ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި 4،000 ހައުސިން ޔުނިޓް އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއި އިންޑިއާގެ ބޮޑު ދެ ކުންފުންޏަކާ ދެމެދު އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން ލޯން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި މަޝްރޫއުގެ ކޮންސްޓްރަކްޝަން މަސައްކަތް މީގެކުރިން ހަވާލުކޮށްފައި ވަނީ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑް އާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާއެވެ. މި މަޝްރޫއުގެ ދަށުން އެޅުމަށް ހަމަޖެހިފައި ވަނީ ތިން ކޮޓަރި އަދި ތިން ފާހަނާގެ 2،800 ޔުނިޓް އަދި ދެ ކޮޓަރި އަދި ދެ ފާހަނާގެ 1،200 ޔުނިޓެވެ. މި މަޝްރޫއަށް 227 މިލިއަން ޑޮލަރު ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވާޗުއަލްކޮށް ބޭއްވި މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ރާއްޖެއަށް ކަނޑައަޅާފައިހުންނަ އިންޑިޔާގެ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ ބޯހިޔާވަހިކަމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އިތުރު 4،000 ޔުނިޓް ހެޔޮ އަގުގައި ލިބުމަކީ ރައްޔިތުންނަށް ލުއިތަކެއް ލިބި އިގްތިސާދަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ މިއީ އެހެން މަޝްރޫއުތަކާ އަޅާ ބަލާ އިރު އަގު ހެޔޮ، ތަނަވަސް ޔުނިތްތަކެއް އިމާރާތް ކުރެވޭ މަޝްރޫއެއް ކަމަށެވެ.

މި މަޝްރޫއު އެންބީސީސީ އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރެވިފައިވަނީ މިދިޔަ ފެބްރުއަރީ ދެ ވަނަ ދުވަހުއެވެ. އަދި ޖޭއެމްސީއަށް މަޝްރޫއު ހަވާލު ކުރީ މާޗް އަށް ވަނަ ދުވަހުއެވެ. މި 2 މަޝްރޫއު ގެދަށުން އިމާރާތްކުރެވޭ ދެ ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 650 އަކަފޫޓް ހުންނާއެވެ. އަދި ތިން ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 900 އަކަފޫޓޫ ހުންނާނެއެވެ.

ޖޭއެމްސީން އެޅި ހައުސިން ޔުނިޓްތަކެއް.

އިންޑިއާގެ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި އެންބީސީސީއަކީ ޕްރޮޖެކްޓް މެނޭޖްމަންޓް، ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް މަސައްކަތްކުރުމުގެ ތަޖުރިބާ އިންޑިއާ އަދި ބޭރުގެ އެހެން ގައުމުތަކުގައި ވެސް ލިބިފައިވާ ކުންފުނިތަކެއް ކަމަށެވެ.

މިދެ ކުންފުނިން ވަނީ މިއަހަރުގެ ތެރޭގައި އެފްޑީސީއާއެކު އިންޖިނިއަރިންގ، ޕްރޮކިޔޯމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއަދުގެ ބަޔާޒް ކްރެޑިޓް އެއްބަސްވުމާއެކު އަމަލީ މަސައްކަތް ވަގުތުން ފެށިގެން ދާނެ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

އެންބީސީސީން އެޅި ހައުސިން ޔުނިޓްތަކެއް.

އިންޑިއާގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ޕޮލިސް އެކަޑަމީ އިމާރާތް ކުރަމުން ދަނީ ވެސް އިންޑިއާ ސަރުކާރުގެ ބްލޫ ޗިޕް ކުންފުނި ކަމަށްވާ އެންބީސީސީ އިންނެވެ. އެ ކުންފުނިން ވަނީ ޕޯޓް ލުއިސްގައި މޮރިޝަސްގެ ސުޕްރީމް ކޯޓު ވެސް އަޅައިފައެވެ.

މީގެއިތުރުން އެފްރިކާގެ ނިގަރ ސްޓޭޓްގައި މަހާތުމާ ގާނދީ އިންޓަނެޝަނަލް ކޮންވެންޝަން ސެންޓަރު އެ ކުންފުނިން ވަނީ ބިނާކޮށްފައެވެ. މިދިޔަ އަހަރު ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީޒްގެ މިނިސްޓަރުންގެ ކޮންވެންޝަން ބޭއްވީ މި ސެންޓަރު ގައެވެ.

ޖޭއެމްސީ އަކީ އިންޑިއާގެ އެއްމެ ބޮޑު އެއް އީޕީސީ ކުންފުނިއެެވެ. ތިން ގަރުނުގެ ތަޖުރިބާހުރި ޖޭއެމްސީއަކީ ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް އަދި ދަތުރުފަތުރު ނިޒާމް ގާއިމްކުރުން، ލޭންޑް އެންޑް ވޯޓަރ ކޮންސްޓްރަކްޝަން އަދި އަރބަން އިންފްރާސްޓްރަކްޗާގެ މަސައްކަތަށް ޝައުގުވެރިކަން ހުންނަ ކުންފުންޏެކެވެ.

ބޯހިޔާވަހިކަން ބޭނުންވެފައި ތިބި މީހުންނަށް ހިޔާވަހިކަން ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތެވެ. އެފަދަ ބައެއް މަޝްރޫއުތައް ހިންގަން ބައެއް ކުންފުނިތަކާ މީގެކުރިން ވެސް ވަނީ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި އިންޑިއާގެ ބައެއް ކުންފުނިތައް ވެސް ހިމެނެއެވެ.

މި ސަރުކާރުގެ އަމާޒަކީ ވެރިރަށް މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓް އެޅުމެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ރ

    ކޮންދުވަހަކުން ބާ ތިޔަ ކަން ނިމޭނީ އައްޑުގައި އަޅާ ތަނެކޭ އެއްފަދައިން ތިޔަ ތަން ވެސް އެހެން ކަންނޭގެ ވާނީ

    21
    • ޖުހާ

      ނުވާނެ ތިކަމެއް ކޮބާ އަޅަން ބުނި ބުރިޖް ހޭ ހެ މީ ކުކުޅު ހާތަ ބުއްދިޔެއްނެތި މިމިހުންގެ އަވާގަ ޖެހެން ވީ ކަމެއް ކުރެވުނުކަމެއް ހަރާން މާލޭމީހުން ބޯކާލާނެ މޮޅު އުކުޅެއް ހަދާލީ ދިވެރިރައްޔިތުންގެ ޓެކުސް ފައިސާއިން ކުރާކަމެއްވިއްޔާ ދިވެހި ކޮންމެރައްޔިތަކަށް ވާންޖެހޭނީ ހަމަހަމަ

  2. ޙަސަން

    ކިހާވަރަކަށް ތޯ އަގުތައް އުޅެނީ . ނޫސްވެރިންވެސް ހަބަރުހަދާއިރު ތަންކޮލޭއް ތަފުސީލު ކޮށްލަބަލަ. ޢޭރުން ދޯ މިކަމުގައި މައުލޫމާތު ލިބޭނީ .

    20
  3. ރާގޚ

    އަޅަން އަޅަން ނުކިއާ އަޅާބަލަ ނިކަން

    21
    2
  4. ހަސަނު

    މަދަމާ ނޫން އަނެއްދުވަހު ނަގާ ވޯޓަށްޓަކައި ކުރެވޭހަކަންތައް. ކައުންސިލް އިންތިޚާބަށް ހޭބޯނާރާ އެޅިހާ ބިންގާތަށް ވަނީ ވަތަށް. ބައެއްތަންތަން އިމާރާތްކުރަން ރައްޔިތުންގެ ކިޔާލުހޯދަން ހަމަ މިވޮޓަށްޓަކައި މިހާރު ހުޅުވާލައިފި. ރައްޔިތުންނޭ ހެއަރާތިބޭތި.

    14
  5. ޢަލީ

    ކޮންތަނެއްގަތޯ އަޅަނީ ކިތައްބުރިއަށްތޯ ކިތައްޓަވަރުތޯ މިމަޢުލޫމާތު ވަގުތުން ފަށަންޏާ ލިބެންޖެހޭނެ. ކޮބާތޯ އެމަޢުލޫމާތު

    11
    1
  6. ފަގީރުކޮއެ

    ފަގީރުކޮއެވެސް މުއްސަނދި އަދި ސިޔާސީ ވެރިންގ އަތުން ނަގާ ޓެކްސް އުނިވުމެއްނެތި އެއްވަރަށް ދައުލަތަށް ދެމުން މިދަނީ... ނަމަވެސް އަތޮޅުތެރޭގައި ދިރިއުޅޭ ފަގީރުކޮއެމެން ވަންނާނެ ބޯހިޔާވަހިކަމެއްނެތް ދެންމެދެންމެ ހީވި.... މިފަހަރު އެމް.ޑީޕީ ސަރުކާރެއްގައި ގޯތިގަނޑުގައި ގެއެއް އަޅައިދީ އުއްމީދު ހަޤީގަތަށް ވެއްޖެހެން.... އަހަރެމެން ގަންނުވާ ފޯމްތަކާއި ސިޓީތައްފުރާ މިނިސްޓްރީއަށް ވަނީ ފޮނުވާފަ... ކައުންސިލުން ބުނީ....

  7. ރައްޔިތުމީހުން

    އިންޑިއާ އަށް ލާރިވެއްދުމުގަ ދެއްތޯ..

  8. Anonymous

    މިސަރުކާރުން އަޅާފުލެޓް ދާނީ އަޑިއައް އެހެންވީމާ އެނުފެންނަނީ މިހާރު ވިލިމާލެ ބުރިޖްވެސްދަނީ ކުރިއައް މަސައްކަތްކުރަނީ އިބުރާގެނައި ޖިންނިންގެ ލަޝްކަރަކުން އެހެންވީމަނުފެންނަނީ

  9. އައިސާ މަނިކެ

    މި ސުވާލުތަކަށް ޖަވާބު ހޯދާލަ ދީބަލަ ކޮންމެވެސް ނޫސްވެރިޔަކު.
    1. ތިޔަބުނާ އަގަކީ މަސައްކަތުގެ ކިހާ މިންވަރެއް ނިންމަން ނަގާ އަގުކަން.
    2. މި މަސްރޫއުގެ ދަށުން އަޅަނީ ކިހާ އުސްމިނެއްގެ، ކިތައް އިމާރާތްކަން.
    3. މި ނެގުނު ލޯނަކީ، ކިހާ މުއްދަތަކުން ދައްކަންޖެހޭ އަދި ކިހާ ވަރެއްގެ އިންސްޓްރެސްޓެއް އަރާ ލޯނެއްކަމާއި، ގްރޭސް ޕީރިއަޑް އަކީ ކޮބައިކަން.
    4. ތިޔަތަނުން ފްލެޓެއްގެ މަހުފީގެ ގޮތުގައި ދައްކަންޖެހޭނެ ކަމަށް ލަފާ ކުރެވެނީ ކިހާ ވަރެއްކަން.

    މިހާވަރު އެނގުނީމަ ދެން އެނގޭނީ ތިޔަ މަސްރޫޢުއާއި ދޭތެރޭގައި އެއްޗެކޭ ބުނަން.

  10. ިުުިުިުފައްކާ

    މި ސަރުކާރަކަށް ފުލެޓެއް ނޭޅޭނެ

  11. އަބްދޫ

    ޔާމީނުގެ ވެރިކަމުގަ ބިމުއަޑީގެ ކޮންކްރީޓް ނިންމި 4000

  12. ައަބޫ

    10 އަހަރުންވެސް ނުނިމޭނެ ކަޅުސާބޮއެބޮއެތިބޭނީ ރަށުން ކޮއްތުއައްނަންދެން އިންޑިއާ ކުންފުނިތަކުން ރާއްޖޭގަ ހިންގިމަދު ފުރޮޖެކުޓްތައް ބެލީމައެގޭނެ ފިނިށިންއައްދާއިރު ހީވާނީ ކުރޮޅިއެއްހެން

  13. ހުސޭނުބޭ

    227 މިލިއަނަށް 4000 ފްލެޓް އަޅާފައި އެ ފުލެޓްތަކުގެ ވެރިން 20 އަހަރުން އޭގެ އަގު ސަރުކާރަށް ދައްކާނަމަ މަހަކަށް ޖެހޭނީ 3700 ރުފިޔާ. ވީމާ މަހަކު ކޮންމެ ފުލެޓަކުން 8000 ރުފިޔާ ނަގާގެން ސަރުކާރުން ތިކަނީ އަލިފާނެއްނޫންތަ؟ ސިޔާސީ މީހުންގެ އަންބޮނޑި ބޮޑުކުރަން ރައްޔިތުންނަށް އޮޅުވާލުން ނޫންކަމެއް ނެތް!

  14. އަހުމަދު

    12ހާސް އެޅިއަސް ވޯޓެއް ނު ދޭނަން