މޫސުން ގޯސްވުމުގެ ސަބަބުން މިރޭގެ އިދިކޮޅު ކޯލިޝަނުން ބާއްވަން ތާވަލު ކުރި ބޮޑު ޖަލްސާ ކެންސަލްކޮށްފިއެވެ.

އިދިކޮޅު އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަންކަމުގެ ދިފާއުގައި ދިވެހިން ޖަލްސާ ފަސްކޮށްފައިވާ ކަމަށެވެ.

މި ޖަލްސާ ފަށާން ކުރިން ހަމަޖެހިފައި އޮތީ މިރޭ 8:15ގައި ކާނިވާ ސަރަހައްދުގައެވެ.

މި ޖަލްސާގައި ބައިވެރިވުމަށް އިދިކޮޅުން އެދިފައިވެއެވެ. އަދި ޖަލްސާގައި ހާއްސަ ކަންތައްތަކެއް ހިނގާނެ ކަމަށް އިދިކޮޅުން ބުނެފައި ވެއެވެ.

އިދިކޮޅު ކޯލިޝަނުން ގެންދަނީ ކޮންމެ ހަފްތާއެއްގައިވެސް އެކި ނަންނަމުގައި ޖަލްސާތައް ބާއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އޯލްވޭޒް

    އިދިކޮޅު ކޯލިޝަނުން ބާއްވަން ހަމަޖެއްސި ޖަލްސާ ފަސްކޮށްފި ނަމަވެސް މަމެން އުއްމީދު ކުރަމޭ ކޮންމެ ރެއަކު ޕީޕީއެމް އިން ރަައްޔިތުން ހޭލުންތެރި ކުރުވަން ބާއްވާ ޖަލްސާ ބާއްވަމުން ދާނޭ ކަމަށް އެކަން ބަދަލު ކޮށްލަންވީ 8 ގަޑިއިރުގެ 4 ދަންފަޅިއަށް 24 ގަޑިއިރު ޖަލްސާ ބާއްވަންވީއޭ ޕީޕީއެމް އިން އޭގައި ޑިބޭޓް ވެސް ކުރަންވީއޭ މާލެ ސަރަހައްދުން ގޯތި ނުދީ ސަރުކާރުން އުޅޭތީވެ އެކަން ކުރާނެ ގޮތުގެ އީކްއޭޝަން ވެސް ނެރެންވީއޭ ގޯތި ޖަމްއިއްޔާ ވެސް ވަނީ ހޮރަށް ވަދެ ފިލާފައޭ އޫމް އިން ޔުއަރ އައިޒް އައި ކޭން ސްޓިލް ފީލް ދަ ހޮޕް އިން ޔުއަރ އައިޒް އައި ކޭން ސްޓިލް ފީލް އިޓް އައި ކޭން ފީލް އިޓް އެން ވެން ރެއިން ކަމިން ފްރޮމް ދަ ސްކައި އައި ފީލް ޑާންސިންގް އިން ދަ ރެއިން އޮން ޓެރެސް އޯލްވޭޒް އޯލްވޭޒް އޯލްވޭޒް...

    5
    2
  2. ބަރކޫޑާ

    ޖަލްސާކެންސަލް ކުރީތީވެ ހިތާމަކުރަން ރަށްޔަތުންގެ އަތުން ވަށްކަންކުރި ރައީސެއް މިގައުމުގައި ވެރިކަމުގައި ހުރިޔަދީގެންނުވާނެ މިޕާޓީއިން މުޒާހަރާވެސް ކުރަންޖެހޭނެ އަޑުއުފުލަންޖެހޭނެ.

    1
    2
  3. އ . ޖ . އ

    ٱلْحَمْدُ لِلَّٰهِ‎
    އެކަލާނގެ ކޮންމެ ކަމަކަށް ކުޅަދުންވަންތަ.
    މީހުންނަށް ތުރާ ވާނެހެން ކަންކުރީމަ ވާގޮތް ފެނޭތަ؟
    މަގުމަތީގެ އަދަބުތަކަށް އިހުތިރާމު ނުކޮށް ހަމައެއް ލަމައެއް ނެތިއުޅުނީމަ ވާގޮތް ފެނޭތަ؟
    ދުލައް އައިހާ އެއްޗެއް މީހުންނާ ދިމާލަށް ގޮވީމަ ވާގޮތް ފެނޭތަ؟

    1
    3