އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަނާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ވާދަވެރިކަން ބޮޑު އެ ޕާޓީގެ އެތެރޭގެ އިންތިޚާބު ރައީސް ސޯލިހްގެ ފެކްޝަނުން ކާމިޔާބުކޮށްފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން ގައުމީ މަޖިލިސް އިންތިހާބުގައި 97 ގޮނޑީގެ ތެރެއިން މިހާރު ރައީސް ސޯލިހް ފެކްޝަންގެ 66 ގޮނޑި ލިބިގެން އޮތީ ކުރީގައެވެ. ނަޝީދު ފެކްޝަން އަށް ލިބިފައި ވަނީ އެންމެ 33 ގޮނޑިއެވެ.

މި 97 ގޮނޑީގެ އިތުރުން އިންތިހާބަކާ ނުލައި ބައެއް ކެންޑިޑޭޓުންނަށް ގޮނޑިތައް ވަނީ ކަށަވަރުވެފައެވެ. ވޯޓަކަށް ނުގޮސް އިންތިހާބުވި ކެންޑިޑޭޓުންގެ ތެރޭގައި ވަޒީރުންނާއި މަޖިލިހުގެ ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.

މި އަދަދުތަކާ އެކުގައި ރައީސް ސޯލިހްގެ ފެކްޝަނަށް 100 އަށް ވުރެ ގިނަ ގޮނޑި ގައުމީ މަޖިލިހުން އެކަނި ލިބޭނެ ކަމަށް ބެލެވެއެވެ.

މިހާތަނަށް ގުނި ނަތީޖާތައް ދައްކާ ގޮތުގައި ރައީސް ސޯލިހް ފެކްޝަނަށް %68 ގޮނޑި ލިބުނު އިރު، ނަޝީދު ފެކްޝަނަށް ލިބިފައި ވަނީ %32 ގޮނޑިއެވެ.

މި އިންތިހާބުގައި އެންމެ ހައިރާން ކުރުވަނިވި ނަތީޖާއެއް ނުކުތީ މާލެ ދާއިރާ އިންނެވެ. މިއަދު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި، މާލެ ދާއިރާގެ ރައީސްކަމަށް ކުރިމަތިލެއްވި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ބަލިކޮށް، އެ ގޮނޑި ކާމިޔާބު ކުރީ އެ ގޮނޑި މިހާރު ވެސް ފުރުއްވަމުން ގެންދަވާ މާލޭގެ ކުރީގެ މޭޔަރު ސިފާ މުހައްމަދުއެވެ.

އަކްރަމްގެ މައްޗަށް ސިފާ ކާމިޔާބު ހޯއްދެވިއިރު، އަކްރަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ އިސްބޭފުޅެކެވެ. ސިފާއަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ބޭފުޅެކެވެ.

ރައީސް ސޯލިހާއި ނަޝީދާ ދެމެދު ހިޔާލު ތަފާތުވުން ބޮޑުވެ، ޕާޓީގެ ތެރޭގައި ދެ ބޭފުޅުންނަށް ތާއީދުކުރައްވާ ފެކްޝަން އުފެދިފައިވާއިރު، ގައުމީ މަޖިލީހުގެ ކެމްޕޭންގެ ވާދަވެރިކަން އެންމެ ބޮޑުވީ ވެސް ސިފާ އާއި އަކްރަމްއާ ދެމެދުގައެވެ. އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ނަޝީދު ހުންނެވީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެންޑިޑޭޓުންނާ އެކުގައެވެ.

