އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަނާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ވާދަވެރިކަން ބޮޑު އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް، ރައީސް ސޯލިހް ފެކްޝަންގެ ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް އިންތިހާބުވެއްޖެއެވެ.

އެ ދާއިރާގެ ހުރިހާ ވޯޓު ފޮއްޓެގެވެސް ކުރީގައި އުޅުއްވާ ކަމަށް ފާހަގަކުރެވެނީ މަހްލޫފެެވެ

މަހްލޫފަށް އެ އިންތިހާބުގައި ވާދަކުރައްްވަން ފުރުސަތު ލިބިވަޑައިގެންފައި ވަނީ ވަރަށް ފަހުންނެވެ. އެެއީ މަހްލޫފްގެ މައްޗަށް ކުރެވޭ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައަކާއި ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން އޭނާ ހުންނެވީ މަގާމުގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑްކޮށްފައެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެންމެ އިސް ގުނަވަން ކަމުގައިވާ ގައުމީ މަޖިލީހުގެ މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވަން ޖެހޭ އެތެރޭގެ މި އިންތިހާބު ފެށީ މިއަދު ހެނދުނު އެވެ.

އެމްޑީޕީ ވެރިކަމުގައި އޮންނަ ނަމަ، ޕާޓީގެ ގައުމީ މަޖިލިސް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރުންނާއި އެމްޑީޕީގެ ލީޑާޝިޕްއާއި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، ދާއިރާތަކުގެ ރައީސުންނާއި، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރު އަދި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް ހިމެނޭ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އޮޅާލީތޭ

    ކުންފުނި ތަކުގެ ވެރިން އެމެން މަގާމް ގައި ތިބެގެން އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ޚާއްސަ ކޮށް ރާއްޖެތެރޭ ރަށްރަށުން ވޯޓް ހޯދުމުގެ އިންތިޚާބުގައި ބައިވެރިވުން އެއީ ސީދާ ކޮރަޕްޝަނާއި ފަސާދައޭ ތިޔާ ކުންފުނި ތަކުގެ ވެރިންނަކީ އެއީ މާލެ ސަރަހައްދުގައި އަމިއްލަ ވިޔަފާރި އެއް ކުރާ ބައެއް ނޫނޭ އަދި އަމިއްލަ މީހެއް ގާތު ވަޒީފާ އެއް އަދާ ކުރެވުނު ބައެއް ނޫނޭ ދެން އެމެން ސަރުކާރުގެ ކުންފުނި ތަކުގެ ބޮޑުންނަށް ވުމުން މަލްޓި ބިލިއަނަަރުންނަށް ވަނީ ބަދަލުވެފައޭ ސަރުކާރުން ޒީރޯ ޓޮލެެެރެންސް މާނަކުރަނީ ކިހިނެއްތޭ ތަމެންގެ ވެރިކަމުގައި ތަމެން މިއޮތީ ޒީރޯ ޓޮލެރެންސް އޮޅާލާފައޭ އިނގޭތޭ...

  2. އޮޅާލާ

    މިވެރިކަން ފެށުނުއިރު ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތް ހަދަންވެގެން ތިމާވެށި މިނިސްޓަރު ލޯ ބޮޑު ކަޅު އައިނު އަޅައިގެން ރައީސް އޮފީސް ތެރެެއަށް ވަދެ ވީއާރ އިން ބްލެކް ތިއަރީ ބޭނުން ކޮށްގެން ލިޔުނު ޒީރޯ ޓޮލެރެންސް މިއޮތީ އޮޅާލާ އޮޅާލާ ރައީސް އޮފީސް ފާރު ބުޑަށް ޖަހާފައޭ ސަރުކާރުގެ ކުންފުނި ތަކުގެ ވެރިން އެމަގާމް ގައި ތިބެގެން ގުޑް ގަވަރނެންސްގެ ކޯރޑް އޮފް ޕްރެކްޓިސް ދަށުން އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި ވާދަ ނުކުރެވޭނެއޭ އިންތިޚާބު ބާތިލް ކުރަން ޖެހޭނީ ތިޔާއީ ސީދާ ވައްކަން ކޮށްގެން ހޯދާ މަގާމް ތަކޭ ސަރުކާރުގެ މިނިސްޓަރުން މިނިސްޓަރު ކަމުން ޖެހޭނީ ވަކި ކުރަން ނޫން ނަމަ އިންތިޚާބު ޖެހޭނީ ބާތިލް ކުރަން އެނޫން ނަމަ ޒީރޯ ޓޮލެރެންސް އޮޅާލާ މިނިސްޓަރުން ބެކަށް ޖަހާ...

