ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަންގެ ހުރިހާ މުވައްޒަފުންގެ މުސާރަ އިއާދަކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.

އެ ކުންފުނީގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް "ވަގުތު" އަށް ވިދާޅުވީ އެ ކުންފުނިން ނިންމާފައިވަނީ ކޮވިޑް-19އާ ގުޅިގެން މުވައްޒަފުންގެ މުސާރައިން އުނިކޮށްފައިވާ ބައި އަލުން އިއާދަކުރަން ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން، ޕައިލެޓުންނާއި، އެކައުންޓްސް އޮފިސަރުން އަދި އޮފިސް އެސިސްޓެންޓުން ހިމެނޭހެން ހުރިހާ މުވައްޒަފުންގެ މުސާރަ ކުރިން ދެމުން ގެންދިޔަ މުސާރައަށް ބޮޑުކޮށްފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.

"30،000 އަށް ވުރެ ދަށް މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ 100 އިންސައްތައަށް އިތުރުކުރަނީ. އެ އަދަދަށްވުރެ ބޮޑުކޮށް މުސާރަ ލިބޭ މުވައްޒަފުންނަށް 80 އިންސައްތައަށް މުސާރަ ބޮޑުކުރަނީ،" މި މަހުން ފެށިގެން މުވައްޒަފުންގެ މުސާރަތައް އިތުރު ކުރާކަން ފާހަގަކޮށް މޫސަ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަައީމް

    މިވަރު ނުކުރާތީ ނުދޭން ދެންވިސްނާލަބަލަ ގައުމުގެ ހާލަތު ދުރާލާ އެއްވެސްބަޔަކާމެދު ވިސްނުމެއްނުވާކަން މި އެގެނީ

  2. އަބްދޫ

    އެމިހުނަށް ދީފަ އޮތް މެމޯގައިވަ މުއްދަތުގެ ގފަހުން އިއާދަ ނުކޮށް ހިގި ދުވަސްތަކަށް ވެސް ފައިސާ ދޭންޖެހޭނެ. ހަނދާންވާގޮތުގަ މެމޯގަ ވަނީ 2020 ޑިސެމްބަރ ގެ ނިޔަލަށް.

  3. ހާރިޝް

    މުސާރަ ބޮޑުކުރާވާހަކަ ވަރައް ހިއްގައިމު، މައްސަލައަކީ، މިހާރުވެސް ޑިއުޓީއައް ބައެއް މުއައްޒަފުން ނުނެރެ ސްޓޭޑް ބައި ގަ ބައިތިއްބާ،
    މަހަކު 7 ދުވަސް ސްޓޭޑްބައިގަ، ދެން މުސާރަ ވަރައް ބޮޑުވާނެތާ