މިއަދު ރާއްޖެ އިން އިތުރު 126 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މާލެ އިން 32 މީހުން ފައްސިވިއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 88 މީހުން ފައްސިވިއެވެ. އަދި އިތުރު ހަތަރު މީހަކު ރިސޯޓްތަކުން ފައްސިވިއެވެ.

މިއަދު ފައްސިވެފައިވާ 126 މީހުންނަކީ ފާއިތުވި 24 ގަޑިއިރު ތެރޭ ކޮވިޑަށް ޓެސްޓު ކުރި 3،893 މީހުންގެ ތެރެއިން ފައްސިވެފައިވާ މީހުންނެވެ.

މިހާރު ރާއްޖޭގައި 1،614 މީހުން ކޮވިޑް ޖެހިފައި އެބަތިއްބެވެ. އޭގެތެރެއިން 15 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 84،290 އަށް އަރާފައިވާއިރު، މިހާތަނަށް މި ބަލިން 82،432 މީހަކު ވަނީ ރަނގަޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު