28 ޖުލައި 2017 ވަނަ ދުވަހު ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރައްޔިތުން ނިކުމެ، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ޤާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމުގެ ތުހުމަތުގައި މިރޭ ފުލުސް އޮފީހަށް ހާޒިރު ވުމަށް މުސްތަފާއަށް އަންގައިފިއެވެ.

މުސްތަފާ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖެޓީވީގެ މައްސަލައާ ގުޅިގެން ފުލުހަށް ހާޒިރުވުމަށް ޗިޓް ލިބިފައިވާ ކަމަށާއި އެ މައްސަލާގައި ބަޔާންވެސް ދެއްވާ ނިންމާފައިވާ ކަމަށާއި އެއަށްފަހު ވެސް ފުލުހަށް ހާޒިރުކުރަނީ ކީއްކުރަންތޯ މުސްތަފާ ވަނީ ސުވާލު އުފައްދަވާފައެވެ.

މުސްތަފާގެ މައްޗަށް ތުހުމަތުކުރާ އެ ވާހަކަތަކާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަ ބަލައި ރާއްޖެ ޓީވީ ވަނީ ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާ ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ދޫނުކުރާތި އުމުރުދުވަހައް ބަހައްޓާތި

  2. Anonymous

    ފައިގަ އެކަންޏެއްނޫން ރޯނުގަނޑު އައްސަންވީ. ހަތަރެސްފައި ގުޑުވާނުލެވޭވަރައް މުޅިގައިގަ ރޯނުގަނޑު ބަނދެފަ ބަހައްޓަންވީ

  3. ހަމީދު ވީ

    ކޮންމެގޮތެއްވިޔަސް 1 ފެބްރ ގައި ނެރުނު އަމުރު ވަނި ޕްރޮޕަގެންޑާ ފަތުރާ ޓީވީ ރާ އަދި ސަންގަށް އިނގިފައި އަދި އިދިކޮޅަށްވެސް އިނގިފައި އެހެންވީމާ ކުރަންއުޅުނީ ހަމަ ބަޤާވަތެއް މިކަމުގެ އަޑީގަ ތިބި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަން ގޮވާލަން. މަހުލޫފް، ޝާހިދު، ފާހަނގަ ކޮށްލަން