ވެމްކޯއިން ހިދުމަތް ދެމުން އަންނަ ގެއެއްގެ ސިޑި މައްޗަށް ކުޑަކަމުދިޔައީ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފެއް ކަމަށާއި އެކަމާއި ގުޅިގެން އެކަން ހިނގާދިޔަ ގޭބިސީ އަށް ގޮސް މައާފަށް އެދިފައިވާ ކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ.

ވެމްކޯއިން އެގޮތަށް ބުނެފައިވަނީ މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެގޮތުން ވެމްކޯއިން ބުނީ، ދައުރު ކުރަމުންދާ އެކޯޕަރޭޝަންގެ ވެށިފާރަވެރިއެއް ހިމެނޭ ވީޑިއޯއާއި ގުޅިގެން މައްސަލަ ރައްދުވާ ކަސްޓަމަރާއި، މައްސަލަ ދިމާވި ގޭބިސީއަށް އެ ކޯޕަރޭޝަންގެ މުވައްޒަފުން ޒިޔާރަތްކޮށް، މައްސަލަ ހިނގިގޮތް ބަލައި ކަސްޓަމަރުގ އަރިހުން މައާފަށް އެދިފައިވާ ކަމަށެވެ.

އެފަދަ ކަމެއް ތަކުރާރު ނުވާނެ ފަދަ ގޮތަކަށް ޚިދުމަތްތައް ބައްޓަން ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

ވެމްކޯއިން ބުނީ، އެމައްސަލާގައި ޝާމިލުވެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފެއް ކަމަށެވެ.

"މިމައްސަލައިގައި ޝަމިލްވާ ވެށިފާރަވެރިޔާ އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ވީނަމަވެސް، އެފަދަ އެއްވެސް އަމަލެއް އެމުވައްޒަފުގެ ފަރާތުން ކުރިން ފާހަގަވެފައި ނުވާކަން ދަންނަވަން" ވެމްކޯއިން ބުންޏެވެ.

ކުންފުނީގެ އިޖްތިމާޢި ޒިންމާގެ ދަށުން އެފަދަ އެކި ފަރުދުން ވެމްކޯގެ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވެ މަސްއޫލުވަމުން ކަމަށް ވެމްކޯ ވަނީ ބުނެފައެވެ.

މިހާދިސާއާއި ގުޅިގެން މައްސަލައިގެ ބާވަތަށް ބަލައި އެމުވައްޒަފު ވަގުތީ ގޮތުން އެ ކޯޕަރޭޝަންގެ ހައުސްހޯލްޑް އޮޕަރޭޝަންތަކުން އެކަހެރިކޮށްފައިވާ ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.

ވެމްކޯ އިން ވަނީ އެ މައްސަލަ ބަލަމުންދާ މިދަނޑިވަޅުގައި ހަގީގަތް އޮޅޭ ގޮތަށް އަދި ވެމްކޯގެ އެއްވެސް މުވައްޒަފަކަށް ކުޑައިމީސްކޮށް ހަބަރު ނުފެތުރުމަށް އެދިފައެވެ. އަދި ރައްޔިތުންގެ ހިދުމަތުގައި އެކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް ކަސްޓަމަރުންގެ އަރިހުން ފޯރުކޮށްދޭ އެއްބާރުލުމާއި ބަހައްޓަވާ ގާތްކަން އުފަލާއި އެކީ ބަލައިގަންނަ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ރަބަރޭ

  ތިޔައިމާރާތައް ހަދަންއުޅޭ ބަންގާޅީން ތިޔަބާވަތުގެ ކަންތައްތައް ކުރާލެއް މަދެއް ނުވާނެ ތިޔައިމާރާތް ތެރެއަށް ޟުކުރިއްޔާ ބުރޯ

  5
  1
 2. ޗުވީޓް

  ޗީޑިދެން. ވެމްކޯ މީހުން ތީ ގަޑިއަށް ކުނި ބަލާ އަންނަ ބައެއްވެސް ނޫން ބޮޑު މުސާރަ ނަގައިގެން ތިބެނީ

  6
  6
 3. ވަޠަނަބޭ

  ވެމްކޯ ގައި މަސައްކަތް ކުރައްވާ ބޭފުޅުން ބޭފުޅުންނަކީ ވަރައް ހިތްވަރުގަދަ އެހާމެ ކެތްތެރި ބަޔެއްކަމުގައި އަޅުގަނޑު ގަބޫލުކުރަން. ދިވެހިންގެ ތެރޭގައި އޮތް އެތަކެއް އަހަރުވީ ވިސްނުމެއް ބަދަލުކޮށްލަދިން ހިތްވަރުގަދަ ފަހުލަވާނުންތަމެއް ތިޔައީ! ތިޔަބޭފުޅުން ތިޔަ ސާބިތު ކޮށްދެއްވަނީ ދިވެހިންނަށް ނުކުރެވޭނެ ކަމެއް ދިވެހިރާއްޖޭގައި ނެތްކަން.! ވެމްކޯ ގައި ކުނިއުކަން ތިއްބެވީ އެހެން ވަޒީފާތައް ވެސް އަދާކުރެވޭ ވަރުގެ ތައުލީމާއި ހުނަރު ވެސް ހުރިބޭފުލުން. ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި ފިހާރައެއްގެ ކޭޝިއަރަކަށް މަސައްކަތް ކުރެއްވަނިމޮށް އަޅުގަނޑު ދެކުނު ބޭފުޅެއްވެސް އެބައުޅުއްވާ ުު ކުނި ނެންގެވުމުގެ މަސައްކަތުގައި.
  ވެމްކޯ ގެ ޓީމަށް އަޅުގަނޑު ވަރަށް އިޙުތިރާމް ކުރަން!

 4. Anonymous

  ބިލް ނުބައިކޮއް ފޮނުވައިގެން ބިލް ނުދައްކާ އޮވެގެން ކުނިނެގުން ހުއްޓާލާފަ، ކުނި ގޮނޑައް ކުނި ކޮތަޅު ހިފައިގެން ދިޔައީމަ 10 ރުފިޔާ ކޮތަޅަކައް.