"ގެންދިޔައީ އެންމެ ދަބަހެއް" ނޫންކަމަށް ވިދާޅުވެ ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ އަނެއްކާވެސް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައަށް އިޝާރާތްކޮށް ޓްވީޓެއް ކުރައްވައިފިއެވެ.

އަލީ ވަހީދުގެ މިރޭގެ ޓްވީޓްގައި "ދަބަސް ގެންދިޔައީ" ކާކުކަމެއް ވިދާޅެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި އަލީ ވަހީދު އިޝާރާތް ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށެވެ. މިހަފްތާގައި އަލީ ވަހީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ ރައީސް ސޯލިހް ގެންދެވި ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ރައީސް ސޯލިހް ހުންނެވިއިރު އެފައިސާ އާއި ހަވާލުވީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަތުންނެވެ. ފައިސާ އާއި ރައީސް ސޯލިހް ހަވާލުވީ ރެހެންދި ފްލެޓަށް ވަޑައިގެން އެތަނުން ކަމަށް ވެސް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

މިރޭ އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ގެންދިޔައީ އެންމެ ދަބަހެއް ނޫން. އެކަން ދޮގު ކުރަން ނުކެރި، ދަބަހުގެ ބަރުދަނާ ކިލޯ ކިރިއަކަސް ނުވާނެ." ނުވާނެ ކަމަށެވެ.

އަލީ ވަހީދު ވަނީ ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމުން ރާއްޖެއަށް ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލަ ނުބެލިގެން އުޅެނީ ހެކި ނެތިގެންތޯ ވެސް މިރޭ ސުވާލު ކުރައްވާފައެވެ. ޤާނޫނާ ޚިލާފަށް ފިނޭންސް މިނިސްޓަރު އަމީރު ދޫކުރި ފައިސާ ލިބިއްޖެތޯ ވެސް އަލީ ވަހީދު ސުވާލު ކުރައްވާފައި ވެއެވެ. "މިވަރުންވެސް ހަމަ ހެކި ދައްކަން ޖެހޭތޯ؟ ތޯތޯ." އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ސަރުކާރުގެ ވެރިންނަށާއި ރައީސް ސޯލިހަށް ކުރި ތުހުމަތުތައް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް ވިދާޅުވެފައި ވަނީ އަލީ ވަހީދު ދެއްކެވީ ތޯތޯ ވާހަކަތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ލޮލް

    އަލީ ވަހީދުގެ މައްޗަށް ވައްކަން ކުރުމަށް އެހީތެރިވެދިނުމުގެ ދައުވާއާއި ވަގަކަށް ގައުމުގެ ވެރިކަން ހޯދައިދޭން މަސައްކަތް ކުރުމުގެ ދައުވާ އުފުލަންޖެހޭނެ. މިއަދު ކިތަންމެ ވަރަކަށް ތިމަންނާއަކީ އިހުލާސްތެރިއެކޭ ކިޔަސް އެދުވަހުނެތް އިހުލާސްތެރިކަމެއް ފަހަކުންވެސް ނުހުންނާނެ. އިބޫ އެއްދަބަސް އުފުލާފިއްޔާ އަލީ ވަހީދު ދެދަބަސް އުފުލާނެ. ލާޝައްކު.

    17
    4
  2. ދެރަ

    ކަލޯ ތިޔަހެރަ ބެދެނީ ވައްކަން ހިޔާނަތް ހިންގިއިރު ކީއްވެތޯ އެކަމުގައި ބައިވެރިވެ އެއްބާރުލުން ދިނީ ؟
    ޔާމިނު ގެންދިޔައީ ކިތައްދަބަސްތޯ ؟

