ޕީޕީއެމްގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ގައި ބެއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް ޔާމީނަށް ކެމްޕޭން ކުރުމަށްޓަކައި މިހާރުން ފެށިގެން ރާއްޖޭގެ ބޮޑެތި އާބާދީތަކުގައި އެ ޕާޓީގެ ޓީމުތަށް ކޭމްޕް ކުރަން ނިންމަވާފައިވާކަމަށް އެޕާޓީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނާއިބު ލީޑަރު، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޚީމް އަބްދުﷲ ވިދާޅުވީ، ވޭތުވެދިޔަ ދެ ހަފްތާގައި މާލޭގައި ދޮރުން ދޮރަށް (ޑޯރ ޓު ޑޯރ) ހަރަކާތްތަށް ވަރަށް ވަރުގަދަޔަށް ހިންގާފައިވާ ކަމަށާއި، އެއާ އެކީގައި ކެމްޕޭންގެ ހަރަކާތްތަށް އަތޮޅު ތެރޭގައިވެސް ވަރަށް ބާރަށް ހިނގަމުންދާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެންގެ ޓީމުތައް ރާއްޖޭގެ ބޮޑެތި އަބާދީ ތަކުގައި ހަރަކާތްތެރިވަމުންދާނެ. އެގޮތުން އައްޑޫ ސިޓީގައި ޕީޕީއެމްގެ ޓީމެއް މިހާރުން ފެށިގެން ރިޔާސީ އިންތިޚާބު ނިމެންދެން ހަރަކާތްތެރިވަމުން ދާގޮތަށް އަޅުގަނޑުމެން މިވަނީ ރާވާފައި. ކެމްޕެއިން އޮފީހުގެ ޓީމު މިހާރު އައްޑޫގައ ހަރަކާތްތެރިވަމުންދާއިރު، ޕާޓީ އޮފީހުގެ ޓީމު މިރޭގެ ވަގުތެއްގައި އައްޑުއަށް ފުރާނެ. އެއީ ގާތްގަނޑަކަށް 25 މީހުންގެ ޓީމެއް." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، މިދިޔަ ހަފްތާ ބަންދުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ތިނަދޫގައި ކެމްޕޭންގެ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާއިރު، 20 ބޭފުޅުންގެ ޓީމެއް ގދ.ތިނަދޫއަށް ފުރާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ހއ.ދިއްދުއާއި، ހއ.އިހަވަންދުއަށް އަދި ހދ.ކުޅުދުއްފުށްޓަށާއި ލ.ގަމާއި، ގއ.ވިލިނގިއްޔަށާއި، ފުވައްމުލަކަށް ޕީޕީއެމްގެ ޓީމުތައް ވަރަށް އަވަހަށް ކުރާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ މި ހުރިހާ ޓީމުތަކެއްވެސް ރިޔާސީ އިންތިޚާބު ނިމެންދެން އެ ރަށްތަކުގައި މަޑުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުުރުން ޒުވާނުންނަށް ހާއްޞަކޮށްގެން ޕީޕީއެމް އިން ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތުގައި މާލޭގައި އެކަނިވެސް 800 އަށްވުރެ ގިނަ ޒުވާނުން (18 އަހަރާއި 35 އަހަރާ ދެމެދުގެ) ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

މި ޕްރެސް ކޮންފެރެންސްގައި އަދުރޭ އިތުރަށް ވިދާޅުވީ، އައު ބޭފުޅަކު ތަޖުރިބާ ކުރަން ދިވެހި ރައްޔިތުން ބޭނުން ނުވާ ކަމަށާއި، ރައްޔިތުން ބޭނުންވަނީ ތަރައްޤީއާ އެކީގައި ކުރިއަށްދާން ކަމަށްވީއިރު، އުއްމީދަކީ ވަރަށް ބޮޑު ތަފާތަކުން ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ކުރެއްވުން ކަމަށެވެ.

މީގެ އިތުރުން ރިޔާސީ އިންތީޚާބުގައި ވާދަ ކުރާ ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް ޔާމީން ބަލިކުރެވޭ ވަރުގެ އަދި ރައީސް ޔާމީން ޖެހިލުންވާ ވަރުގެ ކެންޑިޑޭޓަކު އިދިކޮޅުގައި ނެތް ކަމަށްވެސް މިއަދު ޕީޕީއެމް އިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސާބަހޭ ޕީޕީއެމް އެމްޑީޕީ ބޮޑު ބަލިވުމަކުން ބަލިވާނެ އިންޝާﷲ

  2. ޕީޕީއެމް ދާނީކުރިޔައް ބަލިނުވެ ރައްޔިތުން ބޭނުމީ ތަރައްގީ މި ދާނީ ލިބެމުން

  3. Hello! I realize this is somewhat off-topic however
    I had to ask. Does managing a well-established website such
    as yours take a lot of work? I'm completely new to operating a blog but I do write in my journal
    on a daily basis. I'd like to start a blog so I can easily share my experience
    and views online. Please let me know if you have any recommendations
    or tips for new aspiring blog owners. Thankyou! http://alternatif188bet.com

  4. Hello! I realize this is somewhat off-topic however I had
    to ask. Does managing a well-established website such as yours take a lot of work?

    I'm completely new to operating a blog but I do write
    in my journal on a daily basis. I'd like to start
    a blog so I can easily share my experience and views online.
    Please let me know if you have any recommendations or tips for new aspiring blog
    owners. Thankyou! http://alternatif188bet.com