މިއަދު ރާއްޖެ އިން އިތުރު 86 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ފައްސިވީ 29 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ފައްސިވީ 53 މީހުންނެވެ. އިތުރު ހަތަރު މީހުން މިއަދު ރިސޯޓްތަކުން ފައްސިވިއެވެ.

މިއަދު 4172 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން %2.6 މީހުން ކޮވިޑަށް ފައްސިވިއެވެ.

ބުދަ ދުވަހު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ސެޕްޓެމްބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2991 އަށް އަރާފައެވެ. އޭގެތެރެއިން 1752 މީހުން ފައްސިވީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. މާލެ އިން ސެޕްޓެމްބަރ މަހު ފައްސިވެފައި ވަނީ 960 މީހުންނެވެ. ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ސިނާއީ މަސައްކަތް ކުރާ ރަށްތަކުން ސެޕްޓެމްބަރ މަހު ވަނީ 279 މީހުން ފައްސިވެފައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 84103 އަށް އަރައެވެ. އޭގެތެރެއިން 82208 މީހުން މިހާތަނަށް ވަނީ ކޮވިޑުން ރަނގަޅުވެފައެވެ.

މިހާރު ރާއްޖޭގައި 1653 މީހުން ކޮވިޑް ޖެހިފައި އެބަތިއްބެވެ. އޭގެތެރެއިން 20 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. މިއަދު ވަނީ 165 މީހުން ކޮވިޑުން ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙހހހ

    ކުރި އަށް ސާފް ޗެމްޕި އަންޝިޕް އަށް ކޮވިޑް އުޅޭނީ ފިލާގެން ، މިހާރު އެޗްޕ އޭ އިން އޮންނާނެ ކޮވިޑަށް އަނގާފަ