ފުލުހުންނަށް ހުށަހަޅާފައިވާ ޖިންސީ ގޯނާގެ މައްސަލައިގައި 17 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އެކުއްޖާ ކިޔަވަމުން އަންނަ ސްކޫލުގެ އިންޑިއާ ޓީޗަރެއްކަން "ވަގުތު" އަށް އެނގިއްޖެއެވެ.

އިތުރުބާރު ހިފޭ ފަރާތަކުން ވަގުތުއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވަނީ އެރަށުގެ ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވަމުން އަންނަ އަންހެން ދަރިވަރަކަށް ކަމަށެވެ. އަދި އެކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އިންޑީއާ ޓީޗަރެއް ކަމަށެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ "ވަގުތު" އަށް ވިދާޅުވީ، އެ މައްސަލައަކީ މީގެ ދުވަސްކޮޅެއް ކުރިން އެޑިއުކޭޝަނަށް ހުށަހެޅިފައިވާ މައްސަލައެއް ކަމަށާއި މައްސަލަ ހުށަހެޅުނު ދުވަހުން ފެށިގެން އޮންނަ އުސޫލުގެ ދަށުން މައްސަލަ ބެލުމަށް މިހާރު އެ ޓީޗަރު 30 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

30 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކުރި ނަމަވެސް، މައްސަލައިގެ ތަހުގީގު ނުނިމޭ ކަމުގައި ވާނަމަ ސަސްޕެންޝަންގެ މުއްދަތު އިތުރުވާނެ ކަމަށް އަހުމަދު އަލީ ވިދާޅުވއެވެ.

އަހުމަދު އަލީ އިތުރަށް ވިދާޅުވީ، ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވިފައިވަނީ އިންޑިއާގެ ޓީޗަރަކަށް ކަމަށެވެ. އަދި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވަނީ އެރަށު ސްކޫލުގެ މަތީ ގްރޭޑެއްގައި ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރަކަށް ކަމަށެވެ.

ކޮލަމާފުށީ ސްކޫލުގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، ފުލުހުން މިއަދު ވިދާޅުވީ، ދެކުނުގައި ހިމެނޭ ރަށެއްގައި 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު އެއިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ މިހާރު ތަހްގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސަމާ

    އިހައްދުވަހު ކެރެލާ ސްކޫލެއްގެ ޓީޗަރަކު ކުއްޖަކާއި ބެހުމުން 23 އަހަރަށް ޖަލަށްލި.
    ރާއްޖެއިން ބޮޑުވަރަކަށް އޭނާ ޑީޕޯޓްކޮށްލާނީ. އެވެސް މޯދީ ދެކެ ބިރުން

    60
  2. އާވިމް

    މި ވައިރަސް މިރާއްޖެއް އައީ ދޯ؟ ނޫން ގެނައީ. އިންޑިޔާ މީހުން މިޤައުމުގަ ހިތުހުރި އެއްޗެއް ހެދުނަކަ ނުދޭނަން.

    35
  3. Anonymous

    އެބުނި ތެދެއް

    23
  4. ޟީރާ

    ޢިންޑިއާ ޓީޗަރެއްނު.އެއްވެސް ކަމެއްނުވާނެ.30 ދުވަސް ވީމަ އޭނަގެ ރަށައްއޭނަފޮނުވާލާނީ. އެނިމުނީ.މީވާގައުމެއް.

    31
  5. ސަލާމް

    މިހާރުވެސް އޭނާހުރީ އޭނާގެ ރަށުގަނޫންކަމެއްނޭންގެ އިންޑިއާމީހެއްވިއްޔާ ސަލާމަތްވާނެ

    28
    1
  6. ޅަބޭ

    ކީކޭ އިންޑިޔާއޭ؟؟ އަވަހައް އެޓީޗަރު ފުރުވާލާފަ އެކުއްޖާއައް ނަސޭހަތްދީ.

    17
  7. ހުސެންބެ

    ހައްޔަރު ކޮށްފަ ދޫކޮށްލާ އެމްޑީއެން ހަމީދު

    19
  8. Anonymous

    ފުރައިގެން ދާނެ. މި ލާދީނީ ސަރުކާރުން ގަސްތުގައި ކުރުވާ ކަމެއްތީ