    19
    6
    • އަނެއް އަންނި

      ހަހަ މިހާރު ހުކުމްކުރާ ގޮތައް ބަލާނަމަ ތުހުމަތެއް އިބްރާހީމް ރައީސްގެ މައްޗަށްވެސް އެއޮތީ ކުރެވިފައި ދެން ޖެހެނީ ހުކުމްކުރަން ސާބިތު ކުރަން އަލީ ވަހީދު އެހެރީ ހެއްކަކަށް އޭނަ ބައިވެރި ވިޔަސް އެއްބާރުލުން ދިނަސް ! އެހެން ނޫންނަމަ އަދީބަކީ މމޕރސ ގެ ފައިސާއަށް ހިޔާނާތްތެރިވި މީހާ އޭނާގެ ހެކިބަހަށް ބަލައި ކީއްވެގެންތަ ޔާމީނަށް ހުކުމްކުރީ؟ ދެން ބުނާނެ އިބުރާހިމް ރައީސް ދެކެ އަލީވަހީދު ރުޅިއަންނާތީ ދެއްކި ވާހަކަތަކެކޭ ހަމަ އެގޮތައް އަދީބުވެސް ޔާމީނު ދެކެ ރުޅި އަންނާތީއާއި އޭނާކުރި ވައްކަމުން އިބުރާހިމް ރައީސްއަށް ބައިއެޅިކަން އެގޭތީ ޔާމީނު ބޮލަށް އެކަން ކަނޑަން ދައުލަތާއި އެކީ އޭނާ ސަލާމަތްވާން ހެދި ޑީލެއްގެ ދަށުން ހުސް ދޮގު ހަދައިގެން ހިންގި ޝަރީއަތެއް ބުރޯ ގުދޯ ގުދޯ ގޮވޭކަށެއްނެތް !

      4
      1
    • ކުށެއް

      ދެ ފަހަރު އެއްވާހަކައެއް ވެސް ނުދައްކާ.. އަދަދު ެސް ދަނީ އިތުރު ވަމުން.. މާދަމާ ދަބަސް ބަދަލުވާނެ ތޯއްޗެ އައްގާޑިޔަލަކަށް.. ދެން މި މައްސަލައިހެ ތަހުޤީޤުތައް އެންމެ ފުރަތަމަ ޔާމީނު ވެރިކަމުގަ ހިންގި އިރު މީނާ ކޮބާ ބަޔާނެއް ވެސް ނުދީ ފިލާފަ ހުރީ؟؟ އެނގިހުރެ ސިއްރުކުރުމަކީވެސް ކުށެއް..

  3. ކަމާ ނުބެހޭ

    ޑޯނިއާ މަތިންދާބޯޓައް 3 ޕައިލެޓުން 30 އަހަރު ހެލިކޮޕްޓަރާ އެކީއުޅެމުން ޓްރެއިންކޮއްފި. ޢެކަމު އަދި އެކިދިންވެސް ވާނީ ކޯޕައިލުޓުން ހެން ހީވަނީ

    12
    1
  4. ސޮރީ ސޮރީ

    ޢަލީ އަހުރެމެން ވި ސަރުކާރަށް ވޯޓް ދިނުމުގެ ކުރިން ތިވާހަކަ ނުބުނީ ކީއްވެ؟ މިނިސްޓަރު ކަމުން ވަކިކުރުމުން އުފެދުނު ޖަޒުބާތުގައި ތިދައްކާ ވާހަކައިގެ ބުރަދަނެއް ނެއް؟ ސޮރީ

    14
    5
  5. ބޮޓޮކްސް

    އާދެ ތި ވިދާޅުވާއެއްޗެއް ގޯހެކޭނުބުނެވޭނެ. އެކަމު ހެކި ދައްކަވަންޖެހޭނެ ދެއްތޯ. ކޮންމެސް ކަމެއް ހިނގިޔޭ ކިޔާފަ “ތޯތޯ“ އޭ ބުންޔަސް؟

    12
    5
  6. އަޙުމަދު

    علي وحيد އަތުގައި. މަޢުލޫމާތު ރައްކާކޮށްފައި ހުރުމުން ލިބޭނެ އެއްވެސް ފައިދާއެއް އޮންނާނެތޯއެވެ. އޯޑިއޯ ތަކާއި ވީޑިޔޯ ތަށް ހާމަކުރަން ފަސްޖެހެނީ ކީއްވެ ތޯ؟ ސަރުކާރުން ބުނެފައި އެ އޮތީ ޢަލީ ވަޙީދު ވިދާޅުވަނީ ހުސް ދޮގުކަމަށް، އެހެންކަމުން މެސެޖް ތަކާއި ދަބަސްތަކުގައި އުފުލި އެއްޗަކާއި އެ ބެހިގެން ދިޔަގޮތުގެ ތަފްސީލުކޮށް ދޭން އެބަޖެހޭނޫންތޯ؟ އަދި ޢަލީ ވަޙީދު ވަކި ފަޅިއަކަށްޖެހި ޢަލީ ވަޙީދު އަށް އެނގޭ ގިނަ މަޢުލޫމާތު ހާމަކުރަން ފަސްޖެހެނީ ކަމަށް ގިނަބަޔަކު އެބަކިޔާ، ވީމާ ރައްޔިތުން ނަށް ކަންހިގައި ދިޔަގޮތް ހާމަކޮށްދޭންޖެހޭނޫންތޯ؟

