ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އަދި ރަނިން މޭޓަކަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އަށް ތާއީދު ކުރައްވާކަން ޕްރޮފެސަރ ހަސަން އުގެއިލް ހާމަކުރައްވައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ނިންމާފައިވާ ގޮތުން ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖައްސާނީ އެމްޑީޕީގެ ތެރެއިން ބޭފުޅެކެވެ. އެގޮތުން އިއްޔެ ބޭއްވި އެ ޕާޓީގެ ކޮންގްރެސް އިން ވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓު އިބޫ އަށް ދިނުމަށް ނިންމާފައެވެ. އަދި އިދިކޮޅު ކޯލިޝަނުގެ ރަނިން މޭޓަކަށް ހަމަޖެއްސުމަށް ނިންމާފައިވަނީ ޖުމްހޫރީ ޕާޓީގެ ބޭފުޅެކެވެ. ނަމަވެސް އެ ޕާޓީން އެކަމާ މެދު އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.

އުގެއިލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި އިބޫ އާއި އަލީ ހުސެއިން އެކުގައި ފެނިއްޖެނަމަ އެއީ ވަރުގަދަ އޮޕޮޒިޝަން "ޕެޔަރ" އަކަށް ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީން ރަނިން މޭޓަކަށް ބޭފުޅަކު އަދި ހަމަޖައްސާފައިނުވާއިރު އެ ޕާޓީގެ ރައީސް އަލީ ވަހީދު ވަނީ ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޖޭޕީގެ ކައުންސިލް މެންބަރު އައިޝަތު ނަހުލާ ހަމަޖެއްސުމަށް ގޮވާލާފައެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު އިބޫ އަށް ދީފައިވަނީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ކުރިން ވާދަކުރަން ނިންމެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުގައި ވާދަނުކުރައްވަން ނިންމެވުމާ ގުޅިގެންނެވެ.

މި ނިންމުން ނިންމާފައިވަނީ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމުގެ ގޮތުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފިލްވ

    ރަނގަޅު ނިންމުމެއް.

    • ކަމަނަ

      ވަރަަށް ރަނގަަޅު ނިންމުމެއް

  2. ޑޮންޑޮންފުޅި

    މީއަދި ބޮޑުނުވާސޮރެއް. އަދި ކްލާސްރޫމުން ނުނިކުމެވޭ. ކަލޯ މީހުންގެ ތެރެޔަށް ނުކުމެ ހަގީގީ ދުނިޔެ ބަލާބަލަ. ފޮތުގަ ލިޔެފަ ހުންނަ ސްނޯވައިޓް ވާހަކައަކީ ދުނިޔެކަމަށް ބަލައިގެން އުޅޭ ކޮހެއް

  3. އަލީ

    ބަލަ މީނަގެ ތާއީދު ނެއްމީހަކަށް މިގައުމުގަ ރައީސްކަން ނުކުރެވެނީތަ މީދެންފަހެ ކާކުތަ ރާއްޖޭގެ ކަންކަމަށް ފާޑުކިޔަން ދިވެހި އަންހެނެއްގެ ބަނޑުން ވިހެޔަސް ދިވެއްސަކަށްވެސް ނުވާމީހެއް

  4. އާބިދާ

    ރުހުން ލިބެންވީ ހެއްދެވިފަރާތުގެ، ކޮންމެކަމެއްވެސް ނިމިގެންދާނީ ﷲ ސުބުހާނަހޫ ވަތައާލާގެ ކުޅަދުންވަންތަކަމުން، ނިމޭ ކޮންމެގޮތަކަށް ޙަމްދު ކުރަން ކަލޭމެން ދަސްކުރަން އެބެޖެހޭ، ދޮންމީހުން އުޅޭގޮތަށް އުޅުނަކަސް ނުފުދޭނެ

  5. މުހައްމަދު އަހްމަދު

    އިބޫ އަށް އަލީ ހުސައިން ރަނގަޅުވާނެ.. އެއީ އަލީ އަކީ އެމްޑީޕީގެ ފިކުރުގެ މީހަކަށް ވާތީ... އެކަމަކު ޖޭޕީ އަށް ރަނގަޅުވާނީ އައިޝާ ނުވަތަ މައުސޫމު..

  6. Anonymous

    ކަލޯ ޚިތާނުކޮށްފިތަ!