އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓުގައި ނަން އޮތް ބަޔަކަށް ވޯޓު ދެއްވުމުގެ ކުރިން އެމްޑީޕީގެ އާންމު މެންބަރުން ވިސްނާލަން ޖެހޭ ކަމަށާއި އެ ޚިޔާނާތާ ދުރު ބަޔަކު ގައުމީ މަޖިލީހަށް އިންތިޚާބު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) ވިދާޅުވެއްޖެއެވެ.

މެންބަރު ހަލީމް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ޚިޔާނަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައެވެ.

އޭގައި އެމްޑީޕީގެ ބައެއް ބޭފުޅުން ބައިވެރިވާ ކަމުގެ ތުހުމަތު ކުރެވޭ ކަން ހަލީމް ފާހަގަ ކުރެއްވިއެވެ. މިގޮތުން ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ބައެއް މައްސަލަތަކުގައި ހިމެނޭ މީހުން ވެސް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވާ ކަން ހަލީމް ފާހަގަ ކުރެއްވިއެވެ.

އޭނާ އެ އިޝާރާތް ކުރެއްވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި ނަން އޮތް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްއާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންއަށެވެ.

މި އިންތިޚާބުގައި މަހްލޫފް ވާދަކުރައްވަނީ މެދު އުތުރު ޕްރޮވިންސް ދާއިރާގެ ރައީސް ކަމަށެވެ. އަކްރަމް ވާދަކުރައްވަނީ މާލެ ދާއިރާގެ ރައީސް ކަމަށެވެ. އަކްރަމްއާ ވާދަކުރައްވަނީ މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދެވެ.

ހަލީމް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހަކީ "އާދަޔާ ޚިލާފް" ނަތީޖާތަކެއް މަޒީން ވެސް ނެރެ ދައްކުވާފައިވާ އޮތް އެ ޕާޓީގެ އެންމެ އިސް ގުނަވަނެވެ. އެ ގުނަވަނަށް ޚިޔާނާތުގައި ބައިވެރިނުވާ ބަޔަކު އިންތިޚާބު ކުރެވިއްޖެނަމަ ދެން ވެސް އެ ވަރުގެ ނަތީޖާތަކެއް ނެރެ ދައްކާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.

"ސަރުކާރަށް ނުވި ކަންކަން ވެސް، އެމްޑީޕީގެ ގައުމީ މަޖިލީހަށް ކުރެވޭނެ ހަމަ، އެމްޑީޕީގެ ގައުމީ މަޖިލީހަށް މި ދެންނެވި ފަދަ ބޭފުޅުން އިންތިޚާބު ކުރެވިއްޖެނަމަ، ޚިޔާނާތުގެ ތަހުގީގު ނިމެންދެން މަގުމަތީގައި އަޅުގަނޑުމެން މުޒާހަރާ ކުރާނެ،" ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ އެމްޑީޕީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އިހްތިޖާޖްތަކުން ނަތީޖާ ނެރެފައިވާ ޕާޓީއެއް ކަމުން އެމްޑީޕީ އިސްވެ އޮތް ވެރިކަމެއްގައި މާ ފަސޭހައިން މި ކަންކަމުގައި އިންސާފު ހޯދޭނެ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވާ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން ކެންޑިޑޭޓުން ވާދަކުރައްވާއިރު އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ވެސް ކެންޑިޑޭޓުން ވާދަކުރައްވައެވެ. މި އިންތިޚާބަކީ ދެ ރައީސުންގެ މެދުގައި އޮތް ވާދަ ފެނިގެންދާނެ އިންތިޚާބެއްގެ ގޮތުގައި ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. އަޙްމަދު

  ހިޔާނާތްތެރިންނަކީ ކޮންބައެއްކަން އެނގިގެންނޫންތޯ ތިކަން ކުރެވޭނީ!