    22
    2
  7. ޢަލީ ޢަލީ

    އައްޔާ ކީކޭތަ މިހާރު ތިޔަ ކިޔަނީ !!!
    ކުރިން ތިވާހަކަތައް ނުދެއްކީ ކީއްވެޔޯ ހަމަ ރައްޔިތުންގެ ޙައްޤުގަ!!!
    ހޭޖެހޭ ވާހަކައެއް ދައްކަން ވެއްޖެއެއްނު ދޯ!!!

    11
    4
  8. އޭއެމް

    ކިތައް ދަބަސްތޯ ؟ އޭރު ދަބަސް ރަގަޅު މިހާރު އެއީ ކަޅުދަބަސް އޭރު އިބޫ އޯކޭ !!! މިހާރު ؟؟؟؟؟

    10
    2
  9. ނާދިރާ

    ވަގު މޑޕ

    12
    1
  10. އަބުދުﷲ

    ކުރެވޭ ހުރިހާ ކަމަކުން އަމިއްލައަށް ފަޟީހަތްތިވަނީ . ވަގުކަން' ޚިޔާނާތްތެރިކަން ދައްކަން ނަފްސުގެ އުނިކަން

    8
    4
  11. އިމް ރ ން

    އެ ދަބަހުން ތީނަ އަށް ލިބުނީ ކިތައް ދަބަސް

    6
    1
  12. Anonymous

    އަލީ ވަހީދު ތިޔައީ ވެންޓިލޭޓަރުގެ ވާހަކަދައްކަން މާރަނގަޅު މީހެއް ނޫން. އަލީ ވަހީދު އާއި ޓުއަރިޒަމް މިނިސްޓްރީގެ ގާތްމަޤާމުގައި ހުންނެވި ބޭފުޅާ މިސްޓާރ ޖާމިނު އާއި ދެބޭފުޅުން ގުޅިގެން ޓުއަރިޒަމް މިނިސްޓްރީއިން ޕީޕީއީ ގެނައުމުގެ ނަމުގައި 50 ސެންޓަށް ލިބޭ މާސްކް 8 ޑޮލަރު ޖަހައިގެން ގެނެސް ހިންގި ބޮޑު ވައްކަމުގެ ވާހަކަ މީހުން ނުދައްކާ ތިބީމާ އެއިގެ މައުލޫމާތު މީހުންނަށް ނޭގޭތީ ކަމަށްތޯ ތިޔަ ހީކުރަނީ؟ އެމައުލޫމާތު މަމެން ހާމަކުރުމުން ޖިންސީ ފުރައްސާރައާއި ރޭޕްގެ ޝަރީއަތުގެ އިތުރުން ބޮޑު ޚިޔާނާތެއްގެ ޝަރީއަތްވެސް އަލީވާހީދުއާއި މިސްޓާރ ޖާމިނުއާއި ދެބޭފުޅުންގެ މައްޗަށް ހިންގަން ޖެހޭ ނޫންތޯ؟ ވީމާ ބިއްލޫރީ ގޭގެ ތެރޭގައި ތިބެ ބޭރަށް ގާއުކީމާ ވަނެ ގޮތް އަލީވަހީދު ހަނދާން ނެތުނީތޯ؟

