‎މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރ މުއިއްޒު ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދް އަބްދުﷲ (ޖެރީ)
‎މިނިސްޓަރ މުއިއްޒު ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދް އަބްދުﷲ (ޖެރީ)

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް އައިއިރު އަޑިއަޅާފައި އޮތް ކޮންސްޓްރަކްޝަން އިންޑަސްޓްރީ މިހާރު ކޮޅަށް ޖަހާފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ތައްޔާރީ ސިމެންތި ކާރުހާނާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މުއިއްޒު ވިދާޅުވީ، ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޮޑު ކުރިއެރުމެއް ގެނެސް ދީފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށެވެ.

"2014 ވަނަ އަހަރުން ފެށިގެން ރައީސް ޔާމީންގެ ސިޔާސާތުތައް ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރިއެވުމަށްޓަކައި ތަންފީޒު ކުރަން ފައްޓަވައި މިއަދާއި ހަަމައަށް އައިއިރުގައި މި ކޮންސްޓްރަކްޝަން އިންޑަސްޓްރީ މި ވަނީ މި ރާއްޖޭގަައި ވަރަށް ބޮޑަށް ކުރިއަރާފައި" މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި ސަރުކާރު އައިއިރު، ކޮންސްޓްރަކްޝަން އިންޑަސްޓްރީ އޮތީ ވަރަށް ބޮޑަށް އަޑިއަޅާފައި ކަމަށާއި، ކުދި އަދި މެދުފަންތީގެ ކުންފުނިތައް އޮތީ ހިނގައިނުގަނެވިފައި ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމަށް އައިސް އެ އިންޑަސްޓްރީ ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް ފެށިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މާލޭގައި އިމާރާތް ކުރުމުގެ ހުއްދަ ހޯދުމަށް އަންނަ ހުށަހެޅުންތައްވެސް އެތައް ގުނައެއް އިތުރުވެފައި ވަނީ. ބޭންކުންވެސް މި ކަންތައް އިންޑަސްޓްރީގެ ފަރާތުން އެކިއެކި އާއްމު ފަރާތްތަކާއި އެކި ފަރާތްތަކުން އިމާރާތް ކުރުމާއި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ބޭންކުން ލޯނު ނެގުމުގެ ކަންތައްވެސް ވަރަށް ބޮޑަށް އިތުރުވެގެންގޮސްފައިވާކަން އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ". މިނިސްޓަރ މުއިއްޒު ވިދާޅެވެ.

އެެހެންކަމުން މިއީ ރާއްޖޭގެ އިގްތިސާދަށް ކުރިއެރުވުމަށް ރައީސް ޔާމީން ކުރިއަށްގެންދަވާ ކަންތައްތަކުން ފެންނަ ހުރި ހަގީގަތްތައްކަމަށްވެސް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ދިވެހިރައްޔިތުންގެ ތާއީދާއި ތަޢުރީފް ރައީސް ޔާމީނަށް ޙައްޤެވެ. ރައީސް ޔާމީން ވެރިަކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ ވަކި ދާއިރާއެއްނޫް ހުރިހާ ދާއިރާތައްވަނީ ބަނގުރޫޓޫވެފައެވެ. މިއަދު ރާއްޖެއަށް އައިސްފައިވާ ކުރިއެރުންތކަށް ޤަވްމީ ލޯބީގައި ވިސްނާ ފާރާތްތަކަށް މިކަން އެނގިލައްވާނެއެވެ.

  2. މީގެހަތަރުއަހަރު ކުރިން މާލޭގެ ހުރިހާ އިމާރާތެއް ހުރީ ދަނޑިފަނުން.