އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީގައި ތަމްރީން ހަދަމުން ދަނިކޮށް މިއަދު ނިޔާވި ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން ނިޔާވީ އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި ވެއްޓިގެން ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ސުލްތާން ނިޔާވެފައި ވަނީ ނޭޝަނަލް ޑިފެންސް އެކެޑެމީގެ، ކޭމްޕް ގްރީންހޯންގައި މިއަދު އޮތް އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި ވެއްޓިގެން ކަމަށެވެ. ސުލްތާން ވެއްޓުމާއި އެކީ އެމަޖެންސީގައި 13:58 ގައި އޭނާ ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ނިޔާވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

"ސްޕިޓަލަށް ގެންދެވުނުއިރުވެސް ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާނު ވަނީ ނިޔާވެފައެވެ." އެމްއެންޑީއެފުން ވިދާޅުވިއެވެ.

ސުލްތާން ސިފައިންގެ ހިދުމަތާއި ގުޅުނީ އޭޕްރީލް 8، 2018 ގައެވެ. އޭނާ މަރުވިއިރު ފުރިހަމަ ކުރަމުން ދިޔައީ މާޗް 1، 2021 އިން މާޗް 15، 2024 އަށް ޕޫނޭ ނޭޝަނަލް ޑިފެންސް އެކަޑަމީގައި ކުރިއަށްދާ 145 ވަނަ އޮފިސަރު ކެޑޭޓް ކޯހެވެ.

ކޯހަކަށް ދިއުމުގެ ކުރީން ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން މަސައްކަތް ކުރަމުން ގެންދިޔައީ އިންޓަގްރޭޓެޑް ހެޑްކްއޯޓާޒް (ޖޭ-1) ގައި ކަަމަށް އެމްއެންޑީއެފުން ބުންޏެވެ. ލާންސް ކޯޕްރަލް ރޭންކު މުހައްމަދު ސުލްތާނަށް ލިބިފައިވަނީ ކޯސް ފުރިހަމަ ކުރަން އިންޑިއާގައި ހުއްޓައެވެ.

އެމްއެންޑީއެފުން ބުނީ ސުލްތާންގެ ހަށިގަނޑު މާލެ ގައުމަށް ސިފައިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގައުމު

    މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައިފާނދޭ..!

    46
    • މިނަކު

      އާމީން

  2. Anonymous

    ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާނދޭ. އާމީން.