އެމްޑީޕީގެ ވެރިކަމެއްގައި އަންހެނުންނަށް ބޭނުންވާ " ޕެޑް" އިން ނަގާ ޖީއެސްޓީ ނުނަގާނެ ގޮތަށް އެމްޑީޕީފެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

122 ސަފުހާގެ މައްޗަށް އެކުލެވޭ އެމްޑީޕީގެ 2018 ވަނަ އަހަރުގެ މެނިފެސްޓޯގެ ނޫ އިގްތިސޯދުގައި ބުނެފައިވާ ގޮތުން އެމްޑީޕީގެ ވެރިކަމެއްގައި ފެރީގެ ހިދުމަތާއި , ފޯނުގެ ހިދުމަތާއި , އަންހެނުންނަށް ބޭނުންވާ ޕެޑް އަދި ޓެންޕެކްސް ފަދަ ޒަރޫރީ ބާއްވަތްތަކުން ނަގާ ޖީއެސްޓީ އުވާލެވޭނެއެވެ.

މައްސަރު ކަންތައް ޖެހުމުން ބޭނުން ކުރާ ޕެޑަކީ އަސާސީ އެއްޗެއްގެ ގޮތުގައި ޖީއެސްޓީ ނަގާއިރު ނުބަލަ އެވެ. އެހެންވެ، އާއްމު ރޭޓުން، ހަ ޕަސެންޓުގެ ޖީއެސްޓީއެއް ޕެޑުން މިހާރު ނަގަ އެވެ.

އެކަމަކާ ދެކޮޅަށް ބަޔަކު އިސް ނަގައިގެން އޮންލައިން ޕެޓިޝަނެއް ވެސް މީގެ ކުރިން ވަނީ ހަދާފައެވެ. ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ރައްދުވާ ގޮތަށް ހަދާފައިވާ މި ޕެޓިޝަންގައި 500 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.

މައިގަނޑު ފަސްކަމެއްގެ މައްޗަށް އެކުލެވޭ މި މެނިފެސްޓޯ އިއްޔެ ލޯންޗް ކޮއްފައިވާއިރު މެނިފެސްޓޯގައި ހިމެނޭ މައިގަނޑު ފުރަތަމަ ބަޔަކީ، ޖަޒީރާ ދިރިއުޅުމެވެ. އޭގެތެރޭގައި ހިމެނެނީ ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް ކައުންސިލުތަކާއި ރައްޔިތުން ބާރުވެރިކުރުވުމެވެ.

ދެވަނަ ބަޔަކީ ނޫ އިގްތިސާދު ކަމަށްވާއިރު އޭގެތެރޭގައި ހިމެނެނީ ސީދާ ރައްޔިތު މީހާގެ އާއްމުދަނީ އިތުރު ކުރުން އަދި ތިން ވަނަ ބަޔަކީ ޖަޒީރާ ދިވެހި އާއިލާ ނުވަތަ ފަހުރުވެރި އާއިލާއެވެ. އޭގައި ހިމެނެނީ އަންހެނުން ބާރުވެރި ކުރުމާއި ދިރިއުޅުމުގެ ފެންވަރު މަތި ކުރުމެވެ.

މެނިފެސްޓޯގެ ހަތަރުވަނަ ބަޔަކީ އޯގާތެރި ސަރުކާރު ކަމަށްވާއިރު އޭގެ ތެރޭގައި ހިމެނެނީ ހަމަހަމަ ފުރިސަތު ހޯދައިދީ، ހައްގު މަންފާ ހޯދައިދީ، މައިމީހާ ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީ މުސާރައާއެކު ދިނުމެވެ. އަދި ފަސް ވަނަ ބަޔަކީ އިންސާފު ކަށަވަރުކޮށްދިނުމެވެ.

މެނިފެސްޓޯ ތީމްއަކީ "ޖަޒީރާ ރާއްޖެ" އެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. މުނަށްވަރު

    ތިޔަ ހުރިހާ އެއްޗަކުން ޑިއުޓީނުނަގާ ކިހިނެެތް ސަރުކާރު ހިންގަން ފައިސާ ހޯދަނީ.
    ނުވާނެތިކަމެއް

    • ހުރާ

      އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް! އިންކަމް ޓެކްސް!

    • ޝީރީން

      ޕީޕީ އެމް ކުދީން ކަރަޕްޝަނުން ހޯދީ މުދާތައް ނީލަން ކީޔާލަނީކޮއްވެސް ގީނަ ޒަމާންތަކަކައް ބޭނުންވާނެ ފައީސާ ދައުލަތައް ލީބީދާނެ..ނޫންތޭ

  2. ކޯލިސަން

    އޭގެއިން ފުރަތަމަ ޖީއެސްޓީ.ނަގަންފެށީވެސް އަންނި ސަރުކާރުން. ޥެރިކަމައް އަރާ ބަޖެޓް ދިރުވާލައިގެން 3 މަސްވީރު މުސާރަ ދޭނެފަދައެއް ނެތިގެން ސިވިލްސަރވަންޓުންގެ މުސާރަ ކުޑަކޮއްފަ ދެން މިކިޔަނީ ވިހެއުމާއެކު 6 މަސް ދުވަހުގެ ޗުއްޓީދޭނަމޭ. ނުދޭނެ ޔަގީން ނުދޭނެ. ޥެރިކަން ލިބުނީމާ 10 ރުފިޔާއައް ޑޮލަރެއް ހަދާނަމޭކިޔާފަ ވެރިކަން ލިބިނީމާ 16 ޑޮލަރެއްހެދީ ރ އަންނި. ތި މެނިގެސްޓޯގަ އޮތް އެއްކަމެއްވެސް ނުކޮއްދޭނެ. ތީ ބުނާވާހަކަ ހަނދާންނެތޭ ސޮރެއް.

  3. ފައިސާ

    ޖީ.އެސް.ޓީ ނުނަގަން އެއްޗެހި ލިސްޓްކޮށްފަ އޮތަސް، ފިހާރަތަކުން މިހަދާ ގޮތަކީ ޖީ.އެސް.ޓީ ނަގަނީ ބިލްގެ މުޅި ޖުމްލައަށް އޭރުން މިއޮންނަނީ ހުރިހާ އެއްޗަކަށް ނެގިފަ.

    • ކަނޑޫކަކޫ

      މަނާކަމެއް އެއީ. ތިގޮތަށް ފިހާރަތަކުން ޢަމަލުކުރާނަމަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިއްމާއެއް.

  4. ގޮނާސަކް

    އިބޫއަކީ ރަނގަޅު ހޮވުމެއް، ދެން އޮތީ ކެމްޕޭން ކުރުން ކަމަށް ޝައިނީ ބުނާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އިބޫ އަކީ އެއީ މަމެން ދެކޭ ގޮތުގައި މާލޭގައި ތިބި ބިޒް ކޮމިއުނިޓީ އަށް ހުރި ޗޮއިސް އެއް ނޫނޭ ސަބަބަކީ އިބޫ މެން މެނިފެެސްޓޯގައި ޕެޑްސް ތަކުން ޖީއެސްޓީ ކަނޑާލާ ގޮތަށް އޮތުން އެއީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫނޭ ޕެޑުން ޖީއެސްޓީ ކަނޑާލާނަމަ ޖަނގިޔަލުން ވެސް ޖެހޭނީ ޖީއެސްޓީ ކަނޑާލަން އަދި ކިރުހިއްޕިން ވެސް ޖެހޭނީ ޖީއެސްޓީ ކަނޑާލަން އަދި އިސްތަށި ކޮށަން ގެންގުޅޭ ކުދި ކަތުރު ތަކުން ވެސް ޖެހޭނީ ޖީއެސްޓީ ކަނޑާލަންއޭ އިބޫ ތަމެން މެނި ފެސްޓޯ ތައްޔާރު ކުރި އަލީ ހާޝިމް ގާތު ބުނޭ އެމެން ދާށޭ ވަލަށް ދަރުހޮވަން އިނގޭތޭ. ޑޯންޓް މޭކް މީ ބްލަޝް އިޓްސް ގޮނާ ސަކް ދޯ.

