ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ބަންގްލަދޭޝްގެ ބޮޑުވަޒީރު ހަރ އެކްސެލެންސީ ޝައިޚް ޙަސީނާއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ބައްދަލުވުމުގެ ހަވާސާގައެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު އ.ދ. ގެ މައި އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ޤައުމުން ގުޅިގެން މަސައްކަތްކުރަން އެއްބަސްވެފައިވާ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އޭގެ ތެރޭގައި ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާ ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ކޮވިޑް-19ގެ ތެރޭގައި ދެޤައުމަށް ކުރިމަތިވި ގޮންޖެހުންތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ. އަދި ރައީސް ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، ކޯވިޑް-19 ޕެންޑަމިކްގެ ތެރޭގައި ސަރުކާރުން އެންމެ އިސްކަމެއް ދިނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިން ވެސް ހިމެނޭގޮތަށް، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އެކަށީގެންވާ ޞިއްޙީ ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، އެ ހުރިހާ ފަރާތްތަކަށް ވެކްސިން ދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ޞިއްޙީ މާހިރުންގެ ޓީމެއް ފޮނުވައިދެއްވައި، ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދީފައިވާތީ އެކަން ރައީސް ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަނީ އެ ޤައުމުގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ޙާލަތު ކުރިއަށްވުރެ ރަނގަޅުވެ، މި ބަލީގައި މަރުވާ މީހުންގެ ޢަދަދު ބޮޑުތަނުން ދަށަށް ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ތެރެއިން ޤަވާޢިދާ ޚިލާފަށް ދިރިއުޅޭ ފަރާތްތައް ޤަވާޢިދުގެ ތެރެއަށް އަލުން ވެއްދުމަށް ކޯވިޑް ޕެންޑަމިކްގެ ތެރޭގައި ރާއްޖެއިން ކުރި މަސައްކަތްތަކަށްޓަކައި ދިވެހި ސަރުކާރަށް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ މައުޟޫޢަށް އަލިއަޅުވައިލައްވަމުން ރައީސް ވަނީ، ބަންގްލަދޭޝްއާއި ރާއްޖެއަކީ ކްލައިމެޓް އިމަރޖެންސީ އެންމެބޮޑަށް ތަޖުރިބާކުރެވޭ ނާޒުކު ޙާލަތެއްގައިވާ ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ. އަދި ކްލައިމެޓް ވަލްނަރަބަލް ފޯރަމުގެ މިހާރުގެ ޗެއާގެ ހައިސިއްޔަތުން ބަންގްލަދޭޝްއިން ކުރަމުންގެންދާ މަސައްކަތްތަކަށް ރައީސް ވަނީ ތަޢުރީފު ކުރައްވާފައެވެ.

މީގެ އިތުރުން، މި އަހަރުގެ ނޮވެންބަރު މަހު ގްލަސްގޯގައި ބާއްވާ ކޮޕް-26 ސަމިޓުން އެދެވޭ ނަތީޖާތަކެއް ނެރުމަށް ބަންގްލަދޭޝްއާއި ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމަށް އުންމީދު ކުރައްވާކަމުގައި ދެބޭފުޅުންވެސް ވިދާޅުވިއެވެ. އަދި ބޮޑުވަޒީރު ޝައިޚް ޙަސީނާ ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަކީ ބަންގްލަދޭޝްއާއި ރާއްޖެއަށްވެސް ނުރައްކަލާ ކުރިމަތިކުރުވާނެ މައްސަލައެއްކަން ފާހަގަކުރައްވައި، އެހެންލީޑަރުންނާއެކު ބާއްވަވާ ބައްދަލުކުރެއްވުންތަކުގައި ވެސް އެކަމާމެދު މަޝްވަރާކުރައްވާނެކަން ހާމަކުރައްވާފައެވެ.

ރައީސް ވަނީ ރޮހިންޔާ މުސްލިމުންގެ ކަންކަންމުގައި ރާއްޖެއިން ބަންގްލަދޭޝައަށް ތާއީދުކުރާކަން ހާމަ ކުރައްވައި، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް މެދުވެރިކޮށް ރޮހިންޔާ މުސްލިމުންނަށް އިންސާފު ހޯދައިދިނުމަށް ބަންގްލަދޭޝް ސަރުކާރާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންއާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ދެ ބޭފުޅުން ވަނީ އައު ދާއިރާތަކުން ދެ ޤައުމުގެ ގުޅުންތައް ބަދަހިކޮށް، ދެ ޤައުމުގެ ދެމެދުގައި އެއަރ ކާރގޯގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރުމަށާއި ވިޔަފާރިއާ ކޮމަރސް އަދި އިކޮނޮމިކް ޑިޕްލޮމަސީ ދާއިރާއިން ގުޅުންބަދަހި ކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެ ޤައުމުން އިސްކަންދޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށާއި، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަ ކުރެއްވުމަށް ވެސް ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހަހަހަހަ

    ބޭބޭ އަދި އެކް ކުރޯޑު ބޮންދު މާލްދިޕްދަނީ. ދެނ

    • Anonymous

      ބެސްޓް ފަރެންޑް ގާތިލު މޯދީއާ ބައްދަލެއް ނުކުރެވުނު ދޯ؟ މޯދީ ހުރި ހޮޓެލް ދޮރުމަތީ ސިކުންނާ އެމެރިކަން އިންޑިއަނުން މުޒާހަރާކުރާތީ ނުވެގެން؟ އެހެންތާވާނީ 10000 ސިކުން މެރުމުގެ ކޭސްގަ އެމެރިކާގެ ކޯޓަކަށް މޯދީ އެއޮތީ ސަމަން ކޮށްފަވިއްޔާ. އަނެއްކޮޅުން 3 ބިލިއަން ހެރޮއިން މައްސޅާގަވެސް މޯދީގެ އަތެއްވާކަމަށް މީޑިޔާގަ ގޮވަމުން އެދަނީ. ދުނިޔޭގެ އެއްވެސް ލީޑަރަކު މޯދީއާ ބައްދަލެއްނުކުރި. އެމެރިކާ ސަރުކާރުން އެގޮވަނީ އަވަހަށް ގައުމަށްދާން. ޔޫއެން ހެޑްކްއަރޓަރ ދޮރުމަތީގަވެސް މުޒާހަރާ. ﷲ ތައާލާ މިފަދަ ނުލަފާ ޖައްލާދުން ފަޟީހަތް ކުރައްވާނީ މިފަދައިން.

  2. ހުހި

    ބޭބޭ އަދި އެކް ކޮރޯޑު ބޮންދު މާލްދިޕް ދަަނީ ދެން އޯކޭ ދޯ؟

    10
  3. ސަޓޯބޯ

    ޜައީސް ނެގި ކަމައް ބުނާ 35 ވާހަކަ ދައްކާ ނިމުނީތޯ ؟
    ދެން ހަމަ މިކަން އޮބުނީތޯ ؟

    16
    1
    • ނާނާ ބެ

      ތިހެން އަންހެނުންނަށް ނާޒުކު ގުނަވަން ދައްކާ ކަރައެއް ދައްކާ ވާހަކަ ތަހުގީގު ކުރަންވެއްޖެޔާ، މިރަށު މޮޔަ އާދަނު ދައްކާ ވާހަކަވެސް ޖެހޭނެ އިންތިގާލީ އޮފީހަށް މައްސަލަ ހުށައަޅަން /// ރައީސް އިބޫގެ ސަރުކާރުން ކޮވިޑް މެނޭޖް ކުރާތަން ފެނިފަ ޕީޕީ ކުދިން ވ މޭކަރާ އަދި ހާއްސަކޮށް އދ ގައި ތަގްރީރު ކުރުމީ އެމެން ވ ދެރަވި ކަމެއް

      2
      8
      • އަލީ

        އަންހެނުންނައް ކުރާ ޖިންސީ ފުރައްސާރަޔާ އަހަރެން ދެކޮޅު. މީގެ ކުރިން ކީ ރައީސް މީހަ ރޮއްވާލަން ދިޔައީ 13 އަންހެނުން ކަމައް. އެކަމަކު އެ ޝަކުވާ ކުރަން ރައީސް މީހަ ކައިރިޔައް ދިޔަ މީހުންގެ ތެރޭ ހިމެނޭ މީހަކު އެބަ ބުނޭ އެތަނައް ދިޔައީ 12 މީހެއް ކަމަށާ އެއީ 8 ފިރިހެނުންނާ 4 އަންހެނުން ކަމައް. އެހެން ވީމަ މިތާ އެބަ އުޅޭ ގޯހެއް!!! ދެން ސަރުކާރުން ކޮވިޑް މެނޭޖް ކުރަން ވެންޓިލޭޓަރުތަކައް ހަދާލި ގޮތުން ހަމަ ރަނގަޅައްވެސް މޭކަރާނެ. ނޭވާ ތާށިވާން ވީމަ ޕީޕީ މީހުން އެކަންޏެއް ނޫން ނޭވާ ތާށިވާނީކީ!!!

  4. ޑިރާސާ

    ދިވެހިރާއްޖެއިން ބާންގާޅިން ބޭރުކުރަން މަޝްވަރާ ކުރަން ނުކެރޭނެ ..

    11
  5. ލލ

    ޤައުމުތަކުގެ ބޮޑުން އަހަރަކު އެއްފަހަރު ޤައުމުގެ ހަޒާނާ ލޫޓުވައިގެން ޗުއްޓީ ހޭދަކުރަން ނިއުޔޯކަށްދާނެ، އެތާގައި ވިޔަފަފާރި މީޓިންތަށް ބޮޑުން ބާއްވާނެ !

    13
  6. އާސިދާ

    މީވާ ސޯލިހެއްތާ

  7. އިތުރު މިތުރު

    ތިވަރުގެ މަތިވެރި ޝަރަފެއް މިޤަރުނުގައިވެސް ލިބިފައެއް ނެތް

  8. ޙަފޯ

    ކޮން ދޮގެއް. ޢިނޑިޔާ ރުއްސަން. އިންޑިޔާގެ ވެކްސިން އެޕްރޫވްކުރަން ޖަހަންގެނައި އެއްލައްކަ ވެކްސިން ހުސްކުރަން ތަރުހީބް ފުރަތަމަ ނުލިބުނީމަ ނިންމީ ބޮންދުން ގަޔައް ޖަހައިގެން ނަމަވެސް ވެކްސިން ހަމަކުރަން ކުރިކަމެއް. ފަހުން އަތައްގޮވީ، އޭގެ ކުރިންހުރީ އެހެން ވެކްސިނެއް ނުވެސް ގެންނަން.