  3. ބާތިލްކުރޭ

    ސަރުކާރުގެ ކުންފުނި ތަކުގެ ވެރިން އެމްޑީޕީ ގެ އޮރިޖިނަލް ޑީއެންއޭ ހުރި އެމްޑީޕީގެ ގްރާސް ރޫޓް ލެވެލްގެ އެކްޓިވިސްޓުން ނާއި އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ވާދަ ކުރިއިރު އެއީ ދެއުއިޅި އެއްނުވާ އިންތިޚާބެކޭ އެއްކޮޅުން އެމްޑީޕީގެ އާންމު މެމްބަރެއް ސަރުކާރުގެ ޚަޒާނާ އެއް ނެތް އޭނާ އަތުގައި އަނެއް ކޮޅުން ސަރުކާރުގެ ޚަޒާނާގައި ހުރި ފައިސާ ނަގައިގެން ކެމްޕެއިން ކުރަން ކުންފުނި ތަކުގެ ބޮޑުން ތައް ކަޅު އައިނު އަޅައިގެން ނިކުމެ މި އިންސާފުވެރިވާނެ ގޮތެއް ނެތޭ ނެތޭ އިންތިޚާބު އިންސާފުވެރި ނޫނޭ އިންސާފުވެރި ނޫނޭ އިންތިޚާބަކީ ވަގު ވޯޓް ލައިގެން ވޯޓް އިން ވައްކަން ކޮށްގެން ސަރުކާރުގެ މިނިސްޓަރުންނާއި ސަރުކާރުގެ ކުންފުނި ތަކުގެ ބޮޑުން އަމިއްލަ އަށް ހޮވިގެން އުޅޭ އިންތިޚާބެކޭ މިއިންތިޚާބުގެ ނަތީޖާ ޖެހޭނީ ބާތިލް ކުރަން ކޯޓަށް މިމައްސަލަ ހުށައަޅައިގެން ނަމަވެސް މިކަމަށް ހައްލެއް ބޭނުންވެއޭ...

  4. ބާތިލްކުރޭ

    އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި ވަޒިރުން އަދި މަޖްލީހުގެ މެމްބަރުން ނުޖެހޭނެއޭ ވާދަ ކުރަން އެފެތޭނީ ކޮންފްލިކްޓް އޮފް އިންޓަރެސްޓް ގޮޅިއަށޭ ވަޒީރު ކަމުގައި ތިބެގެން އެމްޑީޕީ އެތެރޭގެ އިންތިޚާބު ކާމިޔާބު ކުރި ހުރިހާ ވަޒީރުންގެ އިންތިޚާބުވި މަގާމް ޒީރޯ ޓޮލެރެންސްގެ ކޯރޑް އޮފް ޕްރެކްޓިސް ބުނާ ގޮތުން ނަމަ އެވާން ޖެހޭނީ ބާތިލްއޭ މިކަން ކޯޓުން ވެސް މިގޮތަށް ސާބިތު ކުރެވޭނެއޭ ސަރުކާރުން ވަނީ ކުރިން ޒީރޯ ޓޮލެރެންސް އިއުލާންކޮށްފައޭ ބާތިލް ކުރަން ޖެހޭނީ އިންތިޚާބު ކޯޓަށް ގޮސް ފިނަމަ ވަޒީރުންހޮވުުނު މަގާމް ތައް ޖެހޭނީ ބާތިލް ކުރަން ސަބަަބަކީ ސަރުކާރުން ކުރީގައި ވަނީ ޒީރޯ ޓޮލެރެންސް އިއުލާން ކޮށް އޭގައި ހުރިހާ މިނިސްޓަރުން ސޮއި ކޮށްފައޭ...

