ރައްޔިތުންގެ މަޖިލިހަށް އާ ރައީސަކު ހޮވަން ޖެހޭ ކަމަށާއި އެ މަގާމަށް އެންމެ ރަނގަޅީ ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މަޖިިލިހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް ވަނީ 18 ވަނަ މަޖިލިހުގައި ރައީސް ކަން ކުރައްވައިފައެވެ. އެކަމަކު، އެ މަޖިލިހުގެ ރައީސް ކަން ގާސިމް ކުރައްވާފައި ވަނީ ވަރަށް ކުޑަ ދުވަސްކޮޅަކަށެވެ. އެއީ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން އުޅެނިކޮށް މަސީހް އެ މަގާމުން ދުރުވުމުންނެވެ.

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު ކަން ވެސް ކުރައްވާ ޖާބިރު މިއަދު ގާސިމަށް ފޮނުއްވި ސިޓީއެއްގައި ވަނީ މަޖިލިހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތު ނުބަލަހައްޓަވާތާ ގިނަ ދުވަސްތަކެއް ފާއިތުވެ ގޮސްފައިވާތީ އާއި ގައުމުގައި އޮތް ހަމަނުޖެހުމުގެ ތެރެއިން ގައުމު ހަމަ މަގަށް އެޅުވުމަށްޓަކައި މަޖިލިހުގެ ރައީސްގެ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށެވެ.

އެ މަސައްކަތްތައް ކުރުމަށްޓަކައި މަޖިލިހުގެ ރައީސަކު އަލުން ހޮވަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ވީމާ ގައުމު މި ހިނދު އޮތް ހާލަތުން ގައުމު ހަމަ މަގަށް އެޅުއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމުގެ މަގާމަށް މިވަގުތު މަނިކުފާނު ވަޑައިގަތުމަށް އަޅުގަނޑަށް ފެންނާތީ މި ދައުވަތު މަނިކުފާނަށް އަރުވަމެވެ،" ޖާބިރުގެ ސިޓީގައިވެއެވެ.

ޖާބިރު އެހެން ވިދާޅުވި އިރު، މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު މަޖިލިހުގެ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ރާއްޖެ އިން ބޭރުގައެވެ. އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާގައި ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެންނެވިއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި އޭނާގެ މި ދައުވަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ގިނަ މެމްބަރުންގެ ވިސްނުންފުޅެވެ. އަދި މިކަމުގައި އެންމެހާ ތާއީދު އޮންނާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޔޫސުފް

    ޖާބިރުގެ ވިސްނުން ވަރަށްރަގަޅު މިހާރު މަޖިލިސްގެ ރައީސް ކަމަށް ގެންނަން އެންމެ އެކަށީގެންވާ އެއްބޭފުޅަކީ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް ކަން ގިނަ މެމްބަރުން އެއްބަސްވާނެކަމަކީ ވަރަށް ގާތްކަމެކެވެ.

  2. މަ ބުނީ

    ހަމަ ނުޖެހޭ ދެމީހުން މި

  3. ސަމާ

    ތިއީ ސަޅި ނިންމުމެއް. ކޮއްމެހެން ގާސިމް ނުގެނަޔަސް ތިބަދަލު ގެންނަން އެބަޖެހޭ.

  4. ޖުއްބާ

    ލަނޑަޔާ ވާނީ ލަނޑާ. ބަނގުރަލާ ވާނީ ބަނގުރާ.

    2
    2
  5. އަބުދުﷲ

    މިދެމީހުންނަކީވެސް މިގައުމުގެ ހަލާކެއްގެ ގޮތުގަ ސިފަވަނީ. އެކަކު 1978 ގެ ނޮވެމްބަރ 11 އިންފެށިގެން ދައުލަތައް ނުބައި ނުފޫޒު ފޯރުވައުގެން ނާޖާއިޒު މުއްސަދިކަން ހޯދަނީ . އަނެއްމީހާ ހަޔާތުގެ ކަންފުޅެއްވެސް ނެތި މޮޔަގޮވުމުގަ.

    2
    1
  6. ޤައުމު

    ޖާބެވެސް މިފަހަރު ތިބުނީ ރަނގަޅު ކަމެއް
    ޤާނޫނުއަސާސީ ހެދީ ޤާސިމް މަޖިލީހުގެ ރިޔާސަތުގާ މަރުތޭލުން ތަޅައިގެން ސޯ!

  7. އަލްޖިބްރާ

    ތިޔަ ޤާސިމަކީ ތިކަހަލަ ކަމެއް ހަވާލުކުރާވަރަށްވުރެ ފިޑި މީހެއް ! އެންމެ ފަހުން ތިކަހަލަ ކަމެއް ހަވާލުކުރީމާވެސް މަށަކަށް ނުވާނޭ ކިޔާފަ އިސްތިއުފާ ދިނީ ! އަގަ ނިކަން ބޮޑުވާނެ ! އެންމެ އަވަހަށް ފިލާނެ ! އެކަމަކު ބާޣާވާތެއްގަ ވިއްޔާ ބައިވެރިވާނެ !

    4
    2
  8. މޫސަ

    އަސްލު ޙަޤީޤަތުގައިވެސް ޖާބިރު އެއުޅުއްވަނީ މަޖްލީހުގެ ރައީސްކަން ބޭނުންވެގެން ކޮންމެވެސް އެއްޗެކޭ ކިޔާފަދޯ މަގު ފަހިކުރެވޭނީ
    ހައްތަހާވެސް ތިޔަތިބީ އަމިއްލަ އެދުންބޮޑުވެފަ