ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް)، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ އަނބުރާ ބެހިފައިވާތީވެ ދައުވާކުރަން ނިންމައިފިއެވެ.

އަކްރަމް، ހަލީމްއާ ދެކޮޅަށް އަނބުރުގެ ދައުވާ ކުރާ ހިސާބަށް މި ދިޔައީ މަޖިލީހުގެ ޖަލްސާއެއްގައި އަކްރަމްއާ ގުޅުވައި، ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ. ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ހަލީމް ވިދާޅުވީ ގައުމީ މަޖިލީހަށް އަކުރަމް އިންތިހާބުވެ ވަޑައިގަންނަވައިފިނަމަ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ވާހަކަ ދެއްކުމާއި ދެކޮޅަށް އަކްރަމް ނިކުމުވަޑައިގަންނަވާނެ ކަމަށެވެ.

"ހިޔާނާތުގެ މައްސަލައާ ދެކޮޅަށް އަކްރަމް ނިކުންނާނެކަން ޔަގީން،" ދޮންބިލަތް ވިދާޅުވިއެވެ.

މިއަދު ކުރިއަށްދާ އެމްޑީޕިގެ ގައުމީ އިންތިހާބުގައި މާލޭ ދާއިރާގެ ރައިސްކަމަށް ވާދަކުރައްވާ އަކްރަމް "ވަގުތު"އަށް ވިދާޅުވީ ހަލީމް ދެއްކެވި ވާހަކަތަކަކީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ދައްކަވާފައިވާ ވާހަކަތައް ކަމަށެވެ. އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ސީދާ އަބުރަށް އަރައިގަތީ. އޭނާއާ ދެކޮޅަށް އަނބުރުގެ ދައުވާ ކުރާނަން" އަކްރަމް ވިދާޅުވިއެވެ.

އިންތިހާބުވެވަޑައިގެންނެވިޔަސް ހިޔާނާތާ ދެކޮޅަށް އަޑު އުފުއްލަވާނެ ކަމަށާއި އެގޮތުގައި އަބަދުވެސް ދެމި ހުންނަވާނެކަމުގެ ޔަގީންކަން އަކްރަމް ވަނީ ދެއްވާފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ލިސްޓު އެ ޕާޓީން އާންމު ކުރިއިރު ފުރަތަމަ އަކްރަމްގެ ނަމެއް ނެތެވެ. ލިސްޓުން އަކްރަމްގެ ނަން އުނިކުރީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މަންފާ ލިބުނު މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތުމުންނެވެ. ނަމަވެސް ފަހުން އެ ނިންމުން މުރާޖައުކޮށް ދިނުމަށް ހުށަހެޅުމުން، އަލަށް އިންތިހާބުވި އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ވަނީ އޭނާއަށް ވާދަކުރެވޭނެ ކަމަށް ނިންމާފައެވެ.

ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެންމެ އިސް ގުނަވަން ކަމުގައިވާ ގައުމީ މަޖިލީހުގެ މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވަން ޖެހޭ އެތެރޭގެ މި އިންތިޚާބު ފެށީ މިއަދު ހެނދުނު 9:00 ޖަހާކަށް ހާއިރެވެ. އަދި ހަވީރު 5:00 ޖަހަން ދެން އިންތިޚާބު ކުރިއަށް ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މޮޔަ ނުގޮވާ، މިހާރު ނޮއޮންނާނެ އަބުރުގެ ދައުވާކުރެވޭ ގާނޫނެއް، އެގާނޫނުވެސް ކެންސަލްކުރީ ކަލޭނެން ރައްލާޖެހި ލާދީނީ އެމްޑީޕީން، ކަލޭމެން ހަޖަމުނުވެގެން އިދިކޮޅު މީހުންގެ އަބުރާބެހެންވެގެން، މިހާރު ތިއޮތީ އަމިއްލަ އަތުންފޭހި ލޮންސި އަމިއްލަ ލޮލަށްހެރިފަ

  2. ާައަހުމަދު

    މަޖިލީހުގަ ދައްކާވާހަކަޔަކުން ދައުވާ ކުރެވޭތޯ؟