  17
  • ހުސޭނުބޭ

   ކެކެކެކެކެކެކެ .......... މުޅިންވެސް ތިބީ ޚިޔާނާތްތެރިން. އެހެންވީމާ އެއްވެސް މީހަކަށް ވޯޓުލާކަށް ނުވާނެ!

 2. ކާފަބޭ2020

  ޚިޔާނާތްތެރިއަކަށްވަނީކިހިނެއްތޯ؟ ޚިދުމަތެއްދޭންހަވާލުކުރީމަ އެޚިދުމަތްނުދީ އެޚިދުމަތުގެ އަގެއްގެގޮތުގައި އެޑުވާންސްކޮށް ދިންދެފަޅުރަށް " ފެންފޮދަކާނުލާ " ދިރުވާލުން އެއީ ޚިޔާނާތަކަށްނުވޭތޯ؟ ޚިޔާނާތޭމިކިޔަނީ ތިރިޔަށްފައިބާފަހުންނަ އެއްޗިއްސަށްތޯ؟

 3. ކޮރަލް

  ދީނައް ފުރައްސާރަ ކޮށްމަލާމާތް ކުރާމީހެއްގެ ފަހަތުގަ ހުންނަ އެއްވެސް މީހަކަށް ވޯޓް ދިނުން ހުއްދަ އެއް ނުވާނެ އެވެ.

 4. ޢަދުރޭ

  ލައްބަ ! އެތެދެއް . ދޮންބިލެތް އެހެރީ ް އަންނި ޒަމާނުގައި ރިސޯޓް ހަދަން ސަރުކާރުން ދޫކުރަން އުޅުނު ރަށްތަކުގެ ތެރޭން ދެރަށް ފަރިކުޅުއްވައިގެން އެއް ރަށް ވިއްކާލާފައި އަނެއް ރަށް ހަދައިގެން. ޚިޔާނާތް ތެރިން ނުހޮވާތި

 5. ކެޔޮޅުބެ

  އެންމެބޮޑު ހިޔާނާތް ތެރިޔަކީ ސޯލިހު 35 މިލިޔަން މިއީ ކުޑަ އަދަދެއްތޯ.

 6. ހުދާ

  ތިނޫންމީހެއް ތިޔަތާ އުޅޭބާ!!!!

 7. ގަމާރު

  އިސްލާމް ދީނާ ޚިލާފް ، ކާފިރު ޝިކާރަވެރި ޢަމަލް ތައް މިސާލަކަށް ބަނގުއާވި ބޯ ކަން މުޠަލަޤަށް އެނގޭ މީހުނަށް ހަމަ ވޯޓު ދޭންވީތޯ؟ ޒިނޭގެ ކުއްތަކުގައި ތާށި ވެފައިވާ މީހުނަށް ހަމަ ވޯޓު ދޭންވީތޯ؟

 8. އަބުދުﷲ

  އެއްމެބޮޑު ޚިޔާނާތާތަކީ އަމިއްލަ ނަފުސައްވާ ޚިޔާނާތް! ނަޝީދު އަކީ ގައުމަށް ޚިޔާނާތްތެރި ގައުމުދެކެ ލޯބިނުވާ ކުރިސްޓިއަން މިޝިނަރީޒް އާ ގުޅިގެން އުޅޭ މީހެއްކަމާ މ ޑ ޕ ގެ މިސަރުކާރަކީ ނާގާބިލު ކަމެއްނުކުރެވޭ ބައެއްކަން އެނގިހުރެ މޑޕ އާއި ނަޝީދުގެ ދިފާއުކުރުމުގަ ދެމިހުަރުމަކީ އެއްމެ ބޮޑު ޚިޔާނާތް!!!

 9. ސސ

  މަޖިލިސް މެމްބަރުންނަކީ އަބަދު ގޮޅީގައި ސޭލް އަޅުވާ ނީލަން ކިޔާއިގެން އުޅޭ ސިޔާސީ ވަފާތެރި ކެހިވެރިން !