އިންޑިއާގެ ޕޫނާގައި ކުރިއަށް ދިޔަ ތަމްރީނެއް ފުރިހަމަ ކުރަނިކޮށް އިއްޔެ ނިޔާވި ދިވެހި ސިފައިނެއް ކަމަށްވާ ލާންސް ކޯޕްރަލް މުހައްމަދު ސުލްޠާންގެ މަރުގެ ތަހްގީގު ފަށާފައިވާ ކަމަށް އިންޑިއާގެ އިދާރާތަކުން ބުނެފިއެވެ.
ސުލްޠާން ތަމްރީން ފުރިހަމަ ކުރަމުން ގެންދިޔައީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީ (އެންޑީއޭ) ގައެވެ. އެތަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުލްޠާން ނިޔާވީ ފިޒިކަލް ޓްރޭނިންއެއް ފުރިހަމަ ކުރަމުން ދަނިކޮށް ކަމަށެވެ. އޭނާ ނިޔާވީ ދުވަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
އެކަޑަމީގެ ބަޔާނުގައި ބުނީ ސުލްޠާންގެ މަރުގެ ތަހްގީގު ކުރިއަށް ގެންދަން ކޯޓް އޮފް އިންކްއަރީން ވެސް މިހާރު އަންގާފައިވާ ކަމަށެވެ. "ކެޑޭޓްގެ ފުރާނަ ސަލާމަތް ކުރަން އެންމެ ފުރިހަމައަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވެފައެއް ނުވެއެވެ. އޭނާ ނިޔާވި ސަބަބު ދެނެގަންނަން ޕޯސްޓްމޯޓަމް ހަދަން ވަނީ ނިންމާފައެވެ." އެންޑީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.
ޕޫނާގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ޕޮނިމާ ގައިކްވަޑް އިންޑިއަން އެކްސްޕްރެސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސުލްޠާންގެ މަރު އިންޑިއާގެ ގާނޫނުލްއުގޫބާތުގެ 174 ވަނަ މާއްދާގެ ދަށުން ތަހްގީގު ކުރަމުން ގެންދާ ކަމަށެވެ. މިތަހްގީގުގައި މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމެއް ބަލަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވެސް ވިދާޅުވީ މިހާތަނަށް ލިބުނު މައުލޫމާތައް ބަލާއިރު ސުލްޠާންގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ނެތް ކަމަށެވެ.
ޕޫމާގައި ހުންނަ އެކަޑަމީގައި ތަމްރީން ފުރިހަމަ ކުރަމުން ގެންދިޔަ އިންޑިއާ ސިފައިންގެ މީހަކު ވެސް 2013 ވަނަ އަހަރު ކުއްލި ގޮތަކަށް ނިޔާވިއެވެ.
ސުލްޠާންގެ ހަށިގަނޑު ރާއްޖެ ގެންނަން މަސައްކަތް ކުރަމުން ގެންދާ ކަމަށް ރޭ އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.
ސުލްޠާން ނިޔާވީ ގްރެޖްއޭޝަންގެ ކުރިން ބޭއްވި އެންމެ ފަހުގެ ތަމްރީން ފުރިހަމަ ކުރަމުން ގެންދަނިކޮށެވެ. އެއީ ވަރަށް ބުރަ ތަމްރީނެއް ކަމަށް ވެއެވެ.
ދިވެހި އަސްކަރި އްޔާގެ ބޭފުޅަކު ކީ އްވެ އިންޑިޔާގެ އަސްކަރީ ޔުނީފޯމު އެޅުވީ...ތަމްރީނުހަދަން ދިޔަސް ތަމްރީނުހަދާ ގަ އުމެ އްގެ ޔުނީފޯމުގަތަ ތަމްރީނުހަދަންޖެހެނީ...
ދިވެހި ސިފައިންގެ މީހާގެ ތަހުގީގު ކުރަން ޖެހޭނީ ދިވެހިން.. އިންޑިއާ އަކުން ނޫން.
ސުލްޠާންގެ މަރުގެ ތަހްގީގު ފަށައިފިން، ޕޯސްޓްމޯޓަމް ހަދާނެ - އިންޑިއާ
ރާއްޖޭގައި މަރުވިނަމަ ވީނުވީއެއް ބަލައިނުލައި ފަސްގަނޑުދަށަށް.
ދުވަމުން ދަނިކޮށް މަރުވީ ކަމަށް އެބަބުނޭ. ދެން ކޮން ތަހުގީގެއްތޯ ކުރަންޖެހެނީ. މީހަކު މަރުވެގެން ކުރި ތަހުގީގެއް ދުވަހަކުވެސް މިރާއްޖޭގައި ނިމިފައިވޭތޯ؟