ކޮވިޑް-19 އާއި ގުޅިގެން އައްޑޫސިޓީ ހުޅުމީދޫގައި އަޅާފައިވާ ކަރަންޓީނު ފިޔަވަޅުތަކަކީ ގަވައިދާ ހިލާފު ފިޔަވަޅުތަކެއް ކަމަށް ހުޅުމީދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު އިބްރާހިމް ދީދީ (އިބުރޭ) ވިދާޅުވެއްޖެއެވެ.

އިބުރޭ މިފަދައިން ވިދާޅުވެފައިވަނީ އޭނާގެ އަމިއްލަ ފޭސްބުކު އެކައުންޓުގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެ ޕޯސްޓުގައި އިބުރޭ ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ހުޅުމީދޫގައި އަޅާފައިވާ ކަރަންޓީނު ފިޔަވަޅަކީ ގަވާއިދާ ހިލާފު ފިޔަވަޅަކަށް ވާތީ މިއަދު ފެށިގެން އެއަށް އަމަލުނުކުރަން ނިންމާފައިވާ ކަމަށެވެ.

އަދި ހުޅުމީދޫގައި ކޮވިޑް ޖެހިފައިވާ އެކަކު ވެސް ނެތް ކަމަށާއި އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ސަބަބަކީ ކޮބައިތޯ އޭނާ ވަނީ އައްޑޫ ސިޓީ ކައުންސިލާއި ސުވާލު ކޮށްފައެވެ.

"ހުޅުމީދޫ އަދި މީދޫގައި ކޮވިޑް ޖެހިފައިވާ އެކަކު ވެސް ނެތް. މި ރަށް ކަރަންޓީނު ކޮށްފައި އޮތީ ކީއްވެ؟ އައްޑޫ ސިޓީ ކައުންސިލު ނިދިން ހޭނުލެވިގެންތޯ" އިބުރޭ ވިދާޅުވިއެވެ.

ހުޅުމީދޫގައި ކޮވިޑް ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވައެވެ. އޭގެ ފަހުން ބަލީގެ ވޭދަނަތައް އިތުރުވި ނަމަވެސް މިހާރު އެދެރަށުން ބަލީގެ ވޭދަނައެއް ނުފެންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.