މ. އަތޮޅު ވޭވަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އެ މަޝްރޫއުގެ މަސައްކަތް ނިންމާލާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި، މި މަޝްރޫއުގެ ދަށުން، 77,831ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 227 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 193 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމާއި، 130 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 1880 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތްތައްކޮށް ވަނީ ނިންމާލާފައެވެ.

މިއީ 48.8 މިލިއަން ރުފިޔާގެ މަޝްރޫއެއްކަން ފާހަަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަންޑަހެލު

    ޝުކުރިއްޔާ ރައީސް ޔާމީން ދެންއަންނައަހަރަކަށް މަރުހަބާ ސޯލިހުއަށް ނާކިމާބު.