22:07

އިތުރު 126 މީހަކު ކޮވިޑަށް ފައްސިވެއްޖެ

20:00

ށ. އަތޮޅު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 80 އަހަރުގެ މީހަކު ކޮވިޑް-19 ބަލީގައި ނިޔާވެއްޖެ.

16:33

ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 822 މީހަކު މަރުވެއްޖެ

މެއި މަހު ރާއްޖޭގެ އަދަދު އެންމެ ބޮޑަށް ގޯސްވެގެން ދިޔައިރު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވަމުން ދިޔައީ މާލެ އިންނެވެ. ނަމަވެސް ޖޫން މަހުގެ ފުރަތަމަ ހަފްތާއަށް ފަހު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވާ މީހުންގެ އަދަދު އައީ އިތުރުވަމުންނެވެ. ޖުލައި މަހާއި އޮގަސްޓް މަހު މާލޭގެ އަދަދުތައް ދަށަށް ދިޔައިރު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދުތައް ދިޔައީ މަތިވަމުންނެވެ. ނަމަވެސް މިއަދަކީ ފާއިތުވި ތިންމަސް ދުވަހުގެ ތެރޭގައި ވެސް އަތޮޅުތެރެއިން އެންމެ މަދު ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

ކޮވިޑް އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު