އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރަން ގައުމީ މަޖިލީހުން ކުރިމަތިކުރި ޝަރުތުތައް ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފު ނުވާ ކަމަށާއި، އަދި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްއާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ފުރުސަތު ދިން ނިންމުން ވެސް ބަލައިގަންނަން އެމްޑީޕީގެ އިދާރާއިން ނިންމައިފިއެވެ.
ގައުމީ ހިންގާ ކޮމިޓީން އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތަހުގީގު ހިންގަމުންދާ ރިޔާސީ ކޮމިޝަންއިން ބަލާ މައްސަލައެއްގައި ހިމެނޭ އެއްވެސް ބޭފުޅަކަށް ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމައިފައެއް ނުވެއެވެ.
މިއާއެކު އެންމެ ފުރަތަމަ އިންތިޚާބުގައި ވާދަކުރަން މަހްލޫފާއި އަކްރަމަށް ފުރުސަތެއް ނުދެއެވެ. އެހެންވިޔަސް ޕާޓީގެ ޝަކުވާ ކޮމިޓީއަށް އަކްރަމް މައްސަލަ ހުށަހެޅުމުން ފުރުސަތު ދިނެވެ. މަހްލޫފަަށް ދެ މަރުހަލާ ކަޑައްތުކޮށްގެން ފުރުސަތު ވަނީ ލިބިފައެވެ. އެއީ ޝަކުވާ ކޮމިޓީން ވެސް ފުރުސަތު ދޭން ނުނިންމުމުން އެމްޑީޕީ އެތެރޭގެ މައްސަލަތަކުގެ ފަހު ގޮތް ނިންމާ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ފުރުސަތު ދިނުމުންނެވެ.
މިއާއެކު ގިނަ ސުވާލުތަކެއް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމާޒު ކުރެވިގެން ދިޔައެވެ. ފުރަތަމަ ކަމަކަށް ނޫސްވެރިންގެ ސުވާލުތައް އަމާޒުކުރީ މަހްލޫފާއި އަކްރަމަށް ފުރުސަތު ނުދިނީ އަސާސީ ގަވާއިދާ ޚިލާފަށް އެކަން ނިންމާފައި އޮތުމުންތޯއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެ ޝަރުުތުތައް އެ ގޮތަށް ފާހަގަ ކޮށްފައި އޮތުމުން އިންތިޚާބާ މެދު ސުވާލު އުފައްދައި ކޯޓަށް ދިއުމުގެ ފުރުސަތު މީހަކަށް ލިބޭނެތޯ ވެސް ނޫސްވެރިޔާ ސުވާލު ކުރިއެވެ.
އެ ސުވާލުގެ ޖަވާބުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި އޮންނަ ގޮތުން އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހިންގާ ކޮމިޓީއަށް އިންތިޚާބުތަކާ ގުޅޭ ގޮތުންނާއި ޕާޓީ ހިންގުމާ ގުޅޭ ގޮތުން ކަންކަން ކުރުމުގެ ބާރު އޮންނަ ކަމަށެވެ. އަދި އެ ގައުމީ މަޖިލީހުން ގޮތް ނިންމީ އެ ގޮތުގެ މަތިން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
"ގައުމީ ހިންގާ ކޮމިޓީން ނިންމި ނިންމުމެއް އެއީ، އެ ޝަރުތުތައް އަޅުގަނޑުމެން ބެލީ، އަޅުގަނޑުމެން އިންތިޚާބު ބާއްވަން ވެގެން ޝަރުތު ހަމަނުވާ ބޭފުޅުންނަށް ބައިވެރިކުރުން ނޫން ގޮތެއް ނެތް، ދެން ހުރިހާ ކެންޑިޑޭޓުންގެ ނަންތައް ފޮނުވައިގެން މުއައްސަސާތަކުން ބެލީ ނަން އޮތީ ކޮން ބަޔެއް ކަމެއް، އެއިން ނަން އުނިކުރީ ވެސް،" ހަސަން ލަތީފް ވިދާޅުވިއެވެ.
ފަހުން އަނެއްކާ ވެސް ނޫސްވެރިންގެ ސުވާލުތައް އެ ކަމާ ގުޅޭ ގޮތުން އަމާޒު ކުރެވުނެވެ. އަކްރަމާއި މަހްލޫފަށް ވާދަކުރަން ފުރުސަތު ދޭން ފަނޑިޔާރުންގެ މަޖިލީހުން ނިންމި ގޮތާ ގުޅޭ ގޮތުންނެވެ.
މިކަމާ ގުޅިގެން ޗެއާޕާސަން ހަސަން ލަތީފްގެ ސުވާލުތަކެއް ވެސް ހުއްޓެވެ. ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުން ނިންމި ސަބަބު ސާފު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވިޔަސް އެ ނިންމުން ބަދަލު ކުރުމުގެ ފުރުސަތު އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީއާއި ގައުމީ މަޖިލީހަށް އޮންނާނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
"އަޅުގަނޑު ހަ ފަހަރު ކިޔައިފިން އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުން، އަޅުގަނޑަކަށް އަދިވެސް ގަބޫލެއް ނުކުރެވޭ އަދި ނުވެސް ވިސްނޭ، އޭގައި އެ ވިދާޅުވާ ސަބަބެއް، ކީއްވެގެން ކަމެއް ވާދަކުރެވެންވީ އެ ބޭފުޅުންނަށް [އަކްރަމްއާއި މަހްލޫފްއަށް]،" ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ނުރުހުން މި ކަމުގައި އޮތް ނަމަވެސް ގައުމީ މަޖިލީހުން އެ ނިންމުން ބާތިލް ނުކުރާނަމަ އެ ގޮތުގެ މަތިން އިންތިޚާބު ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފެންނަ ފެނުމުގައި މަހްލޫފާއި އަކްރަމް ވެސް އިންތިޚާބުގައި ވާދަކުރައްވާނެ ކަން ހަސަން ފާހަގަ ކުރެއްވިއެވެ. ދެން އޭގައި އޮންނާނީ އެމްޑީޕީގެ މެންބަރުން ވޯޓު ދިނުމުގައި ވިސްނުން ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
ތިޕާޓީ އަކީ ނަހަލާލު ދަރިއެއް
ތިޔައީ އޮޅިފަ ނިއުޅޭބައެއް ކުރާކޮންމެކަމެއްވެސް ކުރަނީ ދެކޮޅުނުބަލާ .
ޑިމޮކްތެޓިކް ޕާޓީޔޯ. އެކަމަކު ވައްކަން ކޮށްފަތިބި ވަގުންނަށްވެސް އެއްވެސް ހުރަހެއް ނެތި މިނިވަންކަމާއެކު ކުރިމަތިލެވޭ. އަނެއް ވައްކަން ކުރަން ފުރުސަތު ދެވެނީ. ޑިމޮކްރެޓިކް ޕާޓީޔޯ.