  5. ބަލާތި

    ރައީސް އިބޫ އަށް ރައީސް ނަޝީދުގެ މައްޗަށް ކުރި ހޯދުނީ އެއީ ސަރުކާރުގެ ރިސޯރސް ތަކާއި ފައިސާ ނަހަމަ ގޮތުގައި އިންތިޚާބުގައި ބޭނުން ކޮށްގެންނޭ އެގޮތަށް އެކަން ކޮށްފައިވާ ކަން އެެހެރީ ސާބިތު ހެކި ތަކުން ފެންނާން މިނިސްޓަރުން އަދި ސަރުކާރުގެ ފަޅިއަށް ތާއީދު ކުރާ އެމްޕީން އަދި ސަރުކާރުގެ ކުންފުނި ތަކުގެ ވެރިން ކާމިޔާބު ކުރި ހުރިހާ ގޮނޑި ތައް ޒީރޯ ޓޮލެރެންސްގެ ދަށުން ވާން ޖެހޭނީ ބާތިލް ސަބަބަކީ އެއީ ޒީރޯ ޓޮލެރެންސްގެ ދަށުން އެމެންނަށް އިންތިޚާބުގައި ކުރިމަތި ނުލެވޭނެއޭ އެއީވާނެ ކަމެއްނޫނޭ...

  6. ބޭނުމޭ

    މިނިސްޓަރުންނަށް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަ ކުރެވިގެން ނުވާނެއޭ ޒީރޯ ޓޮލެރެންސްގެ ދަށުން ވާދަ ކުރާނަމަ ކުރަން ޖެހޭނީ މިނިސްޓަރުން ނާއި މިނިސްޓަރުންނާއިއޭ އެމްޑީޕީގެ އާދައިގެ މީހަކާއި މިނިސްޓަރަކާއި މަގާމް ގައި ހުރެގެން ވާދަ ކުރުން އެއީ އެކަން ވާން ޖެހޭނެ ގޮތެއް ނޫނޭ ތިޔާ އިންތިޚާބުގެ ސާފު ކަމާއި ކޮރަޕްޝަން ނުހިމެނޭ ކަމަށް ގަބޫލު ނުކުރެވެއޭ މިިނިސްޓަރުން އިންތިޚާބު ކާމިޔާބު ކުރި ގޮތް ޒީރޯ ޓޮލެރެންސަށް ނުފެތޭތީވެ ކޯޓުގެ ހުކުމެއް ތިކަމަށް ބޭނުންވާނެއޭ...

  7. ބާތިލޭ

    މަޚްލޫފު ވެސް އަމީރު ވެސް ފައްޔާޒު ވެސް ހޮވުުނު މަގާމަކީ އެއީ މަގާމްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ހޯދި މަގާމް ތަކަށްވާތީވެ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މިނިސްޓަރުން ވާދަ ކޮށްގެން އެމެން ކާމިޔާބު ކުރި ހުރިހާ ގޮނޑި ތައް ޖެހޭނީ އެމްޑީޕީގެ ރައީސްގެ ގަރާރަކުން ބާތިލް ކުރާށޭ އެއީ ސަރުކާރުގެ ޚަޒާނާއިން ވައްކަން ކޮށްގެން އެމެން ހޮވިފައިވާ މަގާމް ތަކޭ ދެން މިިނިސްޓަރު ކަމުގައި ތިބެން އެމެން ރިޓެއިނިންގް ލައިސެންސް އަކަށް ބޭނުންކުރާނީ ދެންއޮތީ އެމެން ވައްކަން ކުރުން ބާތިލްކުރޭ