  5. ބަލާތި

    އިބޫ ކެންޑިޑޭޓަކަށް ހޮވުމަކީ ސިޔާސީ ހަމަޖެހުން އަންނާނެ ކަމެއް ކަމަށް ޝައިނީ ބުނާނަމަ މަމެން އުފާ ކުރާ ކަމެކޭ އިބޫ މެން މިރާއްޖޭގެ ވެރިކަމަށް ގެނެސްފިނަމަ ސަރުކާރު ވެސް ބޭންކް ރަޕްޓް އަދި މާލޭގައި ވިޔަފާރި ކުރާ ވިޔަފާރި ވެރިން ވެސް ދަރާ ވިކޭނެއޭ އެމެންނަށް އެނގުނީ އަންހެން ވެރިން ބޭނުން ކުރާ ޕެޑުން ޖީއެސްޓީ ކަނޑާލަން އޭ ދެން ބްރާ އިން ޖީއެސްޓީ ނުކެނޑީ އެއީ ކީއްވެތޭ އެއީ މަމެން ހިތަށް އަރާ އެއްޗަކީ. އިބޫ މެން ނަށް ރާއްޖޭގެ ބިޒް ކޮމިއުނިޓީ އަށް ކޮށްދެވޭނެ ކަމެއް ނެތޭ ކަމެއް އޮތް ނަމަ ރާއްޖެ އަށް ބޭރު މީހުންގެންނަން ވާރކް ވިސާ ލިބެނީ އެއީ ޑިޕޮޒިޓްގެ ގޮތުގައި ވަރަށް ބޮޑު އެއްޗެއް ބަހައްޓައިގެންނޭ އެގޮތުން އާދައިގެ ލޭބަރެއް ބަންގާޅުން ގެންނަން ޑިޕޮޒިޓްގެ ގޮތުގައި 8 ހާސް ރުފިޔާ އަދި ނޭޕާލް އިން ގެންނަން 12 ހާސް ރުފިޔާ ބެހެއްޓުން އެއީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި އަށް އެޅިފައި އޮތް ހުރަހެކޭ އިބޫ މެން ނަކީ ކަންކަން އިނގޭ ބަޔެއް ނަމަ މިޑިޕޮޒިޓް %50 އަށް ދަށް ކުރާނެއޭ ތަމެން ތިޔާއީ

  6. ހުސޭނުބޭ

    އަސްތާ! ރައްކުރިއަރުވާ ކޮމިޓީތަކުގެ 166 މިލިއަން ރުފިޔާ މަޅާލި މީހުން ޕެޑްތައްވެސް މަޅާލާނެ! ތިވީގޮތުން މި މީހުންގެ ވެރިކަމެއްގައި ކުދި ތުވާލިން ނެޕީހަދަންޖެހުނީ ތި!

  7. ކޭންވީބީ

    އެމްޑީޕީ ކޮންގްރެސް އީސީން އޮބްޒާރވް ކުރިނަމަ އޮބްޒަރވޭޝަން ރިޕޯރޓެއް އޮންނަން ޖެހޭނެއެވެ. އެމްޑީޕީން ފުރަތަމަ ބުނީ 1500 މީހުން އެމެންގެ ކޮންގްރެސްގައި ބައިވެރިވާނެއޭ އެންމެ ފަހުން ކޮންގްރެސް ގައި ބައިވެރިވެފައި ވަނީ އެންމެ 500 މީހުންނޭ ކަން މިހެން ހުުރުމުން އެމްޑީޕީގެ ސައިޒު މިހާރު މިވަނީ އެނގިފާޅު ވެފައި ނޫންތޭ އެމްޑީޕީގައި ތިބި ހުރިހާ ކުދިން ވެސް ދެން އަންނަންވީ ޕިންކީން ނާއި ގުޅެން މިހާރު ދަފްތަރު ވެސް ހުޅުވާލާފައި އެއޮތީ ދެން ދަފްތަރުގައި ޖެހޭ ކޮންމެ މީހަކަށް މާލެ ސަރަަހައްދުން ފްލެޓެއް ލިބޭނެއޭ އަވަހަށް ޕިންކީން ނާއި ގުޅެންވީއޭ އެމްޑީޕީ ކުދިން ތައް ކޭންވީ ބީ އީޗް އަދަރސް ކޮމްޕެނީ އޯއް ކޮމްޕެނީ އޯއް ކޮމްޕެނީ މޭބީ ވީ ކޭންބީ..

