2017 ގައި އިލެކްޝަންސް ކޮމިޝަނުން ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ، މިނިވަން އަދި އިންސާފުވެރި އިންތިޚާބެއްކަމުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި އަދި ބޭރުގެ ފަރާތްތަކުން ޤަބޫލުކޮށް އެކަން އިޢުލާނުކޮށްފައިވާކަން ފާހަގަކުރާ ކަމަށާއި މިއަހަރުގެ ރިޔާސީ އިންތިޚާބަކީވެސް، މިނިވަން އަދި އިންސާފުވެރި އިންތިޚާބެއްކަމުގައި ވާނޭ ކަމުގެ ޔަޤީންކަން ދިވެހި އެންމެ ރައްޔިތުންނަށާއި، އަދި ބޭރުގެ ފަރާތްތަކަށް އަރުވާ ކަމުގައި އިލެކްޝަން ކޮމިޝަންއިން ބުނެފިއެވެ. މިހެން ބުނެފައިވަނީ މިއަދު އިލެކްޝަންސްއިން ނެރުއްވި ބަޔާނެއްގައެވެ.
މިބަޔާނުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބު ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް މި ކޮމިޝަނުން ފަށާފައިވާ ކަމުގައެވެ. އަދި ހަމައެއާއެކު، އިންތިޚާބުތަކުގައި އެހެން ފަހަރުތަކެކޭ އެއްފަދައިން ބައިނަލްއަޤްވާމީ ފަރާތްތަކާއެކު މަސައްކަތްކުރަމުންދާނޭ ކަމަށާއި، ޚާއްޞަގޮތެއްގައި ދައުލަތާއެކު އިންތިޚާބުގެ ޤާނޫނީ އަދި އިދާރީ އޮނިގަނޑު ދިރާސާކުރެއްވުމަށްފަހު، ޔޫރަޕިއަން ޔޫނިއަނުން ދެއްވާފައިވާ ހުށަހެޅުންތައް ތަންފީޛުކުރަމުންގެންދާ ކަމަށްވެސް މިބަޔާނުގައިވެއެވެ.
މީގެ އިތުރުން މިބަޔާނުގައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ޤާނޫނު ނަންބަރު: 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އާއި، ޤާނޫނު ނަންބަރު: 12/2008 (ރިޔާސީ އިންތިޚާބާ ބެހޭ ޤާނޫނު) ގެ ދަށުން 2018 ގެ ރިޔާސީ އިންތިޚާބު، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، މިއަހަރުގެ ސެޕްޓެމްބަރު މަހުގައި ބޭއްވުމަށް ތައްޔާރުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކޮމިޝަނުން ކުރަމުންގެންދާކަމަށެވެ.
ތިތަނުގެ ފުރާޅުން ޓިނުނަގައިގެން ވަދެ ވޯޓުފޮށިތައް ގެންގޮސް ސިފައިގޭގައި ގުނަންފަށައިފިއްޔާ ސްޕްރީމް ކޯޓަށްވެސް ކަމެއްނުކުރެވޭނެ.... ތިޔަ ކަމިސަނަށް އަދި ވަކިން ކަމެއްކުރެވިދާނެތަ؟ އެކަމަކު، އެގޮތް ދިވެހިންނަށް އޯކޭވާނެ... މީ ހުސް ގުނބޮލޭ... ކަރަޕްސަނުން ފޯވެފަ ތިބި ބައެއް ދިވެހިން މީ... ނުވާނެ ރަނގަޅެއް...
އެންމެން އިސްތިއުފާދީފަ ގެޔަށް ދޭ....
ތިތާގެ ވެރިޔާއާއި ސެކެޓްރީ ޖެނެރަލް އިސްތިއުފާ ދިނީ ކީއްވެބާ؟؟؟؟ ކެންޔޫ ޓެލް އަސް ޕްލީސް...
ތިކަހަލަ ކަންކަން ގެނެސްދެނީ އިންވެސްޓިގޭތިވް ޖާނަލިޒަމް ގައިފެނއވަރު ހުރި ނޫސްވެރިން. ވަގުތު އަކީ ޓެބްލޮެިޑް ޖާނަލިޒަމް.
ޓްރަމްޕް ބުނާހެން އިދުކޮޅު މީހުން މޮޅުވެއްޖިއްޔާ އިންސާފްވެރި ނުވެއްޖިއްޔާ ވަރަށް ބޮޑަށް އަތަކަށް ޖެހުފަ މިހެން މިބުނީ އެސްއީ އިން ނެރުނު ބަޔާން އާއި އެކު އެތަން އިންސަފް ވެރިއޭކީ އެކަމު އަނެއް ދުވަހު އެތަން ވަރުގެ ކަޑަ ތަނެއް ނެތިގެން އުޅުނީމަ