ބޮޑު އަޣުލަބިއްޔަތަކުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ހޮވިވަޑައިގަތުމަކީ ބައިނަލްއަގްވާމީ މުޖްތަމައުން އެމަނިކުފާނާއި، ދިވެހިރާއްޖެއާއި މެދު ދެކޭ ގޮތުގެ ނަމޫނާއެއްކަމަށް ބޮޓްސްވާނާގެ ރައީސް މޮކްގްވިސްތީ މަސީސީ ވިދާޅުވެއްޖެއެވެ.

އާއްމު މަޖިލީހުގައި ތަގްރީރުކުރައްވަމުން ބޮޓްސްވާނާގެ ރައީސް ވިދާޅުވީ ޝާހިދު އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިހާބުވެވަޑައިގަތުމަކީ ހައިރާންވާން ޖެހޭކަމެއް ނޫންކަމަށާއި، އޭނާގެ ރިޔާސަތަށް ވަޑައިގަތީ ތަޖުރިބާއާ ގާބިލްކަމާއެކުގައި ކަމަށެވެ.

އަދި ޝާހިދުގެ ޑީޕްލޮމެޓިކް ތަޖުރިބާއާއި، ގާނޫނު ހަދާ މަޖިލީހުގެ ތަޖުރިބާގެ އިތުރުން ސަރުކާރުގެ ތަޖުރިބާގެ އަލީގައި މިއަހަރުގެ އާއްމު މަޖިލީހުގެ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ޔަގީންކުރައްވާކަމަށްވެސް ބޮޓްސްވާނާގެ ރައީސް ވިދާޅުވިއެވެ.

ޝާހިދުގެ މިޝަން ސްޓޭޓްމަންޓްގައި ހިމެނޭ "އުއްމީދުގެ 5 ދޯދި" (ފައިވް ރޭސް އޮފް ހޯޕް) އަކީ މިވަގުތު އިންސާނިއްޔަތަށް ދިމާވެފައިވާ މައްސަލަތަކަށް އޮތް އުއްމީދެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ އުއްމީދުތައް ހާސިލްކުރުމަށް އެމަނިކުފާނާ ގުޅިގެން، އެމަނިކުފާނުގެ ތަސައްވުރާ އެއްގޮތަށް ބޮޓްސްވާނާއިން މަސައްކަތްކުރާނެކަމުގެ ޔަގީންކަންވެސް ބޮޓްސްވާނާގެ ރައީސް ވަނީ ދެއްވާފައެވެ.

ބޮޓްސްވާނާގެ ރައީސް، އާއްމު މަޖިލީހުގައި ތަގްރީރު ކުރައްވަނީ

ޢާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ފެޑެރޭޓެޑް ސްޓޭޓްސް އޮފް މައިކްރޯނީޝިއާގެ ރައީސް ޑޭވިޑް ޕަނުއެއްލޯ ވެސް ވަނީ ޝާހިދަށާއި ރާއްޖެއަށް ތައުރީފުކުރައްވާފައެވެ. އަދި މި ހައްސާސް ދަނޑިވަޅުގައި އދ.ގެ އާއްމު މަޖިލީހުގެ ރިޔާސާތާ، ތަރައްގީވަމުން އަންނަ ކުޑަ ޖަޒީރާ ގައުމެއްގެ ބޭފުޅަކު ހަވާލުވުމަކީ ފާހަގަކުރަން ޖެހޭކަމެއްކަމަށް ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކާ ތިމާވެށީގެ މައްސަލަތަކުގައި ބައިނަލްއަޤްވާމީ މުޖްތަމައުގައި އަޑުއުފުލާ އަދި ގައުމުތަށް ލީޑްކުރާ ގައުމެއްގެ ގޮތުގައި ރާއްޖެ ފާހަގަކުރައްވައި، ދެ ގައުމު އަދި ޖަޒީރާ ގައުމުތައް ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް މައިކްރޯނީޝިއާގެ ރައީސް އަލިއަޅުއްވާލެއްވިއެވެ.

އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ގައުމުތަކުގެ އެންމެ އިސްވެރިން ތަގްރީރުކުރެއްވުން ކުރިއަށްދާއިރު، ސެޝަންގެ ހަވާސާގައި ޝާހިދު ގެންދަވަނީ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ގައުމުތަކުގެ ވެރިންނާއެކު ބައްދަލުކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެލެކުސް

    ބޮޓްސްވާނާ އަދި އަޑުއެހިތަ މިހިރީ. މިގައުމުގެނަން އަދިކިރިޔާ އަޑުއެހީ. ކޮބާ އިންޑިޔާ އެއްޗެކޭ ނުބުނިދޯ؟؟

    1
    1
  2. އެލެކުސް

    ބޮޓްސްވާނާ އަދި އަޑުއެހިތަ މިހިރީ. މިގައުމުގެނަން އަދިކިރިޔާ އަޑުއެހީ. ކޮބާ އިންޑިޔާ އެއްޗެކޭ ނުބުނިދޯ؟؟ މައުމޫނުގެ ސަރުކާރުގަ ކޮއްދިން ކަންތައްތަކުގެ އަސްލު ނަތީޖާ މިފެންނަނީ ގަބޫލު ކުރިޔަސް ނުކުރިޔަސް

  3. ޜާއްޖެ

    ޜާއްޖެ އަށްވުރެ ހާލުގާ އުޅޭ ކުޑަ ދެގައުމަކުން ތިޔަހެން ބުނޭމާ އަޅުގަނޑު ހޭ ނުނެތުނީ ކިރިޔާ

    2
    1