ކޮވިޑް-19އާ ގުޅިގެން ބަންދުކޮށްފައިވާ ރަށްތަކުގެ އަދަދު 15 އަށް ވެއްޓިއްޖެއެވެ.

ކުރިން އެންމެ ގިނައިން ކޮވިޑްގެ ވޭދަނަތައް ފެންނަމުންދިޔަ މާލެ ސަރަހައްދުން މިހާރު ކޮވިޑްގެ ވޭދަނަތައް ވަރަށް ބޮޑަށް މަދުވި ނަމަވެސް، އަތޮޅު ތެރޭގައި ވޭދަނަތައް ވަނީ ވަަރަށް ބޮޑަށް އިތުރުވެފައެވެ.

މީގެ އިރުކޮޅެއް ކުރިން ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން އާއްމުކުރި މައުލޫމާތަށް ބަލާއިރު، 15 ރަށެއް އޮތީ ކޮވިޑާއި ގުޅިގެން ބަންދުކޮށްފައެވެ. އޭގެ ތެރޭގައި މިދިޔަ މަހުގެ ފަހުކޮޅު ބަންދުކުރި ހަތް ރަށެއް ހިމެނެއެވެ.

މިއަދު އެޗްޕީއޭއިން ބަންދުުން އުވާލީ ރ. ދުވާފަރާއި ތ.އަތޮޅު ވޭމަންޑޫއެވެ.

ރެއާއި ހަމައަށް ރާއްޖެއިން މިހާތަނަށް 84،017 މީހަކު ކޮވިޑަށް ފައްސިވެފައިވެއެވެ. އޭގެ ތެރެއިން މިހާތަަނށް 1،674 މީހަކަށް ފަރުވާދެމުންދާއިރު، 20 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްތަކުގައެވެ.

ރާެއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ރާއްޖޭގައި ފުޅާދާއިރާއެއްގައި ވެކްސިން ޖެހުމުގެ ކަންކަން ދަނީ ކުރެވުމުންނެވެ. އެގޮތުން މިހާތަނަށް 391،309 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާއިރު، 333،662 މީހަކު ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވެއެެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން 229 މީހަކު ވަނީ ނިޔާވެފައެވެ.