  13. Anonymous

    އަލީވަހީދު އެމްއެމްޕީއާރްސީ ވައްކަމުގެ ވާހަކަ އާއި ކަޅުދަބަހުގެ ވާހަކަ ދައްކާއިރު މިކަމުގައި އަލީ ވަހީދު ބައިވެރިވީ މިންވަރު ހަނދުމަނެތުނީތޯ؟ އިނގިރޭސިވިލާތަށް އަދީބުގެ އައުވާނުން ގެންދިޔައީ އަލީ ވަހީދު ނޫންތޯ؟ އަދި އެމީހުން އަތުން އަލީވަހީދު ނެންގެވި ބައިވަރުގަނޑުގެ ވާހަކައާއި، ހިންގި ޖަރީމާތަކުގެ ވާހަކަ ނުދައްކާ ހުރިހާ ޒިއްމާއެއް ރައީސް ސޯލިހުގެ ބޮލަށް ކަނޑާލަން ތިޔައުޅޭނީ ނިކަން ކުރިލިބޭނެ ކަމަށްތޯއެވެ؟

    ރައީސް ސޯލިހު ކަޅުދަބަސް ގެންދިޔަކަމަށް ބުނެ ހަޅޭލަވާއިރު އަލީ ވަހީދު ތިޔަކަން އެގިހުރެ ރައީސް ސޯލިހުގެ ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރުގެ މަޤާމާއި ހަވާލުވީ އަލީވަހީދުގެ އިންޓްގްރިޓީ ބޮޑު ކަމުން، އުސްކަމުން، ފުޅާކަމުންތޯ؟ އެދުވަހު ތިޔަބުނާ ކަޅުދަބަހުގެ ވާހަ ނުދެއްކީ ކީއްވެތޯ؟ އެދުވަހު ރައީސް ސޯލިހު ގެންދެވި ކަޅުދަބަސްތަކުގެ ވާހަކަ ދައްކާފައި މަޤާމާއި ހަވާނުވެ މަޤާމު ދޫކޮށްލި ނަމަ ތިޔަ ދައްކަވާ ވާހަކަ ޖަމަލުފޮޑިއަށް ނުވެ އަލީވަހީދު ދައްކާ ވާހަކައިގައި ބުރަދަނެއް ވެސް ހުރިކަމަށް މީހުން ޤަބޫލު ކުރީސް ނޫންތޯ؟

    އަލީވަހީދު އަދީބު އާއި ގުޅިގެން ހިންގި ޖަރީމާތަކާއި، ޔާމީނުއާއި ގުޅިގެން ބޭންކް އޮފް މޯޅްޑިވްސް މެދުވެރިކޮށް ލިބިގަތް މަމްފާގެ ވާހަކަ ކޮބައިތޯ؟ އަލީވަހީދު ޔާމީނާއި އަދީބުއާއި ގުޅިގެން ހިންގި ޖަރީމާ ތަކާއި، އިނގިރޭސި ވިލާތަށް އަދީބުގެ އައުވާނުންނާއި، އަމބީންނާއި، އެހެންގޮސް އެތައް ބަޔަކު ގެންގޮސްގެން ހިންގި ޖަރީމާތަކުގެ ވާހަކަ އަލިފުން ޔާ އަށް ދެނެހުރި އެތައް ބަޔަކު ދުނިޔެ އަޅައި ދިޔައީކަމަށް އަލީ ވަހީދު ހީކުރީ ތޯއެވެ؟ ބަލަ އެމީހުން ދުނިޔޭގައި ގަދަވެ ސަލާމަތުން އެބަތިއްބޭ؟ މޮޔަފުޅު ނުވޭ. މިބުނީ ވަރަށް ގިނަ ވާހަކަ.........! ވަރަށް ސަލާމް!!!!

    11
    9
  14. އަލްޖިބްރާ

    ޔާމީނުގެ ވެރިކަމުގައި މައުމޫނު ޖަލަށްލާން ވެގެން އޭނަގެ ގޭން ކޮންމެވެސް ކަޅުފޮއްޓެއް ނެރެގެން ގެންދިޔަ ވާހަކަތަކެއްވެސް ނޫސްތަކުގައިވަނީ ޖަހާފައެވެ.އެކަމުގެ ހަޤީޤަތެއްވެސް އަދިއަދަށް ދާންދެންވެސް ނޭގެއެވެ. ކަލޭވެސް އެހެންމީހުން ދަބަސް ދަބަހާއި ފޮށި ފޮއްޓާއި ބޮކްސާބޮޑި ގެންދިޔަވާހަކަ ތިޔަދައްކަނީ ދެބޯގެރި ދުއްވާ އަސްލު މައްސަލަ އޮޅުވާލަން ވެގެންނެވެ. ކަލޭގެ މައްޗައް ކުރާދައުވާ އަކީ ބަޔަކަށް ޖިންސީފުރައްސާރަ އާއި ޖިންސީ ގޯނާގެ ތުމަތެވެ.މިކަންތަކަކީ ކަލޭ ނުކުރާކަމެއްނަމަ ޝަރީއަތުގެ ކުރިމައްޗައް ހާޒިރު ވާން ނުކެރިގެން ތިއުޅޭ އުޅުމަކީ އެންމެ ބޮޑެތި ފިޑިންވެސް އުޅޭގޮތެވެ.

