ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެކުގައި ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިންގަވާފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަ ރޭ ވިދާޅުވެއްޖެއެވެ.

"ވަގުތު" ނޫހުގައި ޝާއިއު ކުރި ހަބަރެއް ދޮގު ކުރައްވައި އީސަ ފޮނުއްވި ސިޓީއެއްގައި ވަނީ އޭނާގެ އަމިއްލަ ނަމުގައި ވެސް، އަދި އެބޭފުޅާ ހިއްސާވާ ކުންފުންޏެއްގެ ނަމުގައި ވެސް މިހާތަނަށް އާރްޑީސީ އާއެކު އެއްވެސް ވިޔަފާރީގެ މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

މިގޮތުން ޕްރޮޕޯސަލެއް، ކޯޓޭޝަނެއް އަދި އެހެން ގޮތަކުން ވެސް އާރްޑީސީގެ އެއްވެސް ޕްރޮޖެކްޓެއް، މަސައްކަތެއް ނުވަތަ އޯޑަރެއް ހޯދުމަށް އެދިފައި ނުވާނެ ކަމަށް އީސަ ވިދާޅުވިއެވެ. އަދި އާރްޑީސީގެ ޕްރޮޖެކްޓެއް، މަސައްކަތެއް ނުވަތަ އޯޑަރެއް ޚުދު އެބޭފުޅާއަށް ވެސް އަދި އެ ބޭފުޅާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވެސް މިހާތަނަށް ލިބިފައި ނުވާކަމަށް އީސަ ވިދާޅުވެފައިވެއެވެ.

މިއީ ސިޔާސީ ގޮތުން އަދި ޒާތީ ގޮތުން އީސަގެ އަގު ވައްޓާލައި، ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް ލިޔެފައިވާ ލިޔުމެއް ކަމަށް އީސަ ވަނީ ތުހުމަތު ކުރައްވައިފައެވެ.

އީސަ ދޮގު ކުރައްވާފައި ވަނީ "މޫކޭގެ އެމްޑީ ކަމުގައި އާރްޑީސީ މަސައްކަތްތައް ނުނިމި ދަރަނި ބޮޑުވަނީ" މި ސުރުޚީގެ ދަށުން "ވަގުތު" ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސެންބެ

    ކަލޭ މެން ވައްކަމެއް ނުކުރާނެ އަނބިން ކުދިން ގައިގަ ނުތަޅާނެ

  2. ދުންމާރި

    ތިޔަކަން ވަރަށް ރަންގަޅަށް އެބަ ހާމަވޭ މިސަރުކާރުން ފައިސާދީގެން ހިންގާ ހކަމެއް ހިންގަނީ ޕާޓީގެ ނުފޫޒުގަދަ ފަރާޓްތަކާ މަޖިލީހުގެމެމްބަރުންނާ ސަރުކާރުގެ އިސް ފަރާތްތައް ނުވަތަ އެފަރާތްތަށް މަސްލަހަތު އޮންނަ ނުވަތަ ހިއްސާވާ ނުވަތަ ގާތްގޮތަކުން ބައި އެޅޭ މީހުނާ ކުންފުނިތަކަށް މީ ވަރަށް ސާފުކޮށް މެންދުރުގެ އިރު ފަދައިން އެނގޭކަންކަން އެކަކުވެސް ނުބުނާނެ ތިމަންނައޭކިޔާހޭ ފެނުނަސް އެގުނަސް ދެކޮޅުހަދާނީ ގެވެށި އަނޔާގެ މައްސަލައިގަވެސް ހެދީ ދެކޮޅު މިހާޜު ކޮބާއެމައްސަލަ؟ އެކަންވެސް ދާނީޫ ރޯޔަލް ރޭޕް ކޭސް ދިޔަ މަގުން މީ ވަރަށް ސާފުކޮށް އެނގޭ ކަންކަން އެނެމްން ދަންނަ ބޮޑެތި ސިއްރުތައްމީ