އެއް ޖިންސުން ގުޅުން ހިންގާ ބަޔަކު ށ.މާއުނގޫދޫގައި އުޅޭ ކަމަށްބުނެ، އެމީހުން ރަށުން ބޭލުމަށް އެދި ރަށުގެ ރައްޔިތުން ކައުންސިލް އިދާރާ ކުރިމަތީގައި އިހުތިޖާޖް ކުރުމާއެކު، އެކަމުގެ ތުހުމަތު ކުރެވޭ ފަރާތް ރަށުން ބާލުވައިފިއެވެ.

ނަން ހާމަ ނުކުރަން ޝަރުތުކޮށް އެރަށުން "ވަގުތު"އަށް މައުލޫމާތު ދިން މީހަކު ބުނީ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވިފައިވާ އެ އަތޮޅު ފޭދޫ ފިރިހެން މީހާ މިރޭ އަށެއް ޖަހާކަންހާއިރު އެރަށުން ބާލާފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެރަށުން ބާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެންނެވެ.

އެރަށުން މައުލޫމާތު ދިން މީހާ ބުނީ ށުގައި އެއްޖިންސުން ގުޅުން ހިންގަމުން ދާކަމަށް ތުހުމަތު ކުރެވިފައިވަނީ އުމުރުން 37 ވަރަކަށް އަހަރުގެ އެ އަތޮޅު ފޭދޫ ފިރިހެނަކާއި މާއުނގޫދޫ ފިރިހެނެއް ކަމަށެވެ. ދެމީހުންގެ ވާހަކަ މީގެ ކުރިންވެސް ރަށުތެރޭގައި ދެކެވިފައިވާކަން އޭނާ ފާހަގަކުރިއެވެ. މީގެ ތެރެއިން ފޭދޫއަށް ނިސްބަތްވާ މީހާ މިރޭގެ ވަގުތެއްގައި މާއުނގޫދޫއިން ބާލާފައިވަނީ އެރަށުގެ ރައްޔިތުން އެއްވެ، ރަސްމީ ގަޑި ނިމުމުންވެސް ކައުންސިލް އިދާރާ ބަންދުކުރަން ފުރުސަތުނުދީ، އޮފީސް ކުރިމަތީގައި އިހުތިޖާޖު ކޮށްފައިވަނިކޮށެވެ.

ފޭދޫއިން އެރަށަށް އައިސްފައިވާ މީހާއަށް އެއްޖިންސުން ގުޅުން ހިންގާ ކަމުގެެ ތުހުމަތު ކުރާތާ 18 ވަރަކަށް އަހަރު ވެދާނެކަން ފާހަގަކޮށް، އޭނާ ބުނީ އެތައް ފަހަރެއްގެ މަތިން ރައްޔިތުންވެސް އެމީހުންނަށް ނަސޭހަތް ދީފައިވާ ކަމަށެވެ. އަދި މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ފުލުހުންނާއި، ޖެންޑާ މިނިސްޓްރީގެ ރައްޔިތުންގެ ފަރާތުން މި މައްސަލަ ރިޕޯޓުކޮށް، އިދާރާތަކުން ނަސޭހަތް ދީފައިވާކަން އޭނާ ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. Anonymous

  ނަސޭހަތްތަދޭންވީ ދަންޖައްސާ މަރަންވީ

  1
  1
 2. ހުސޭނުބޭ

  މާއުނގޫދޫ ރައްޔިތުންނަށް އައްސަރިބަހާއި ސާބަސް!

  2
  1
 3. ޖިމީ

  މިތާ ރައްޔިތުން ނުކުމެގެން ނޫނީ އިންސާފެއް ނުލިބޭނެކަން މިހާރު ޔަގީން...ޕޮލިސް އެއީ ބޭކާރު ބައެއް...ކޮންމެ ހަމަ ކޮންމެ ހަރާން ޖަރީމާއެއްގެ ފަހަތުގައި ތިބެނީ ޕޮލިހުންކަން މިހާރު ކުޑަކުދިންނަށްވެސް އެނގޭ

  2
  1
 4. މާއުނގޫ

  އެއްޖިންސުން ގުޅުންހިންގުމުން ރަށުންބޭލުމުން ނިމުނީތޯ؟ ކޮބާއިތޯ ގާނޫނު! މިގައުމު އޮޔާދާން ދިވެހިން ދޫކޮށްލީތޯ؟

  2
  1
 5. އަހުމަދު ހަސަން މީނާޒު

  އިބުރާހިމް ސަލީމުގެ ބުނުމަށް ދިޔައީ..އިއްބެ ގުޅީމަ ދިޔައީ... އިއްބެ މިކަން ރޭވީވެސް.

 6. ޗާންދަނީ ހަދީއްޖާ

  ހަމައެރަށު އިބުރާހިމް ސަލީމްއާ ލޮނޭ އަކީވެސް އެއްޖިންސުން ގުޅުން ހިނގާ ދެމީހުން

 7. މުހައްމަދު ޒަކަރިއްޔާ

  ކުރީގެ ބޮޑުކަތީބު ދަރި އިބުރާހިމް ސަލީމުގެ ރޭވުމެއް.ޒާތީ ޙަސަދަ ފިލުވާލީ... އެއީ މުނާފިގެއް

 8. ހުޝާމް އުފުލިފިހާރަ

  އިއްބެ މީހުންއެއްކުރީ އޮފީސް ކައިރިޔަށް.މަވެސް ދިޔައީ އޭނާ ގުޅާ އާދޭސް ކުރީމަ

 9. ޒަކަރި ހަދީޖާ

  ރަށް ބަދުނާމުކުރީ ކުރީގެ ކަތީބު ދަރި ވަގު އިބުރާހިމް ސަލީމް