EC gengulheyne https://t.co/jdAstNspEo
— Ahmed Nihan (@ahmed_nihan) July 1, 2018
މަހުލޫފު މިސުވާލުތަށް އަމާޒު ކުރެއްވީ ނިހާން ފުރަތަމަ ކުރި ޓުވީޓަށް ރައްދުދެއްވައެވެ. އެ ޓުވީޓްގައި ނިހާނު ވިދާޅުވިގޮތުގައި އިދިކޮޅު ފަރާތްތަކުން ހިސާބު ޖަހާނެ ގޮތަކަށް ޖެއްސެވުމަށާއި ނެރޭނެ އަދަދަކަށް ކެންޑިޑޭޓުން ވެސް ރަނިންމޭޓުންވެސް ނެރެންވީ ކަމަށެވެ. ނަމަވެސް ދިވެހި ރަތްޔިތުން ދެން ތަރައްގީއަށް ނޫނީ އާއެކޭ ނުބުނާނެކަމަށް ނިހާން ވިދާޅުވިއެވެ.
އަދި މިއަހަރު ބޭއްވޭ އިންތިހާބު 52 އިންސައްތައަށް ވުރެ ބޮޑު އަދަދަކުން ރައީސް ޔާމިން ކަމިޔާބުކުރައްވާނެ ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.
އަމިއަްލައަށް އަރުވާލެވޭހޮތަށް ގާނޫނު މުގުރާ ވެރިންވެސް ރައީސްކަަމަށް ކުރިމަތި ނުލެވޭ ގޮތް ހަދަން ވީނު .
އެމްޑީޕީ ގެ ސަރުކާރެއްގެނައުމުން ހިތިބޭސް ބޯންޖެހުނު ހަނދާން އަދި ނުފިލާ ، ޑޮލަރަށް ސަލާންޖެހި ހަނދާން ނުފިލާ ،ކަތަންޓް ބލާ ފެންބިލް ބޮޑުކުރި ހަނދާން ނުފިލާ . ފެންކުންފުންޏާ ދިރާގާ އެރއާޕޯޓް ވިއްކާލި ހަނދާން އަދި ނުފިލާ . މާލެ ކުނިގޮންޑަކަށް ބަދަލުކުރި ހަނދާން ނުފިލާ .މާލެތެރޭގަ ދުވި ކުނިވަހުން ސްކޫލްތައް ބަންދުކުރަންޖެހުނު ހަނދާން ނުފިލާ މާލޭގެ ފެންހިންދާ ނިޒާމް ފުނޑާލި ހަނދާން އަދި ނުފިލާ އެމްޑީޕީ ވެރިކަމުގާ އެއްވެސް ތަރައްގީ އެއް މާލެއަށް ފޯރުކޮށްދީފަ ނުވާއިރު މިހާރުގެ ޕީޕީއެމް ސަރުކާރުން މާލެއަށްއެކަނި ތަރައްގީގެ ކިތައް މަސްރޫއު ހިންގާދިންތޯ ގުނުއްވަ ބައްލަވަ. އެމްޑީޕީން ބުނެބަލަ ތިމަންނަގެ ސަރުކާރުން ކޮށްދިނީ މިވެނިކަމެކޭ ކޮށްދިން އެއްކަމަކި ބޭސްފަރުވާގެ ނިޒާމްގާ އޮތް "މަދަނަ " ބަގުރޫޓް ކޮށްލުމަށްފަހު ބޭރުގެ ހޮސްޕިޓަލް ތަކަށް ފިލުމަށް މަދަނައިގެ ނަން އާސަންދަ އަށް ބަދަލުކޮށް ދިނުން އެކަނި މއިންވެސް ބޭސްކުރެވެނީ 2000 ރުފިޔާ ދައްކައިގެން. ރައްޔިތުން ވިސްނާނުލާ 2008 ތަކުރާރު ނުކުރައްވާތި.