އެކި ދާއިރާތަކަށް 455 މީހުން ހޮވަންޖެހޭ މި އިންތިހާބުގައި، 165 މީހުން ވަނީ ވާދަވެރިއަކު ނެތުމުން އިންތިހާބަކާ ނުލައި ހޮވިފައެވެ. އަދި އެކި ދާއިރާތަކަށް 733 ކެނޑިޑޭޓުން ވާދަކުރި ކުރިއެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 93،000 އަށް ވުރެ ގިނަ މެންބަރުން ތިބި ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ސޯލާ

  ރައީސް ސޯލިހު ތިޔަ ހޯދެވި ކާމިޔާބީ އަށް މަރުހަބާ! މަނިކުފާނަށް ދެވަނަ ދައުރެއް ލިބުމުގެ އުއްމީދު އައު ވެއްޖެ! ރައީސް ނަޝީދުވެސް ރައީސްކަމާއި ބޮޑުވަޒީރު ކަމުގެ ވިސްނުންފުޅު ދޫކޮށް ރައީސް ސޯލިހަށް ބައިއަތު ހިފައިގެން ދެ ރައީސުން އަތާއަތްޖޯޑުކޮށް ސަލާމް ކުރެއްވީމާ އިސާހިތަކުން ތަރައްޤީގެ ކުރިބޯށިތައް ފެންމައްޗަށް އަރައި ރައްޔިތުންނަށް ތެލަބަޑި ކާން ލިބިދާނެ!

  15
  28
  • Anonymous

   މޑޕ ގެ 2 ލީޑަރުންނަކީވެސް މޯދީގެ ދެ އަޅުން. 2 މީހުންނަކީވެސް ދީނާ ގައުމުގެ ދުޝްމަނުން. އެކަމަކު ނުކިޔަވާހުރި ތާކުންތާކުނުޖެހޭ މަރުމޯލަކަށްވުރެ މަށަށް ރަނގަޅީ ނަޝީދު. އޭނާގެ އިލްމާ ހިލްމާ ކެރުން ހުރޭ. ދުނިޔޭގަ އަހަރެމެން އިލްމީ ދިވެހިން ލަދުގަންނާކަށް ނުޖެހޭނެ ނަޝީދު ހުރެއްޖެނަމަ.

   4
   1
  • އަލީ

   މި ދެމީހުން އެއްބައިވިޔަސް މިރާއްޖެ ތަރައްގީ ކޮއްފާނެ ހެނެއް ހިއެއްނުވޭ. ފަހަރުގަ އިނޑިޔާއައް ބޮޑުތަނުން ފައިދާވެ އިންޑިޔާއައް ބޮޑެތި ކުރިއެރުންތަކެއް ލިބިދާނެ!!! މިހެން މިބުނީ މިމީހުން ވެރިކަމައް އައީވެސް އިންޑިޔާގެ ބޮޑެތި މާލީ އެހީތެރިކަމާއެކު އިންޑިޔާ ބޭނުންވާ ކަންތައްތައް ކޮއްދޭން އެއްބަސް ވެގެން...

 2. ވަގުންނޭ

  މުޅިން ރާއްޖެތޭރޭ ގޮނޑި ތައް ސަރުކާރުގެ ފައިސާ ގްނޑު ބަހާލައިގެން ރައީސް އިބޫ ދައުލަތުގެ ޚަޒާނާ އިން ވައްކަމޭ ކުރަނީ ވަގުންނޭ ވަގުންނޭ އިސްތިއުފާ ދޭންވީއޭ...

  76
  27
 3. އަހުމަދު

  ރައްޔިތުންގެ ފައިސާ ހަރަދު ކޮއްގެން ތިކަން ކުރެވިދާނެ، އަދި ޕްރައިމަރީ އަކާނުލާ ޓިކެޓްވެސް ހޯދިދާނެ އެކަމު ރައްޔިތުންގެ ވޯޓެއް ނުލިބޭނެ.

