މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީ ހިތަދޫއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެން ވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތަށް އާދައިގެވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައި ވެއެވެ.

މެޓް އޮފީހުން ވަނީ ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ. އެ ސަމާލުގައި ބުނެފައި ވަނީ އެ ސަރަހަައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.

މި ވިއްސާރައާ ގުޅިގެން އައްޑޫގެ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އަދި މިހާރު ސިފައިން ވަނީ އައްޑޫގެ މަގުތަކުގައި ފެން ހިއްކުމުގެ މަސައްކަތް ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިސްވޭ

    މޫސުމަށް އަންނަ ބަދަލު ތަކާއި ކްލައިމެޓް ޗޭންޖްގެ ސަބަބުން އައްޑޫ އަކީ އެއީ މީހުން ދިރިއުޅެން ކަމުނުދާ ތަނެއް ކަން މިހާރު މިވަނީ ސާބިތުވެފައޭ އައްޑޫ މީހުންނަަށް މާލެ ސަރަހައްދުން ބިން ދޭން ތިލަފުށި ބިން ހިއްކާ އަދި ގިރާވަރު ފަޅު ހިއްކާ އަދި އުތުރު ތިލަފަޅު ހިއްކާ އަދި ކޮށްދިއްޕަރުު ފަޅު ހިއްކާ އެތަނުން ގޯތި އެމެންނަށްދީ އަދި އައްޑޫ އަށް ސަރުކާރުގެ ބަޖެޓުން ކުރާ ހުރިހާ ޚަރަދު ތައް ހުއްޓާލާ މިދެންނެވުނު ފަޅު ތައް ހިއްކާ އެތަނަށް އައްޑޫ މީހުން ބަދަލު ކުރަން އިންފްރާ ތަރައްގީ ކުރަންވީއޭ ކްލައިމެޓް ޗޭންޖްގެ ސަބަބުން އައްޑޫ ގައި މީހުން އުޅުން އެއީ ސޭފް ކަމެއް ނޫނޭ މާލެ ސަރަހައްދު އިޓް އިޒް ވަން އޮފް ދަ ވެރީ ބެސްޓް ޕްލޭސް ޓު ލިވް ދޯ އެމޭޒިންގް އެން ފްލޯލެެސް...

    1
    1
    • ހައިރާން

      މީހުން ދިރިއުޅެން އައްޑޫ ކަމުނުދަނީއެއް ނޫން. އައްޑޫ މީހުންނަކީ ހިސާބަށްވުރެ ކަންނެތް ކިބުރުވެރި ބައެއް. އައްޑޫގެ ރަށްރަށުގަ ފެންބޮޑުވާތާ މިހާރު އެތައް ޒަމާނެއް. އެކަށީގެންވާ ހައްލެއް ގެންނާކަށް އައްޑޫމީހުންނެއް ނޫޅޭ. މަގުތަކުގަ ފެންބޮޑުވެ ގޭގެތެރެ ފެންބޮޑުވާއިރުވެސް ބަލަނީ އަގުބޮޑު ކާރާ ސައިކަލް ގަނެ އަގުބޮޑު ހެދުމާ ފޯނު ގަނެގެން އުޅެވޭތޯ.