ށ. އަތޮޅު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 80 އަހަރުގެ މީހަކު ކޮވިޑް-19 ބަލީގައި ނިޔާވެއްޖެއެވެ،

ނިޔާވެފައި ވަނީ ދިވެހި ފިރިހެނެކެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް ދަށަށް ދިޔަ ނަމަވެސް، މި މަހު މިހާތަނަށް ނިޔާވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މި މަހު މިހާތަަނަށް އެ ބަލީގައި ފަސް މީހަކު ވަނީ ނިޔާވެފައެވެ.

އެޗްޕީއޭ އިން ވިދާޅުވީ، އެ މީހާ ކޮވިޑްގައި ނިޔާވެފައި ވަނީ މިއަދު މެންދުރު 2:30 ގައި ކަމަށެވެ. މިއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 231 އަށް އަރާފައެވެ.