  83
  23
 4. ބަސް

  ވަގުތު އަދި ދިޔަރެސް ކަހަލަ ނޫސްތަކުމް އެންޓި ކެމްޕޭން ޖެއްސިވަރަކަށް އެމްޑީޕީ ތެރޭގަ އެ މީހެއްގެ މަޤްބޫލުކަން އިތުރު ވާނެކަން ދެންވެސް ހަނދާން ބަހައްޓާތި.. އޭގެ ހެއްކެއް މޫކޭ އަކީ.. އެމް.ޑީ.ޕީ އުފެދުނީންސުރެއް އެ ދާއިރާއިން ދުވަހަކު ނުލިބޭހާ ބޮޑު ތަފާތަކުން އެ ދަމާލީ..

  18
  62
  • ބަރުލަމާނީމަސާލާ

   މޫކޭ އަށް މަޑުއްވަރި ގާސިމްއަށް މާމިގިލި ދާއިރާ ކާމިޔާބުވެގެން ހައިރާނެއް ނުވޭ

 5. ސަރީ

  އެއްވެސް ޝައުޤުވެރިކަމެއްނެތް ތިޔަ ކަމަކަށް. އަހުރެމެން މީ އެމްޑީޕީ އަށް ސައިން ކުރި ޢާއިލާއެއްވެސް ނޫން. އެކަމް އެމްޑީޕީ ގެ ދަފްތަރަށް ލާގެން ބޯ ހަލާކު ގުޅާ އުނދަގޫވޭ! ގެޔަށް ވަދެ ގޭދޮށަށް އައިސް ލަދެއް ޙަޔާތެއްނެތް. ގައުމު އޮޔާލާފައި ހަަމަ ރައްޔިތުމީހާ ގާތަށް ވޯޓު ބަލާ! ވޯޓު ލާންވީމާ ރައްޔިތުމީހާ ފެނޭ. އެެހެން ނޫނަސް އެމްޑީޕީ ގެ ލާދީނީ ކަމާއި ގައުމުގެ ފޭރާން ނިގުޅައި ގަތް ބަޔަކަށް އަފުން ސަލާމް. ޓާޓާ. ދަފްތަރުގައި އިނގިލީގެ ނިޝާން ޖަހަނީ ކާކު ގެ އިނގިއްޔަކުންތޯ ބަލާލަދެންވީނުން! ރަނގަޅަށް ވިއްޔާ ދިހަހާސްވެސް ސަހަލު ނުވާނެ! ގައްދާރުނުވާ ހަމަ އެއްކަމެއްވެސް ނެތް ޕާޓީއެއް!

  38
  1
 6. ޅަބޭ

  ސުރުހީއަކައް ޖަހާބަލަ "މަސްތުވާތަކެތި ބަލިވެއްޖެޔޭ!" ތަންކޮޅެއް ރީތިވާނެ އޭރުން.

  21
  4
 7. ޔައުނީ

  ނަޝީދުފަކީރު ދެން އެހެން ޕާޓީއެއް އުހައްދަންވީނުން.

  20
  5
 8. ޙަހަ

  މަވެސް އެމްޑީޕީ.. މަ ވޯޓެއް ނުލަން…ކޮބާ އެއްގޮތަ ކަށްވެސް ވޯޓު ނުލާ ޕަސަންޓް 🧐🤨

  22
  2
 9. ރަން ރީނދޫ

  މިވީ ވަރަށް ރަނގަޅަށް. ރިޔާސީ އިންތިޚާބު ގައި ކުޑަ މޯދީ ބަލިކޮށްލަން ވަރަށް ފަސޭހަ ވާނެ. އ. އ.

  22
  1
 10. ޙހހހ

  ތިދެން ކޮންބޭކާރު ކަމެއް ، އޮންވަޅުގޮނޑި ކުޅުނަސް ތިއަށްވުރެ މާތާހިރުވާނީ ، ތީ ޤައުމަަށް ރައްޔިތުންނަށް އެއްވެސް ފައިދާހުރިކަމެއްނޫން

  33
  1
 11. ނަޒީ

  ހަމައެއް ލަމައެއް އިންތިޒާމެއްނެތް ތިޔަ ވޯޓަކު! ހަވީރު 3 ޖެހުމުން ކުޑަކުދިންވައްދައިގެންވެސް ފާހަގަޖެހި! ދެން ލިސްޓުން ނަމެއް ކަނޑާލަނީ! ވޯޓުލާމަރުކަޒަށް މީހަކުދިޔުމާއެކު ދެފެކްޝަންގެ ދެމީހުންއައިސް ކޮޑަސް އަތްލާފަ 1 ، 2 ކިޔާ ވޯޓުލާންކިޔައިދިންކަން ދެނަހުރީމު!

