އެމްޑީޕީގެ އެތެރޭގެ އިންތީޚާބުގައި އެ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ވޯޓުދީ ގޮތެއް ނިންމުމުން އެއީ އެމްޑީޕީއަށާއި ގައުމަށް ކޮށްދެއްވި ބޮޑު ޚިދުމަތެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިނގިރޭސި ވިލާތުގައި ހުންނަވައިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޑިމޮކްރަސީގެ ރޫޚުގައި އެމްޑީޕީގެ މެންބަރުން ތިޔަ ކުރެއްވި މަސައްކަތަކީ އެމްޑީޕީއަށާއި ގައުމަށް ކޮށްދެއްވި މަތިވެރި ޚިދުމަތެއް" ކަމަށެވެ.

ނަޝީދު ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ކާމިޔާބު ހޯދި ހުރިހާ ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުވެފައެވެ.

މި އިންތިޚާބުގައި އޮތީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސް ކަން ކުރެއްވި ނަޝީދުގެ އިތުރުން އެމްޑީޕީގެ އިސް ލީޑަރު އަދި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވާދަވެރިކަމެކެވެ. މި ދެ ފެކްޝަންއިން ވެސް މަގާމުތަކަށް ކެންޑިޑޭޓުން ނެރުނެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީގެ އެންމެ އިސް ގުނަވަން ކަމުގައިވާ ގައުމީ މަޖިލީހުގެ 97 ގޮނޑީގެ ތެރެއިން 66 ގޮނޑި ރައީސް ސޯލިހްގެ ފެކްޝަނުން ކާމިޔާބުކޮށްފައިވެއެވެ. ނަޝީދުގެ ފެކްޝަނަށް ލިބުނީ 33 ގޮނޑިއެވެ. މީގެ އިތުރުން ވަޒީރުންގެ ގޮނޑިއާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ހިމެނޭ ގޮތަށް ރައީސްއަށް ގައުމީ މަޖިލީހުގައި 100 އަށް ވުރެ ގިނަ ބޭފުޅުން ތިއްބަވާނެއެވެ.

އެމްޑީޕީ ވެރިކަމުގައި އޮންނަ ނަމަ، ޕާޓީގެ ގައުމީ މަޖިލިސް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުންނާއި އެމްޑީޕީގެ ލީޑާޝިޕްއާއި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، ދާއިރާތަކުގެ ރައީސުންނާއި، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރު އަދި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް ހިމެނޭ ގޮތުންނެވެ. އިއްޔެ އިންތިޚާބު ކުރީ މީގެ ތެރެއިން ދާއިރާތަކުގެ ރައީސުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޖާނޭ

  ގިނަ އަދަދެކޯ. 90 ހާސް ތިބޭ ޕާޓީއަށް ވޯޓުލާން މާލެއިން ކިރިޔާ ހާހެއްވަރު ހަމަވީ.

 2. ރައްޔިތުމިހާ ކުރާ

  އެކަން އެނގޭނޫންތޯ ޖީއެމްއާރ އައްއެއަރޕޯޓްދީ މިހާރުޓީއެމްއޭއައްވެސް އެދިނީ ހިލޭކަހަލަގޮތަކައް ޓާމިނަލެއް ގައުމައްވަނީ ގައްދާރ މިހާރުވެސް ތިޔަޖީއެމްއާރ އެކިޔާމީހުންނައް އެއަރ ޕޯޓްދީގެން ނެގިފައިސާގެ ހިސާބްތައް ބަލައިފިއްޔާ އެނގޭނެ ތިޔަކިޔާ މަހާ އެމްއެމްޕީއާރސީގެ 3 ގުނަ ރައްޔިތުންގެ ފައިސާއިން ޙިޔާނާތް ތެރިވިކަން އެކަމަކު ބަލާނީކާކުތޯ ބަލަންތިބީ ކޮންބަޔެއްތޯ މުޅިންވެސް ރައްޔިތުމީހާޔައްދޯކާ ދީގެން އަޅުވެތި ކުރެވޭޢތޯ ބަލަނީ ތިޔޮއް ހުޅުމާލޭގެ ފުލެޓްތަގުކުލިން ކިތައްމިލިޔަން ރުފިޔާތޯ ރައްޔިތުމީހާ ކުރާމަސަތްކަތުން އެހޯދަނީ އެފައިސާޔައްވާގޮތެއް ހަދާގޮތެއް އެނގޭމީހަކު ބަލާމީހަކު އުޅެބާ

 3. ގޯނބިލި

  ދެން މިސޮރު މާދަމާ ނުކުންނާ ރޯކުރަން ނޫންކަމެއްވެސް ނޭނގެ!

 4. Anonymous

  އެމްޑީޕީ މެންބަރުން ގައުމައްވީ ހިޔާނަތް.

 5. އަހުމަދު

  ނަޝީދަކީ ގައުމަށް ހިޔާނާތްތެރި ވެފައިވާ މީހެއް. ލާދީނީ ނުފޫޒުތަކަށް ގައުމު ލަންބުވައި، މާލީގޮތުން ގައުމު ދަރަނި ވެރިކޮއްލުން އޭނާގެ މަސައްކަތަކީ

 6. ޓަކިބޭ ދައިތަ

  އެމްޑީޕީ މެމްބަރުންނަކީ ޤައުމަށް ޚިދުމަތް ކުރާނެ ބައެއް ނޫން. އެއީ ކުޅިވަރާއި މަޖަލުގައި ދުނިޔޭގައި އުޅެމުންދާ އުޚުރަވީ ޙަޔާތެއް ނެތްކަމަށް ޤަބޫލުކުރާ ބައިގަނޑެއް. މިއީ ޙަޤީޤަތް. އެމްޑީޕީގެ އެެތެރޭގެ އިންތިޚާބުގައި 90000 (ނުވަދިހަ ހާސް) މެމްބަރުންގެ ގޮތުގައި ދިވެހި ރައްޔިތުން ތިބި ކަމަށް ލިސްޓް ޖަހައިގެން ވޯޓު ހޯދަން އާދޭސް ކުރިއިރު، އެމްޑީޕީގެ މެމްބަރުންނަށް ނުވާ ކިތަންމެެ ބައެއްގެ ނަން ލިސްޓްގައި ހިމަނައިގެން ވޯޓު އެޅުވީމާ، އެއީ ހަމަ އެމްޑީޕީގެ މެމްބަރުން ކަމުގައި ވާނެތޯއެވެ؟ ޤާނޫނީ ގޮތުން ކުފޫ ހަމަވާ މީހަކު ހުރިނަމަ، އެމްޑީޕީގެ ތެރެއިން ކެމްޕެއިން ކުރަންޖެހޭނީ ވެސް ޤާނޫނު މުގުރާލާފައިތޯއެވެ؟