  15. ގުދުގުދާބެއްޔާ

    މި ދޮގުހަދާ އަލީވަހީދުއަށް ބުނެވުނު އެތި ރަގަޅު ކުރަން މިމަސައްކަތް ކުރަނީ! 35 މިލިޔަން ރުފިޔާ ދަބަހެއްގައި އުފުލި ވާހަކަ ދައްކާއިރު އެވަރުގެ ރުފިޔާތައް އުފުލޭނީ ކިހާބޮޑު ދަބަހެއްގަ ކަން އަލީވަހީދުއަށް ނޭގުނީ! އޭނާ ހީހުރީ ދިވެހިންނަކީ މިހާރު ގަމާރު ބައެކޭ! ފައްސަތޭކަ ރުފިޔާގެ ނޫޓުގެ ބޮޑުމިން ގޫގުލްގައި ޖަހާފައި 35 މިލިޔަން ޖެހީމަ އެހުންނާނެ ބޮޑުމިން ސިކުންތެއްގެ ތެރޭގައި ބުނެލާ! 500ރ 6 ފޫޓް 6 ފޫޓް ތަނެއްގައި އެތުރީމާ އުސްމިން 4 ފޫޓައް އަރާ! ބޮޑު ޕިކަޕެއްގެ ފޮށިގަނޑުގެ އުސްމިނައް ރުފިޔާ އަރާ!

  16. ރައްޔިތު މީހާ

    ޢަލީ ވަހީދު ތިކިޔާއެއްޗެއް ތާކުން ތާކު ނުޖެހޭ އިބޫ އަށް ވެރިކަން ހޯދާދޭން އުޅުނު އިރު އިބޫ ވަރެއްނެތް މިނިސްތޓަރު ކަމުން ވަކިކުރީމާ އިބޫ ވަރުގެ ގޯސް މީހަކުނެތް ލަދުން ގޮސް މަ ބޯހަލާކު ވާވަރު ވެއްޖެ ހަމަ ހުވާ.

  17. މަނިކޭ

    ދެން ކުރާ ޓުވީޓެއްގަ އަލީވަހީދު ބުނާނެ ގެންދިޔައީ ދަބަސްތަކެއްނޫނޭ ގެންދިޔައީ ކަރާގޯނިތަކެކޭ... ކީއްވެތޭ މި ރޭޕިސްޓް ކައްޔަރުނުކުރެވިގެން މިއުޅެނީ

  18. ބޮއްސިކާލޮސް

    އައްޔާ ކަލޭ ދައްކާވާހަކަ ކަލެއަށްވެސް ވަހުމެއް ނުވޭދޯ 30 މިލިއަން ރުފިޔާ އަޅަން ކިތަށް ދަބަސް ބޭނުންވާނެތަ މަށަށް ހީވަނީ 50 ވަރަކަށް ދަބަސް ބޭނުންވާނެހެން 30 މިލިއަން ރުފިޔާއަޅަން ދެން ކަލޭބުނޭ އިބޫ ލާރި ގެންދިޔައީ 20 ފޫޓު ކޮންޓެއިނަރ އަކަށް އަޅައިގެންނޭ

  19. ކޮވިޑް

    ރަންކޮޅާ ވަހީދަށް ފެނިގެން ކުރިކަންކަންވީމަ އޭނާއަށް އެވަހަކަތައްގޮވެނީ މަހުލޫފުބުނި ވާހަކަތައް ހަނދާވެއިތް މިހާރު އޭވާގެ އަނގައިގައި ތޭޕްއެޅުވީމާ މަޑުން ހުއްޓަކަސް އަލީ މަޑެއްނުކުރެވޭނެ