 12. ނާދިރާ

  ފެކްޝަނޭ ކިޔާނެ ކަމެއް ނެތް. އެއްލޭ ބޮއެގެން ތިބި އެކައްޗެއް ވާނީ ހަމަ އެއްގޮތް

 13. އުތުރުން

  ރ. ސޯލިހަށްކާ މިޔާބު ވު މަކީގައު މުގެ ކުރި މަގު އުޖާލާ
  ވާން އުޅޭކަ މުގެ އިސާރާތެކެވެ.

 14. Anonymous

  ހިންގުމުގައި ސޯލިހަށްވުރެ ނަޝީދު ރަނގަޅުވާނެ. މި ދެމީހުންގެ ތެރޭގައި ދީނީ ގޮތުން އަދި ގައުމީގޮތުން ވަކި ސަހަލު އެކަކުވެސް. ފައިސާ ކެއުމުގައިވެސް ދެ މީހުންވެސް ތިބީ ހައްދުން ނެއްޓިފަ. އެކަމަކު ނުކިޔަވާހުރި މީހަކަށްވުރެ ކިޔަވައިގެންހުރި ހީވާގި ގޮތްހުރި މީހަކުދޯ އިސްވާންވާނީ. މި ޕާޓީގެ ކުދިން ޖާހިލިއްޔަތަށް ސަޕޯޓް ކުރާކަމީ ވަރަށް ހިތާމަހުރި ކަމެއް.

 15. ހ. ހުސައިން

  ސިޔާސީމަންޒަރު ބަލަންވާނީ ސިޔާސީމަންޒަރު ތަރުޖަމާ ކުރަންއެނގޭ ބޭފުޅުން. އަދު ބާރުއޮތަތީ ފަހަތުގައި ގިނަ ބަޔަކު ތިބިކަމަށް ހީކުރުން އެއީ މުޅިއަކުން އަލަށް ވާކަމެއް ނޫން. ހުދު މި ގައުމުގައިވެސް ފެނިފައިވާ މަންޒަރެއް. ހަނދުމަފުޅުކުރައްވާ ރައީސް ވަހީދުގެ ވެރިކަމުގެ ދުވަސްވަރާ އަދު އެ ބޭފުޅާގެ ހާލަތު. އެހެންވީމާ އަދި އިންތިހާބަކުން ދެއްކިކަމަށް ބުނާ ނަތީޖާއަކުން ސިޔާސީ މަސްރަހު މުޅީން ފަތަހަކުރެވުނީ ކަމަށް ބަލައި ކޯޑިކަނޑާކަށް ނުވޭ.

 16. ދިވެހި ރައްޔިތުން

  ތިޔަ ފަޅިކުރި ބޯކިބަލަށް ދެބުޅަލުގެ އަރައިރުން މި ނަމުގައި މޫރިތި ދިވެހީގެ 4 ވަނަބައިގާ (މި ފޮތުގައި) ލިޔެފައިވާ ކުރުވާހަކައިގާ ވާހެން މަކުނެއް އައިސް މިންކުރުމަށް ފުރުޞަތު ނުދިނުން އެދެން. އެހެންނޫނީ ރައްޔިތުންނަށް ހޯދައި ދެވެން އޮތްލާބަވެސް ނުފެނި މުޅި ބޯކިބާ ހުސްކޮށްފާނެ. ޝުކުރިޔާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް