ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ހިމެނޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ހެކި ބަހާ ގުޅޭ ނުކުތާއަށް ދައުލަތުން ވާހަކައެއް ނުދައްކާ ޖަވާބުތައް އަރުވައިފިއެވެ.
މިއަދު ތިން ގަޑިއިރަށް ދެމިގެން ދިޔަ ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި، ޔާމީންގެ ފަރާތުން ހުށަހަޅުއްވާ 22 ނުކުތާތަކުގެ ތެރެއިން ގިނަ ނުކުތާތަކަށް ދައުލަތުން ޖަވާބު އެރުވިއެވެ. ދައުލަތުގެ ޖަވާބުތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރެއްވީ ޔާމީން އަތުގައި ހުރީ ކެމްޕޭން ފައިސާ ނޫން ކަމަށް ދަލާލަތު ކޮށްދޭނެ ވާހަކަތަކާއި، މަނީ ލޯންޑަރިންގެ ގާނޫނު މާނަ ކުރި ގޮތުގެ ނުކުތާއާއި، ތަހުގީގު ބިނާ ކުރި ގޮތުގެ ނުކުތާގެ މައްޗަށެވެ.
ޔާމީންގެ ފަރާތުން އަދީބުގެ ހެކިބަސް ބަލައިގަންނަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމާ ގުޅޭ ގޮތުން ހުށަހެޅުއްވި ނުކުތާއަށް ދައުލަތުން އެއްވެސް ޖަވާބެއް އަރުވާފައެއް ނުވެއެވެ. އަދީބުގެ ހެކި ބަހުގައި ފުށު އެރުންތަކެއް ހިމެނޭ ކަމަށް ޔާމީންގެ ފަރާތުން ގިނަ ކަންކަން ފާހަގަ ކޮށްފައިވެއެވެ. އެހެންވިޔަސް މިއަދުގެ އަޑުއެހުމުގައި ދައުލަތުން އެއިން ކަމަކަށް ޖަވާބެއް ނުދެއްވައެވެ.
އަދީބުގެ ހެކިބަހާ ގުޅޭ ގޮތުން ދައުލަތުން އެއްވެސް ކަމެއް ފާހަގަ ކުރައްވާފައި ނުވާއިރު، ދައުލަތުން ވާހަކަ ދެއްކެވީ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުއާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް މުއައްވިޒް ރަޝީދުގެ ހެކިބަހާ ގުޅޭ ގޮތުން ޔާމީންގެ ފަރާތުން ފާހަގަ ކުރައްވާފައިވާ ނުކުތާތަކަށެވެ.
މި ގޮތުން ޒިޔަތާ ގުޅޭ ގޮތުން ދައުލަތުން ފާހަގަ ކުރެއްވި ކަމަކީ ޒިޔަތުގެ ހެކިބަހާ "ކޮލަބަރޭޓްވާ" ނުވަތަ ބާރު ލިބިދޭ ގިނަ ލިޔުންތަކެއް ހެކީގެ ގޮތުގައި ހުށަހަޅުއްވާފައިވާނެ ކަމަށެވެ. މި ލިޔެކިއުންތަކަކީ ދަށު ކޯޓާއި ހައި ކޯޓުގައި ދައުލަތުން ހުށަހަޅުއްވާފައިވާ ހެކިތަކެއް ނޫނެވެ.
އެހެންވިޔަސް މުއައްވިޒްގެ ހެކި ބަހާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގައި ޔާމީންގެ ފަރާތުން ފާހަގަ ކުރައްވާފައިވާ ނުކުތާއަކީ ހައި ކޯޓުގެ މަރުހަލާގައި ފާހަގަ ކުރައްވާފައި ނުކުތާއަކަށް ނުވާތީ އެ ބަލައިގަނެވޭނެ ނުކުތާއެއް ނޫން ކަމަށް ދައުލަތުން ވިދާޅުވެއެވެ.
ޒިޔަތާއި މުއައްވިޒްގެ ހެކި ބަހުގައި ވެސް ފުށުއަރާ ކަންކަން ހުރި ކަމުގައި ޔާމީންގެ ފަރާތުން ފާހަގަ ކުރައްވާފައިވެއެވެ. މިކަމާ ގުޅޭ ގޮތުން ވެސް ދައުލަތުން މާ ބޮޑު ރައްދެއް ނުދެއްވައެވެ.
މީގެ އިތުރުން މުއައްވިޒްއާއި ޔާމީން ބައްދަލު ނުކުރާ ކަމަށް ޔާމީން ވިދާޅުވާ ވިދާޅުވުމަށް ބާރު ދިނުމުގެ ގޮތުން ބައެއް އާ ހެކިތައް ވެސް ހުށަހަޅުއްވާފައިވެއެވެ. މިގޮތުން މުއައްވިޒުއާއި އަދީބާ ދެމެދު ދައްކަވާފައިވާ ވާހަކަތައް ހިމެނޭ ޗެޓް ލޮގްތަކެއް ވެސް ހިމަނާފައިވެއެވެ. އެއީ ހައި ކޯޓުގެ މަރުހަލާގެ ފަހުން ލިބުނު ހެއްކެއް ކަމުގައި ޔާމީންގެ ފަރާތުން ފާހަގަ ކުރައްވައެވެ. މި ހެއްކާ ގުޅޭ ގޮތުން ވެސް ދައުލަތުން އެއްވެސް ވާހަކައެއް ނުދައްކަވައެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް އެ ހުކުމަށް ވަނީ ތާއީދުކޮށްފައެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގުރި ދޫކުރި މުއާމަލާތުގެ މައްސަލާގައި އުފުލާފައިވާ ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާއެވެ. މި ޝަރީއަތް މިހާރު އޮތީ ހެކި ބަސް ނެގުމުގެ މަރުހަލާގައެވެ. މި ޝަރީއަތުގައި ވެސް ޔާމީން ވަނީ އަދީބާއި ޒިޔަތުގެ ހެކި ބަސް ބަލައިނުގަންނަން އެދިފައެވެ.
