މީގެ ދެ އަހަރު ކުރިން މާލޭގައި ހުންނަ ކަސްޓޯޑިއަލް ޖަލުން ފިލި މީހަކު ދެ މަސް ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އޭނާ ފިލާފައި ވަނީ ކަސްޓޯޑިއަލް ޖަލު 3 ވަނަ ގޮޅިން 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ދައުލަތުންކޮށްފައި ވަނީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލިކަމުގެ ދައުވާއެވެ. އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަސް ތެރޭގައެވެ. މި މައްސަލާގައި އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ރައްދުވާ ފަރާތުން ވަނީ އޭނާގެ މައްސަލަ ކުރިއަށްގެންދަން ބޭނުންވަނީ އެކަނި ކަމަށް ބުނެފައެވެ. އަދި އެ އަޑުއެހުމުގައި ދައުވާ ލިބޭ ފަރާތަށް ވަނީ އޭނާގެ މައްޗަށް ކަނޑައެޅޭ އަދަބު ހާމަކޮށްފައެވެ.

އަދި ދައުވާ ރައްދުވާ ފަރާތުން އެކަން ސާފްވާ ކަމަށް ބުނެފައިވާއިރު، ދައުވާއަށް އިއުތިރާފްވެ އޭނާ ފިލާފައި ވަނީ ނަފްސުގެ ދިފާއުގައި ކަމަށް ބުނެފައިވާކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.

އަދި އެ މައްސަލަ ޝަރީއަތަށް ސާބިތުވާ މައްސަލައެއް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާއިރު، އޭނާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހަށް ޖަލު ހުކުމެއް އަންނާނެ ކަމަށް ބުނެފައި ވެއެވެ. އެހެން ނަމަވެސް އޭނާ ދައުވާއަށް އިއުތިރާވްފައިވާތީ އަދަބު ލުއިވާ ހާލާތެއް މެދުވެރިވާ ކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ ތިން މަހާއި 18 ދުވަހަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާލެ ޖަލު

    މާލެ ޖަލު ބަލަހައްޓަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކަސްޓޯޑިއަލް ޖަލު (އަތޮޅުވެހި) ބަލަހައްޓަނީ ދިވެހި ފުލުހުންގެ ޚިދުމަތުން