  20. Anonymous

    އިސްލާމީ ޝަރީޢަތުގައި ތުހުމަތެއްގެ ސަބަބުން މީހަކު އަދި ކުށްވެރިއެއް ނުވާނެ. ތުހުމަތެއް ކޮށް މީހަކާ ދިމާލަށް އިނގިލި ދިއްކޮއްފައިމެ، އެ ތުހުމަތުކުރެވުނު ފަރާތް އެކަމަށް އިންކާރުކުރާ ހާލު އެ ތުހުމަތުކުރެވުނު ފަރާތާމެދު ފިޔަވަޅު އެޅި އެމީހަކު ބެދޭނެ އެއްވެސް ގޮތެއް ނޯންނާނެ. މިއީ ދީނީގޮތުން އެކަން އޮތް ގޮތް. އެނގިވަޑައި ނުގަންނަވާ ނަމަ ޢިލްމުގެ އަހުލުވެރިންނާ ސުވާލުކުރައްވާ..
    ތިޔަކުރާ ތުޙުމަތު ތަކާއި، ތުހުމަތުތައް ކުރާ ގޮތާއި، ތުހުމަތުތައް ކުރާ ވަގުތާއި، ތުހުމަތުތައް ކުރާ ޙާލަތާއި، މިކަންތައް ތަކަށް ނަޒަރު ހިންގާލީމާ ހުރިހާ ފާޑުކިޔުމަކާއި މީހުންގެ ނުރުހުމާއި ތިމާގެ އަބުރު އެހެން މީހުންގެ ކުރިމަތީގައި ވެއްޓުން ނޫން ގޮތެއް ނުވާނެ.

  21. ތިމާގެ މޮޔަކަން

    ތިމާއީ ކާކުކަން ނޭނގޭ ކަމީ ހަމަގައިމުވެސް މޮޔަކަން
    ދިމާއަށް ފެންނަ ކަންތައް ވެސް ނުފެންނަ ކަމީ މުޅީން މޮޔަކަން....
    ބަލާބެލުމަށް ވިދާ ރަތުރަން ކަމަށް ހީކޮށް ވަރަށް އުފަލުން،
    ބަލާތަކަކަށް ވެދާފަދަ މަޢުދަނެއް ހޮވިކަން އެއީ މޮޔަކަން.......
    އަހަންނަށް ވުރެ ވަކިން މޮޅު މީހަކީ ނެތް މީހެކޭ ބުނަމުން،
    ޖަހަންނަމައިން ތަނެއް ހޯދަން އުޅޭކަން ވެސް އެއީ މޮޔަކަން
    އަލުންދާށޭ މަގުން ސީދާ ކުށުން ހުރިހައި ވަމުން ތައުބާ،
    މަލުންދޭ މީރުވަސް ނުލިބޭކަމީ ހަމަ އެންމެ ބޮޑު މޮޔަކަން
    (އުސްތާޒުލް ޖީލް)

  22. ބޯލީރާޖާ

    އައްޔާ ޖީއެމްއާރ އައް އެއރޕޯޓްދީގެން ކިތައްދަބަސް ގެންދިޔަތޯ އަދިގެންދިޔައީކޮންބަޔެއްތޯ މިކަމުގައޑީގަތިބީކޮންބަޔެއްތޯ ނަމުގަކުރިޔައް އޮތީކޮންއަކުރެއްތޯ މީހައްތާވެސްސުވާލް ތިޔަ އެމްއެމްޕީއާރސީ އަކައްވުރެ އެންމެ ތަންފުކެއްވެސްކުޑަ ކަމެއްނޫން އެއީގައުމުގެ މައިދޮރޯށި ލޯނުދެކޭބަޔަކައްދީ ހަވާލްކުރުން

  23. Anonymous

    ފަޟީލަތުއް ޝައިޚް ހުސައިން ސަލާޙުއްދީން ވިދާޅުވީ ވަރަށް ބޮޑު ތެދުފުޅެއް.
    އަދަބުވެރިކަން ނެތުނުމީހާ ދެދުނިޔޭން ގެއްލި ނިމިދާނޭ
    މަދަރުވެރިކަން ނެތީވިއްޔާ ޤަދަރު ނެތިގެން ހިނގައިދާނޭ