ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާ ކުރިއަށް އޮތް ގަޑިތަކުގައި ވެސް އަދި ކުރަމުން ގެންދާނެތީ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ދެންމެ ހުދު ސަމާލު ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން ލ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. އެސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ މިރޭ މެންދަމު 03:30 އާއި ހަމައަށެވެ. ހުދު ސަމާލު ނެެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި 45 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ލ.އަތޮޅުގެ ދެކުނުގެ އަތޮޅުތަކަށް މިވަގުތު ސަމާލެއް (އެލާޓެއް) ނެެރެފައި ނެތް ނަމަވެސް ދެންމެ ދެކުނުގެ ހަތަރު އަތޮޅުގެ މޫސުން ވެސް ގޯހެވެ. މިއަދު އައްޑު އަށް ވެސް ވަނީ ބޯކޮށް ވާރޭ ވެހި ބައެއް ރަށްތަކުގައި ފެންން ވެސް ބޮޑުވެފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާކުރެއެވެ. އަދި ކަނޑުތަށް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާކުރެއެވެ.
ރާއްޖޭގެ މޫސުން ރަނގަޅު ވާނެ ކަމަށް ލަފާކުރެވެނީ ހަފްތާއެއްހައި ދުވަސް ފަހުންނެވެ.
މުޅި ރާއްޖެ މިއޮތީ ވަރަށް ބޮޑަށް މޫސުން ގޯސްވެފަ ވެރިކަމުގަހުރި މީހަކު ކަޅުފޮށީގަ 35 މިލިޔަން ޑޮލަރު ހިފައިގެން ދިޔަ މޫސުން މިއޮތީ އިއާދަވެފަ ވަރަށްދެރަ...
ޝުކުރިއްޔާ ޝާނީ..