މާލޭގެ އެންމެ ބޮޑު ޕާކިންގ ޒޯން ކާނިވާ ސަރަހައްދުގައި ތަރައްގީ ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

އެ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު، އެ މަސައްކަތް ކުރިއަށްދާ ގޮތް މާލެ ސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒުވެސް ދަނީ ގާތުން ބައްލަވަމުންނެވެ.

ކުރިންވެސް ޕާކިންގ އަށް ބޭނުން ކުރަމުން އައި ކާނިވާ ސަރަހައްދުގައި ޕާކް ކުރުމުގެ ކަންކަން އޮންނަނީ ހަމައެއް ލަމައެއް ނެތިއެވެ. އެހެން ނަމަވެސް އެތަނުގައި ތަރައްގީ ކުރަމުންދާ ޕާކިންގ ޒޯނާއެކު އެމައްސަލައަށް ހައްލު ލިބިގެންދާނެއެވެ.

ސިޓީ ކައުންސިލުން ބުނެފައިވާގޮތުގައި، އެ ސަރަހައްދުގައި އެއްފަހަރާ 500 ސައިކަލާއި 55 ކާރު ޕާކުކުރެވޭނެއެވެ. އެ ޕާކިންގ ޒޯން ތަރައްގީ ކުރަމުން ދަނީ ފަސްގަނޑު އެއްވަރު ކުރުމާއި ގާ އަތުރައިގެންނެވެ.

މާލޭގެ ޕާކިންގްއަށް ހައްލެއް ހޯދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ޕާކިންގް އިމާރާތްތަކެއް ގާއިމް ކުރާނެ ކަމަށް 2019 ގެ ޑިސެމްބަރު މަހު ޓްރާންސްޕޯޓް މިނިސްޓަރު، އައިޝަތު ނަހުލާ ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކުރުމަށް ފައިސާ ހޯދާނީ ބޭރުގެ އެހީގައި ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަވާސާ އިބޫ

    ޕާކިންޒޯން ހަދައިދީފައި މީހުންއެވެއަރކުރަންޖެހޭ ކޮންމެ މީހަކުވެސް ބޭނުންވަނީ ދޮރުމަތީގައި ޕާރކުކުރަން މިއާދަކާދަ ކަނޑުވާލަންޖެހޭ ، ޕާރކިން ސަރަހަދުން 4 ނުވަރ 3 މިނެއްޓުން ހިންގާލާފަ އެދާންބޭނުންވާތަނަށް ދެވެންޏާ އޯކޭވާންޖެހޭ! މިއީވަރަށް ކުޑަތަންކޮޅެއް!