އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާގެ ރައީސް ކަމަށް ވާދަކުރެއްވި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ބަލިކޮށް އަންސަރު މޫސާ ކާމިޔާބު ކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިންގެ ފިރިކަލުން ނާޒިލަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފެކްޝަންގެ ބޭފުޅެކެވެ. އަދި އަންސަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުގެ ބޭފުޅެކެވެ.

އަންސަރު މޫސާ (ވ)

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެންމެ އިސް ގުނަވަން ކަމުގައިވާ ގައުމީ މަޖިލީހުގެ މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވަން ޖެހޭ އެތެރޭގެ މި އިންތިހާބު ފެށީ މިއަދު ހެނދުނު އެވެ. ބައެއް ރަށްތަކުގައި ވޯޓުލުން ނިމިފައިވާއިރު، މިހާރު ވަނީ ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށާފައެވެ.

މިއިންތިހާބުން ނާޒިލް ބަލިވެފައިވާއިރު، އޭނާ އަކީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މުޅި ރާއްޖޭއިން އެންމެ ގިނަ ވޯޓު ހޯދައި ގޮނޑި ކަށަވަރު ކޮށްފައިވާ އެއް މެމްބަރެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މަރުހަބާ އަންސަރާ.ކޮބާ ނާޒިލް ދެން ވެލިކާގަން.

    12
    4
  2. ފފފ

    އެމްޑީޕީ މީހުން ނަކީ ނަޝީދޯ
    އެމީހުން ނުވިކޭނެޔޯ
    އެކަމަކު އާރާ ބާރާނެތިއްޔާ އެއްވެސް މީހަކީ މީހެއް ނޫންކަން ނަޝީދަށް ދައްކުވައިދިނީ
    ވަކިމީހަކަށް ބައިއަތު ހިފައިގެން އުޅޭމީހުނަށް ފިލާވަޅަކަށް ވުމަކީ އެކަށީގެންވާ ކަމެއް
    އަހަރެމެން ބައިއަތު ހިފާނީ ﷲ އަށާއި ރަސޫލާއަށް (ދީނަށް)

  3. ޣ

    ކޮބާނާޒިލު މިފަހަރުމިއެގުނީ ރަތްޔަތުންނައް ކަމުނުދާކަން.

    7
    2
  4. ދަރަނި ދަންތުރަ

    މަޖިލީހުގެ އިންތިހާބުގައި ވޯޓުން ވަށްކަންކުރިވަރު ފެއްނަން މިއޮތީ ...

    2
    1