  8. ކޭންވީބީ

    މާލޭގެ ދަފުތަރުގައި ޖެހުން އަލުން ހުޅުވާލަން ނިންމައިފި ނަމަ އޭގެ ސަބަބުން މަމެން ޕިންކީންނަށް އެއިޓީން މޫން ސީންގް ރޭހުަގައި ބޮޑު ބޫސްޓެއް ލިބިގެން ދާނެއޭ ކަން މިހެން ހުރުމުން ދެން އަވަހަށް ހައުސިންގް މިނިސްޓްރީން ތިޔާ ކަން ލަސް ނުކޮށް މިރޭ ހޭލާ ތިބެގެން ފޯރމް ތައްޔާރު ކޮށް މާދަމާ ތިޔާ ކަން އިއުލާން ކުރަންވީއޭ ދުވާލަކު 5 ހާސް މީހުން ދަފްތަރުގައި ޖައްސަންވީއޭ އޮގަސްޓް މަސް ނިމެން ދެން އެއިރުން 3 ލައްކަ މީހުން ދަފްތަރުގައި ރަޖިސްޓްރީ ކޮށް ހަދާ އެއިން ކޮންމެ މީހަކު ލައްވާ ފްލެޓް ފޯރމް ފުރުވާ އަދި ފްލެޓް ފޯރމް އެމެން ފުރާ ލާ ތަނުން ފޯރމް ލާ ކޮންމެ މީހަކަށް މާލެ ސަރަހައްދުން ފްލެޓްސް 2019 ވަނަ އަހަރު ނިމުމުގެ ކުރިން ދޭނެ ކަމަށް އިއުލާން ކޮށް ހަދާ އެމެންނަށް އެފަދަ ލިޔުން ހަވާލު ކޮށްފިނަމަ ދެން ޔަގީން އެމެންގެ %80 މަމެންނަށް ވޯޓް ލާނެ ކަން. އެއިރުން އިބޫ އަށް ނުލިބޭނެ ދޯ ވޯޓް ލާމީހުންގެ ތެރޭން 2000 ވޯޓް ވެސް މާލެއިން. އޯއް ޑޯން މިސްއައުޓް ދިސް ޗާންސް ފޮރގެޓް އެބައުޓް ބިއުރޮކްރަޓިކް ސިސްޓަމް

  9. މުހައްމަދު މަނިކް

    ޙުރިހާއެއްޗަކުން ޖީއެސްޑީ ނަގަންފެށީ ކާކުވެރިކަމެއްގަ ކޮންއިރުތޯ ؟ ޖީއެސްޑީ %3ން %6 ށް ބަދަލުކުރީވެސް ހަމަ އެވެރިކަމުގަ އޭރު ވެރިކަމުގަހުރީ ތިބުނާމޮޅު ނަސީދު ........

  10. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ޅެމުގެ މާނަ ޅެންވެރިޔާގެ ބަނޑުގަޔޭ ބުނެ އުޅޭ އުޞޫލުން މެނިފެސްޓޯއެއް ޢާންމުކުރުމަކީ، ސުވާލުއުފެދޭ ކަމެއް!

  11. މާމިގިލީ މީހާ

    ހީވެސް ނުވޭ.. މިހާރު ކިޔާނެ އޭޗެކޭ މީޗެކޭ.. ހޮވުނީމާ ނަގާ ޖީއެޓީ މާ ބޮޑުވާނެ... އެމް ޑީޕީ ތީ ކޮން ބައެއް..

  12. ކަޑަ

    މީމެނިފެސްޓޯއެއްތަ؟ އިބޫ މީތި ރަނގަޅުކުރަން ފެނޭ

  13. މަރޭ

    އެމްޑީޕީގެ ވެރިކަމެއްގާ ދެން ޕެޑްޖަހާކަށް ނުވެސް ޖެހޭނެ.

  14. މައި

    ސުންރޭޓުން ޖީ.އެސް.ޓީ ނަގާ ތަކެތީގެ އަގު މިހާރުވެސް އުޅެނީ ޖީ.އެސް.ޓީ ހިމަނައިގެން ކާކަށް އެނގެނީ ވިޔަފާރިކުރާމީހުން ގެ މަކަރާއި ޙީލަތް ދެނެވޮޑިގެންވަނީﷲ

  15. އަފްލާ

    ޢަހަރެނ އެންމެ ފުރަތަމަ ޕޯޝްޓްޕެެިޑެއް ގެނގުޅެނފެށީ 2008ވަނަ ަހަރު މަރޗް މަހުގަ އޭރަކު ތިބުނާ ޖީއެސްޓީއެއް ނުނަގާ ބިލަށް އަރާވަރަށއ ނަގަނީ އެކަން ބުއްޅަބޭ ވެރިކަމަށް އަރާފަ 6 ޕަސެންޓް ނަގަން ފެށީ ޖީއެސްޓީއޭ ކިޔާފަ ދިރާގު ވެސްވިއްކާފަ ފެންކުންފުނިވެސް ވިއްކާފަ އެއާޕޯޓް ވìއްކާފަ

  16. ރައްޔިތު މީހާ 2

    ކުދިންނޭ ސަމާލުވޭ ކުދި ތުވާލިކޮޅުވެސް އެމް ޑީ ޕީ ވެރިކަމުގައި ޕެޑްގެ ގޮތުގައި ބޭނުންކުރަން ޖެހިދާނެ އަހަރެމެން މިތިބީ ކުރިން އެމް ޑީ ޕީ ވެރިކަމުގައި އެކަން ފެނިފައި ސިއްހީ މަރުކަޒުތަކުގައި ބެޑްސީޓް ގަނޑެއް ނެތިގެން އުޅުނު ޒަމާންވެސް ފެނުނު މިމީހުން މިދައްކާ ވާހަކައިން އަނަހެރެމުން ގަންނަނީ ލަދު އަންހެންވެރިން ގުނބޯހައްދަން ދެން މަސައްކަތް ނުކުރޭ

  17. އަހްމަދު

    އަޅުގަނޑު ކުރީން ވިސްނައިގެން ހުރީ އިބޫއަށް ވޯޓްދޭން. ސޮރީ ދެންނުދޭނަން. އިބޫގެ އާއި އެމްޑީޕީގެ ބޭނުމަކީ އެއްއަހަރުފައިން ނަޝީދު ބައިވެރިވާ އިންތިހާބެއްބޭއްވުން. އެއީ ހަމަގއިމުވެސް އަޅުގަނޑުމެން ބޭނުންވަ ގޮތެއްނޫން.

    • ހާލު

      ވަރަށް ފިސާރި ވާހަކައެއް، ތާއިދު

  18. މޮޔަގޮލާ

    އެއިން ފުރަތަމަ ޖީއެސްޓީ.ނަގަންފެށީވެސް އަންނި ސަރުކާރުން. ދެން ކީކޭ މިކިޔަނީ؟

  19. ހާލު

    ބަލަ ފުރަތަމަ ޕެޑް ޖަހަން އިންސާނާ ދިރިހުރުމުގެ އަސާސް ކާބޯތަކެއްޗާއި ފެން، ދެން ކޮން ޕެޑެއްގެ ވާހަކަ. ހަމަހޭގަ ތިބެގެން ވޯޓް ހޯދަން އުޅެބަލަ...