ނ. އަތޮޅުގައި ތަރައްގީކޮށްފައިވާ ސިޔާމް ވޯލްޑް ރިސޯޓްގަައި މަސްތުވާތަކެތީ އޮޕަރޭޝަނެއް ފަށައިފިއެވެ.
މިހާރު އެ ރިސޯޓްގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މައުލޫމާތު އެނގޭ މީހަކު "ވަގުތު"އަށް ބުނީ، އެ ރިސޯޓްގައި ފުލުހުން ހަރަަކާތްތެރިވަމުން ދަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށެވެ. މިހާރު ފުލުހުން ދަނީ ރިސޯޓްގެ ކޮޓަރިތައް ބަލާ ފާސްކުރަމުންނެވެ.
މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން އެ އެ ރިސޯޓުން ދެ މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުވެސް ކުރިއެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.
ސިޔާމް ވޯލްޑަކީ ސަން ސިޔާމް ރިސޯޓްސް އިން ދެން އެންމެ އަވަހަށް ހުޅުވުމަށް ތައްޔާރުވަމުން އަންނަ ރިސޯޓެވެ.
490 އަށްވުރެ ގިނަ ކޮޓަރި ހިމެނޭ މި ރިސޯޓް ހުޅުވަން މަސައްކަތްކުރަނީ އަންނަ މަހުގެ ފަހުކޮޅުގައެވެ.
ފުލުހުން ކައިރީގަބުނެބަލަ މަޑަވެލި ހޯޑެއްދޫގަ އުޅޭ ޑީލަރުން ޗެއްކުރަން
ސިޔާމުގެ ވިލުރީފު ގަވެސް ހެސްކިޔާފަ ތިއެއްޗެތި އޮވޭ. ރިސޯޓުގެ އެންމެ ބޮޑުންނަށްވެސް އެނގޭ. ނުފެންނަ ކަމަށް ހެދިގެން ތިބެނީ.
ޢޮޅުވެލި ވެސް ހަމަ އެހެންކަމަށް އަޑުއިވެނީ.
ރާއްޖޭގެ ރިސޯޓް ތަކުގައި ފުޅި ފުޅީގައި އެހުންނަ ދިޔާ އެއްޗަކީ ޒަމްޒަން ފެންތޯ ؟
ކެނެރީގޭ ނަޝީދު އަކީ މަސްތުވާތަކެތި މީހުނައް ބޭނުނުްކުރަން ހިތްވަރުދީފަހުރިމީހެއް އޭނައަށް ތާއީދުކުރާމީހުންގެ ދަރިން ނަށް އެކްންތައް ކޮށްދޭނެ