އެމްޑީޕީގެ ގައުމީ މަޖިލީހަށް ބަރުލަމާނީ ނިޒާމު ތާއީދު ކުރައްވާ 53 ކެންޑިޑޭޓުން އިންތިޚާބުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާ މެންބަރު އިބްރާޙީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އޮތީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވާދަވެރިކަމެވެ. ނަޝީދު ވަނީ އެމަނިކުފާނުގެ ތާއީދު އޮތީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ކެންޑިޑޭޓުންނަށެވެ. އިއްޔެގެ އިންތިޚާބަށް ފަހު ނަޝީދު ވަނީ އެމަނިކުފާނަށް ގައުމީ މަޖިލީހުގެ ކޮންޓްރޯލް ހޯދަން ނޫޅުއްވާ ކަމަށް މިއަދު ވިދާޅުވެފައެވެ.

ނަޝީދުގެ އަރިސް ބޭފުޅެއް އަދި ބަރުލަމާނީ ނިޒާމުގެ ޕެޓިޝަންގެ ހަރަކާތުގައި ވެސް އިސްކޮށް އުޅުއްވާ ބޮންޑެ ވިދާޅުވީ އިއްޔެގެ އިންތިޚާބުގައި ބަރުލަމާނީއަށް ތާއީދު ކުރާ 53 މީހަކު އެމްޑީޕީގެ ގައުމީ މަޖިލީހަށް އިންތިޚާބުވެފައިވާ ކަމަށެވެ. މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން ބަރުލަމާނީއަށް ތާއީދު ކުރައްވާ މެންބަރުންނާއެކު އެ އަދަދު ވެސް އިތުރުވާނެ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

ރިޔާސީ ނިޒާމަށް ތާއީދު ކުރާ ކަމަށް ބުނެ ނުވަތަ ބަރުލަމާނީއާ ދެކޮޅަށް ކަމަށް ވިދާޅުވެ ސަރުކާރުގެ ތިން ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވާދަކުރައްވައި މޮޅުވިޔަސް އެ ހަތަރު ބޭފުޅުންނަކީ ވަޒީރުންނާއި މެންބަރުންގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި ތިއްބަވާ ބޭފުޅުން ކަން ބޮންޑެ ފާހަގަ ކުރެއްވިއެވެ. އެހެންވެ ވަކި އިތުރުވި ގޮނޑިއެއް ނެތް ކަމުގައި ބޮންޑެ ވިދާޅުވިއެވެ.

"ބިގޭއަކީ ވެސް ގައުމީ މަޖިލީހުގައި އިންނަވާ މެންބަރެއް، އަލިފުށި ދާއިރާގެ ރައީސް ގޮނޑި ލިބުނަސް ހަމަ ދެވެން މި އޮތީ އެއް ވޯޓު، ހަމަ އެ ގޮތަށް ޕްރޮވިންސްތަކާއި ދާއިރާ ރައީސް ކަމަށް ވާދަކުރި ވަޒީރުން ވެސް، އިތުރަށް ދެވޭނެ ވޯޓެއް ނޯންނާނެ، އެހެންވީމަ އިތުރު ވަކި ވޯޓެއް ނެތް އެ ކޮޅަކަށް،" ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ މިހެން ވިދާޅުވިއިރު، ރައީސް ސޯލިހްގެ އަރިސް ބައެއް ބޭފުޅުން ގެންދަވަނީ ރިޔާސީ ނިޒާމަށް ތާއީދު ކުރާ ގިނަ ބަޔަކު ގައުމީ މަޖިލީހަށް އިންތިޚާބުވެފައިވާ ކަމަށް ވިދާޅުވަމުންނެވެ. އެކަމަކު ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ގިނަ ބޭފުޅުން ވެސް ވަނީ ޓްވީޓް ކުރައްވައި ގައުމީ މަޖިލީހަށް އިންތިޚާބުވި މީހުންގެ ތެރޭގައި ގިނައީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ކެންޑިޑޭޓުން ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ބަރުލަމާނީ ތިޔައީ ކެނެރީގޭ ގުންޑާގެ ނަނާހުވަފެނެއް ، މިގައުމު ހަލާކުގެ ތެރެޔަށް ވައްޓާލަން ފުރުސަތުނުދެވޭނެ ނުވެސްދޭނަން ދިވެހި ރައްޔިތުން ދެން ނަސީދު އަވާގައި ނުޖެހޭނެ ވަރަށް ސަލާމް...

