ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބްރިޖް ކައިރީގައި އެކްސިޑެންޓެއް ހިނގައި ދެ މީހަަކަށް އަނިޔާވެއްޖެއެވެ.

"ވަގުތު"އާ ވާހަކަދައްކަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައި ވަނީ ސައިކަލެއް ގޮސް ޑިވިޑާއެއްގެ ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓްގައި ދެ މީހަކަށް ވަނީ އަނިޔާވެފައެވެ. އެ މީހުންނަށް މިހާރު ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

އޭގެ ތެރެއިން އެކަކުގެ ފައިބިނދިފައިވާ ކަމަށް ވަނީ އެނގިފައެވެ.

މި އެކްސިޑެންޓާއި ގުޅޭ އިތުރު ތަފްސީލު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައިޑާ

    ބުރިޖު މާ އުސް ކޮށްފަ އިނީމަ ސައިކަލުގަ އަރަން ވަރަށް އުނދަގޫ. ވެއްޓެން އުޅޭ ހެން ހީވޭ

    4
    2
  2. ރައިޑާ

    ބުރިޖު މާ އުސް ކޮށްފަ އިނީމަ ސައިކަލުގަ އަރަން ވަރަށް އުނދަގޫ. ވެއްޓެން އުޅޭ ހެން ހީވޭ!!!

    4
    1