ޓެލެގްރާމް ގްރޫޕެއް ހިންގައި އެ ގްރޫޕަށް މީހުންގެ ބަރަހަނާ ފޮޓޯތައް އަޅަމުން ދަނިކޮށް ހައްޔަރު ކުރި މީހާގެ މައްޗަށް 11 ދައުވާއެއް މިއަދު ކޮށްފިއެވެ.

ޓެލެގްރާމް ގްރޫޕެއް ހިންގައި އެ ގްރޫޕަށް މީހުންގެ ބަރަހަނާ ފޮޓޯތައް އެޅި ކަމުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 36 އަހަރުގެ މއ. އިސްޕަންޖުގެ މަސާއިދު ބިން ސަމީއުއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އެކި ދުވަސްވަރު މަތިން އެކި މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި ޒާތީ މުއާމަލާތް ހިމެނޭ އެހެން އެކައުންޓުތައް ހެކްކުރުމަށްފަހު އެކި މީހުންގެ ޒާތީ މައުލޫމާތާއި އެ މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމް އާއި އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހާމަކޮށްފައިވާ މައްސަލައިގައި މުހައްމަދު މަސާއިދު ބިން ސަމީއުގެ މައްޗަށް 11 ދައުވާއެއް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މުހައްމަދު މަސާއިދު ބިން ސަމީއުގެ މައްޗަށް ކޮށްފައިވާ ދައުވާތައް:

- އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ތިން ދައުވާ

- އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ ތިން ދައުވާ

- އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ

- އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާ

- އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ

- އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ދައުވާ

- އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ

އޭނާގެ މައްޗަށް 11 ދައުވާއެއް ޕީޖީ އޮފީހުން ކޮށްފައިވާއިރު، މީގެ ކުރިން ވެސް އެފަދަ މައްސަލައެއްގެ ތުހުމަތުގައި އޭނާ ވަނީ ހައްޔަރު ކޮށްފައެވެ.

އޭރު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ބަންދުގެ މުއްދަތުގެ މަޖިލީހުގައި ފުލުހުން ބުނެފައިވަނީ މަސާއިދު ބިން ސަމީއުގެ އޮފީހުގައި ބޭނުން ކުރާ ކޮމްޕިއުޓާ ސިސްޓަމުގެ ދެ ހާޑް ޑްރައިވް ތަހުލީލު ކުރުމުން އެއް މިލިއަނަށް ވުރެ ގިނަ ބަރަހަނާ ފޮޓޯއާއި މީހުންގެ ޕާސަނަލް ފައިލްސް ފެނިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޓިކްޓޮކް ސިފާ

    ހީވޭ!

  2. ޗައްކަރޭ

    ބަލަ މިއީ އަރަތެއްތަ؟ ކީއްވެ ބާ މީނާގެ ފޮޓޯއެއް ޢާއްމުނުކުރީ؟ ބިރުންތަ؟

    8
    2
  3. ތާރީޚުގެ ތެރެއިން : ރިޔަލިޓީ އިލްހާމް

    ކުރީގެ އަޙްމަދިއްޔާ ސްކޫލްގެ ޕްރިންސިޕަލް ޢަބްދުއްސަމީޢުގެ ދަރިކަލަކު މިފަދަ ގޮތަކަށް ލާހޫރޭ އުޞޫލަކުން ދިރިއުޅުން ބައްޓަން ކޮށްފާނެ ކަމާއިމެދު ސުވާލު އުފެދެއެވެ.

    4
    1
    • އަކްމެޑް

      ދަރިން ބޮޑެތިވެ، ހިނގާނެމަގު ޚިޔާރުކުރަނީ މައިންބަފައިން ގޯސްވެގެނެއް ނޫން. ނުވަތަ އަޅާލާންވީވަރަށް އަޅާނުލެވޭތީ ނޫން.

  4. Anonymous

    މައިންބަފައިން ހާދަ ލަދުވެތިވެ ދެރަވާނެއޭ. ވަކި މީހެއްގެ ދަރިއެއް ވީމަ އެއްނޫން.
    ދަރިންނާއި މެދު ހާދަ ފޮނި އުއްމީދުތަކެއް މައިންބަފައިން ކުރާނެއޭ. ކީއްކުރާނީ. ހަމަ ޔަގީނުންވެސް ކުޑައިރު ބަލާ ބޮޑުކުރަނީ މައިންބަފައިންގެ ލޯތްބާއި އަޅާލުން ލިބިގެން. ހުރިފެންވަރުން ވ. ޢިތްޒަތުގައި. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. އަޅަމެންގެ ދަރިންނަށް ހެޔޮވިސްނުން ދެއްވާ ތެދުމަގު ގައި ސާބިތު ކުރައްވާނދޭވެ އާމީން