ވ. އާރަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ވެސް ލޯންޑަ ކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވިއެވެ. އެހެންވިޔަސް އިތުރަށް ތަހުގީގު ކުރަން ފުލުހަށް ފޮނުވުމުން ޔާމީން ހާޒިރުކޮށް ބަޔާން ވެސް ނަގަން މަސައްކަތް ކޮށްފައިވެއެވެ. އެކަމަކު ތަހުގީގު ނިމިފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ ޔާމީން ވަނީ ބަޔާން ދެއްވަން ދެކޮޅު ހައްދަވައިފައެވެ.
ދައުލަތަކީ އަނިޔާވެރި ބަޔަކަށް ވެއްޖެނަމަ އެތަނެއްގެ ރައްޔިތުންގެ ނަފްސާނީ ބަލިތައް ލައްކަ ގިނަވާނެ. އެހެންވެ ތޯއްޗެ މިފަހަރު ހުރިހާ ލޯނު ފުރުސަތަކާއި ސްކޮލަރޝިޕްތަކެއްވެސް ނަފްސާނީ ބަލިތަކަށް ހާއްސަކުރީ.
ރައްޔިތުން މިތިބެނީ ނިކަން ބިރުން. ކޮންމެ ވަގުތަކުވެސް ގެންގޮސް މަނީލޯނަޑަރ ކުރީއޭ ބުނެ ޖަލަށް ކޮއްޕާލަފާނެ.
ޙެކިންގެ ހެކިބަހުގެ މައްޗަށް ބިނާކޮށް ކޮންފައޮތް ހުކުމެއް ނޫންތާ ދޯ؟
ކޮންމެ ކަމަކާއި ގުޅިގެން ޖަވާބްދާރީވާން ޖެހޭނެ ދުވަހެއް އެބޮތް. ފާސިގެއްގެ ހެކި ހުށަހަޅައިގެން މީހަކަށް ތިދޭ އަނިޔާތަޢްވެސް އިން ޝާ ﷲ އަންނާނެ
ދެންއެވާހަކައެއް ނުދައްކާނެތާ ދައްކާފިއްޔާ ސޯލިހާދެކޮޅައް ބޭނުންކުރަން އެބަޖެހޭ އަލީވަހީގެ ހެބަސްވެސް ދެއްތޯ؟
ދަށު ކޯޓާ ހައިކޯޓްގަ ހުށަނާޅާ ހެކި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީމަ އެ ބަލައިގަންނަންޖެހެޔޯ އެކަމު ޔާމީން ހައިކޯޓުގަ ނުކުތާއެއް ފާހަގަނުކުރީމަ އެ ނުކުތާ ސުޕްރީމްކޯޓުގަ ބަލައިގަނެގެންނުވާނެޔޯ. މިހިރީ މިމީހުންގެ ހަމަހަމަކަން ހުންނަވަރު. ދައުލަތަށް މޮޅު ގޮތް. އަނެއް މީހާއަށް ދެރަ ގޮތް ހަދާލަން ސުޕްރީމް ކޯޓުގަ އެ ބުނަނީ.
އެމީހުން ދައްކަން އޮނާނީ ކޮންވާހަކައެއް ލާދީނީން ކުރިކަމަކަށް ލާދީނީން ހެކިބަސްދޭނެތޯ؟
އަދުލުގެ ނިޒާމް ފުނޑިފައޮތް ތަނަކުން ލިބޭނެ އިންސާފެއް ނޯންނާނެ ކަނޑައެޅިގެން ދުވާލާއި ރޭގަނޑު އެގޭ ފަދައިން އަހަރުމެންނަށް އެބައެނގޭ ތިޔަ ކޯޓްގެ ރިޔާސަތުގައި ތިބީވެސް މުޅިން މޑޕ މީހުން އެމީހުން ޔާމީނަކަށް ހެވެއް ނޭދޭނެ އެމީހުންނަށް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފާނެ
މިކަމުންވެސް ދޭހަވަނީ ސަރުކާރު އޮރިޔާންވެއްޖެކަން މާގިނަދުވަހެއްނުވެ ފަޅާއަރާނެ ފަނޑިޔާރުންތިބީ ފަޅާއަރުވަން ކެތްމަދުވެފަ.
ތިޔަޙިޔާނާތުގެ އެންމެބޮޑުވަގަކީ ކިނބުލެވެ. އޭނާއަށް ދައުވާނުކުރެވޭހާހިނދަކު ތިޔައެއްރަގަޅެއްނުވާނެއެވެ.
ސިޔާސީ ބޭނުމަށް ކުށްކުރި މީހުންނާއި އެކުށުގައި ބައިވެރިވެ އެކުށުގެ މަންފާލިބި އެފައިސާއިން ބޭނުންކުރަމުންދާ އެންމެނަށް ސަލާމަތްކަންދީ، ޔާމީނާ ދެކޮޅަށް އެމީހުންގެ ހެކިބަސް! ޔަގީންނެންނު އެމީހުން އެހާލަތުގައި ހެކިބަސް ދޭނެކަން! އެމީހުންގެ މައްޗަށް އެއްވެސް ދަޢުވާއެއް ނުކުރޭ! އެމީހުން ޔާމީންއާއި ދެކޮޅަށް ހެކިބަސް ދިނީމަ އެމީހުން ސަލާމަތްވީ މިއީ ޕީޖީގެ ޕްލީބާގެން! ކުށްކުރި މީހުން ކިހިނެތް ހެކިންނަށް ވަނީ!