    28
    1
    • ނިއަމް

      ބޮންޑޭ މެން އުޅެނީ މުޅިން ނަޝީދަށް ނަނާ ހުވަފެން ދައްކައިގެން ނެތް ތާއިދު އޮތްކަމަށް ހަދައިގެން.. ދެން އަންނަ ފަހަރު މަޖިލިސް ޓިކެޓުވެސް ތިޔަ ބޮންޑަ ބުރިޔަށް ނުލިބޭނެ

      14
      1
  2. ސްކިޕަރ

    ބަލަ ކޮން ބަރުލަމާނީއެއް، ބަރުބަރީއެއްހޭ. ތިޔަ ވާހަކައެއް ރަައްޔިތުންނެ ނެތޭ ގާނޫނު އަސާސީއަކުވެސް ގާނޫނަކުވެސް އެކައްޗެއްގައިވެސް ލިޔެފަކައެއް. މިރާއްޖޭއަށް އަހަރެމެން ޑިމޮކްރަސީ ގެނައީކީ އެއްފަހަރަކު ރިޔާސީވެފަ، އަންއްފަހަރަކު ބަރުލަމާނީވެފަ، އަނެއް ފަހަރަކު ވިރާސީ ރަސްކަމެއް ގެނެސްފައި، އަނެއްފަހަރަކު، ސޯޝަލިޒަމް، މާކްސިޒަމް، ފެމިނިޒަމް، ކޮންޒަވޭޓިޒަމް އަންކެއްޗެއް އަނެކެއްޗެއް ގެންނާކަށް ނޫނޭ! މިރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ރިޔާސީ ނިޒާމެއް. ނުހޮވޭނެކަން އެނގޭތީ ލަދެއް ހަޔާތެއް ނެތިގެން ތިޔަ ތެޅެނީ.

    19
    1
  3. ފާއިޒާ

    މިހާރުދެން ތިޔަބަރު ނުދަމާހުއްޓާލަން ވެއްޖެއެއްނުން !! ތިޔައީވާނެކަމެއްނޫން!!

    13
    1
  4. ނަނަ

    ސާބަހޭ ބޮނޑޭ ، ތިމާއަކީ ކޮޔައެއްކަން މޮޔައިންނަށްވެސް ދޭހަވާވަރު ކޮށްލަންވާނެ މިފަހަރު ،އަނގައިން ދެރަނުވާތި.

    14
  5. ހަސަން

    ބަލަ މިޤައުމުގައި ތިބީ އެމްޑީޕީ ގައުމީ މަޖިލިސް މީހުން އެކަންޏެއްޏުނޭ. މި ޤައުމުގެ ރައްޔިތުން ކީއްކުރަން އެމްޑީޕީގެ އާއްމު މެމްބަރުން ވެސް ދައްކައިދިނީ ބަރުލަމާނީއަކީ ޤައުމަށް ހެޔޮވަރު ކޯޓެއް ޏުންކަން. އެއީ ކެރަފާ ނަޝިދަށް އެކަނި ހެޔޮވަރުވާ ކޯޓެއް.

    14
    1
  6. ހުސެންބެ

    ބޮންދު ކަލޭދޭބަލަ މަހަށް އިން ޟާ ﷲ ބަރުލަމާނީއާއެކު މަހަށް ދާންޖެހޭނީ ،ހިތި ގޮތަކަށް ބަރުލަމޭނީ ނިޒާމް ބަލިކުރާނެ މި ދިވެހިން،ނިކަން ރީތި ކޮށް ބަލިކުރާނަން.

    11
    1
  7. ޢަދުރޭ

    ބޮންޑޭ މެން އީމާންވެގެން ތިތިބީ ހަމައެކަނި ވަހުމަކާއި ހިއެއްގެ މައްޗަށް ނޫނީ ނުވެއެވެ. ބަރުލަމާނީ ނިޒާމާއި ނަޝީދުގެ ލާދީނީ އެޖެންޑާ ވަނީ 2019 އަހަރު ނިމިފައެވެ. ﷲ ގެ ނިންމެވުން ބަދަލު ކުރެވޭނެ އެެއްވެސް ބާރެއް ނެތެވެ.

  8. އިކުރާމް

    ގައިމު ނަޝީދު ވިދާޅުވި ދިވެހިންނަކައް އަހަރެންގެކިބައިން ސަލާމަތެއް ނުވެވޭނެއޭ މިހާރު މިވަނީ ކިހިނެއްބާ!

  9. ރައްޔިތު މީހާ

    ބޮންދު ދެރަނުވަނީ އަހަރެން މައްސަލަ ނެތީ ކަލޭ ބޮޑުވަޒީރު ހުންނަނީމާ ދެން ކަލޭ ކޮން މައްސަލަ މޮޔަ މީހާދޯ ކިކިކި